Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އީދު ޚުތުބާ

އިސްލާމީ އަގީދާ ފުނޑުފުނޑުކޮށްލުމަށް ފިކުރީ ގޮތުން އެތައް މަސައްކަތެއް ކުރޭ، އިތުރަށް ސަމާލުވޭ: އީދު ޚުތުބާ

އިސްލާމީ އަގީދާއަކީ، އެންމެހާ މުސްލިމުންގެ އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަމުގެ ތަނބު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 މެއި 2021 | ބުރާސްފަތި 04:08
ފައިލް ފޮޓޯ: އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ނަމާދު ކުރަނީ، ކޮވިޑް-19އާ ގުޅިގެން މިހާރު އޮތީ މިސްކިތްތަކުގައި ނަމާދު ކުރުން ހުއްޓުވާފައި.

ފައިލް ފޮޓޯ: އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ނަމާދު ކުރަނީ، ކޮވިޑް-19އާ ގުޅިގެން މިހާރު އޮތީ މިސްކިތްތަކުގައި ނަމާދު ކުރުން ހުއްޓުވާފައި.

އިސްލާމީ އަގީދާ ރައްކާތެރިކޮށް، ދެމެހެއްޓުމަށް ސަމާލުވާން ޖެހޭ ކަމަށާއި، މިއަގީދާ ފުނޑުފުނޑުކޮށްލުމަށް ފިކުރީ ގޮތުން އެތައް މަސައްކަތެއް ކުރަމުންދާ ކަމަށް އީދު ޚުތުބާގައި ބުނެފިއެވެ.

ފިތުރު އީދު ދުވަހު ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ މިފަދަ އުފާވެރި ދުވަހެއްގައި ހަނދާނަށް ގެންނަންޖެހޭ މުހިއްމު އެއް ކަމަކީ، އިސްލާމީ އަގީދާ އަކީ، އެންމެހާ މުސްލިމުންގެ އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަމުގެ ތަނބު ކަމަށެވެ. އަދި ޖީލަކަށް، މި މަތިވެރި އަގީދާ ފޯރުކޮށްދީ، ގައުމުގެ އިސްލާމީ ޝަޚުސިއްޔަތު ރައްކާތެރިކޮށް، ދެމެހެއްޓުމަށް އަޒުމް އައު ކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

Advertisement - newsAdvertisement

އިސްލާމީ އަގީދާފުނޑުފުނޑުކޮށްލުމަށް ޓަކައި ފިކުރީ ގޮތުން އެތައް މަސައްކަތެއް ކުރަމުންދާކަން ފާހަގަކޮށް ޚުތުބާގައި ބުނީ މިފަދަ ކެހިވެރި ރޭވުންތަކަށް ސަމާލުވާން ޖެހޭ ކަމަށެވެ.

ދިވެހި ގައުމުގެ ޒުވާނުންނަށް އިޝާރާތް ކުރައްވައި ޚުތުބާގައި ބުނީ ޒުވާނުން ރަމަޟާން މަހު ދެއްކި އީމާންކަމުގެ މަތިވެރި ނަމޫނާގެ މަތީގައި، ނަމާދާއި އެހެނިހެން އަޅުކަންތަކަށް ފަރުވާތެރިވާ ފަދައިން، އެމަހަށްފަހު ވެސް ފަރުވާތެރިވާން ޖެހޭ ކަމަށެވެ.

އިސްލާމީ އުއްމަތުގެ އެންމެ މުހިއްމު ބަޔަކީ، ކަނބަލުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ ރަމަޟާން މަހުގެ ތަރުބަވީ މަދަރުސާއިން ލިބުނު ފިލާވަޅުތަކުން އިބުރަތް ހާސިލުކުރަން ޖެހޭ ކަމަށާއި، ރަމަޟާން މަހުން ހާސިލު ކުރެވުނު ހިދާޔަތާއި ތަޤްވާގެ އަލީގައި، ހެޔޮ ގޮތުގައި ދަރީން ތަރުބިޔަތު ކުރުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. މީގެ އިތުރުން އަނބީންނަށް އޯގާތެރިވެ، ވާޖިބު އަދާކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ހެޔޮ ބަސް ބުނުމާއި، މައިންބަފައިނަށް ކަމޭހިތުމާއި، ވެރީންނަށް ކިޔަމަން ގަތުމާއި، ހެޔޮ ކަންކަމުގައި އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރިވެ އުޅުމާއި، އަމާނާތްތެރިވުމާއި، ވައުދު ފުއްދުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

ޚުތުބާގައި ބުނީ އިސްލާމް ދީނަކީ ސަލާމަތާއި، އަމާން ކަމުގެ ދީން ކަމަށާއި، އަނިޔާވެރިކަމާއި، ހައްދު ފަހަނަ އެޅުމާ ދެކޮޅު ދީނެއް ކަމަށެވެ. މީސްތަކުންގެ ފުރާނަޔާއި މުދަލަށް ގެއްލުންދިނުން ފަދަ އަނިޔާވެރި، އަމަލުތަކުން އިސްލާމް ދީން ބަރީޢަވެގެންވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާ ނިންމާލާފައިވަނީ ފަލަސްތީނާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިތާމަވެރި ހާލުގައި ތިބި މުސްލިމުންގެ މަތިން ހަނދާން އައު ކުރަމުންނެވެ. އަދި އިސްލާމީ އުއްމަތަށް ނަސްރު ދެއްވުމަށް އެދި ގިނަގިނައިން ދުއާ ކުރުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

އީދު ޚުތުބާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ

އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ

06 ޖޫން 2025
ދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ ދަރިންނަށް ވަނީ ބޭނުންވެފައި- އީދު ޚުތުބާ

ދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ ދަރިންނަށް ވަނީ ބޭނުންވެފައި- އީދު ޚުތުބާ

20 ޖުލައި 2021
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު