Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަޟްހާ އީދު ޚުތުބާ

ދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ ދަރިންނަށް ވަނީ ބޭނުންވެފައި- އީދު ޚުތުބާ

ޚުތުބާގައި ބުނީ މިއަދަކީ ގުރުބާނީގެ ދުވަސް ކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 20 ޖުލައި 2021 | އަންގާރަ 03:27
ޖަމާއަތުގައި އީދު ނަމާދުކުރުން

ޖަމާއަތުގައި އީދު ނަމާދުކުރުން

އިސްލާމް ދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމް ދަރިންނަށް މިއަދު ވަނީ ބޭނުންވެފައި ކަމަށް އީދު ޚުތުބާގައި ބުނެފިއެވެ.

އަޟްހާ އީދު ދުވަހު ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ މިއަދު މި ވަނީ އެމީހުންގެ ވަގުތުންނާއި، މުދަލުންނާއި، އީޖާދުތަކުން، އިސްލާމް ދީނަށްޓަކައި ގުރުބާން ވާން ކެރޭ މީހުންނަށް ބޭނުންވެފައި ކަމަށެވެ. އަދި މުސްލިމުންގެ އީދަކީ މިނިވަންކަމުގެ އީދެއް ކަމަށެވެ. ޚުތުބާގައި ބުނީ މި ދުވަސްތަކުގައި، މާތް ﷲ ގެ އަމުރުފުޅާ އެއްގޮތަށް އުފާ ކުރި ނަމަވެސް މުންކަރާތްތަކަށް އަރައިނުގަނެ، މާތް ﷲ ހުއްދަކުރައްވާފައިވާ އިންތަކުގެ ތެރޭގައި ތިބެ، އުފާފާޅުކުރުމަކީ މަނާކަމެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

ޚުތުބާގައި ބުނީ މިއަދަކީ ގުރުބާނީގެ ދުވަސް ކަމަށެވެ. އަދި މިއީ މާތް ﷲ އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވި އިބްރާހީމުގެފާނާއި، ލޮބުވެތި ދަރިކަލުން އިސްމާއީލުގެފާނާ ކުރިމަތި ކުރެއްވި ބޮޑު އިމްތިހާނުން ފާސްވެ ވަޑައިގަތުމުން މާތް ﷲ އެ ދެބަފައިކަލުންނަށް ތައުރީފުގެ ބަސްވަހީކުރެއްވި ދުވަސް ކަމަށެވެ.

ޚުތުބާގައި ބުނީ އިބްރާހީމުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުގެ ނަމޫނާއަކީ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއް ކަމަށެވެ. މާތް ﷲ އަށް ކިޔަމަންގަތުމަށް ފަހު، މައިންބަފައިންގެ ބަސް އަހަން ޖެހޭނެކަމުގެ ހެޔޮ މިސާލެެއް ކަަމަށެވެ.

ޚުތުބާގައި ބުނީ މިއަދު ފެންނަމުން ދަނީ އިސްލާމްދީނަށް ފާޅުގައި އިހާނެތިކޮށް ހިތަމުން އަންނަ ތަން ކަމަށެވެ. އަދި ގުރުއާނަށް އިހާނެތިކޮށް ހިތަމުން އަންނަ ތަން ފެންނަމުންދާ ކަމަށާއި، ނަބިއްޔާއަށް ފުރައްސާރަ ކުރަމުން އަންނަ ތަން ވެސް ފެންނަމުން ދާ ކަމަށެވެ. މުސްލިމުންގެ މުގައްދަސް ތަންތަނަށް އަރައި، އެތަންތަން ފޭރިގަންނަ ތަން ފެންނަ ކަމަށް ބުނެފައިވެއެވެ. މީގެ އިތުުރުން މުސްލިމް އިލްމުވެރިންގެ ގަދަރު ވައްޓައިލަމުން ދާ ކަމަށާއި އިސްލާމީ ޔުނިވާސިޓީތަކާއި، މަތީ ތައުލީމުދޭ މަރުކަޒުތަކުގެ މަންހަޖުތައް ބަދަލުކުރުމަށް ފިއްތުންތައް ކުރިމަތި ކުރުވަމުންދާ ކަމަށެވެ. ސައްތައިން ސައްތަ އިސްލާމީ ގައުމެއް އޮވެގެން ނުވާނެ ކަމަށް އަޑު އުފުލަމުން ދާ ކަމަށާއި މުސްލިމުންގެ ހައްގުތަކަށް އަރައިގަންނަމުން ދާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ އިސްލާމީ އުއްމަތަކީ، އަހުރެން ވަންތަކަން ދޫކޮށްލައި، އަހުރެމެން ވަންތަކަމަށް ޓަކައި، މަސައްކަތް ކުރަން ޖެހޭ އުއްމަތެއް ކަމަށެވެ. އަދި އީދު ދުވަހު އައު ހެދުންލައި ޒީނަތްތެރިވުން ރަމްޒުކޮށްދެނީ، އަޅުގަނޑުމެންގެ ހަށިތަކެކޭ އެއްފަދައިން، އަމަލުތައް ވެސް އިސްލާމީ އަޚުލާގުން ޒީނަތްތެރި ކުރަން ޖެހޭނެކަން ކަމަށެވެ. އަދި ހުވަނދުލައި މީރުވަސް ދުއްވާ ގޮތަށް، އިސްލާމީ އަޚްލާގުގެ ހުވަނދުން މުޖްތަމައު އެއްވަސްކުރަން ޖެހޭނެކަން ކަމަށެވެ.

އީދު ޚުތުބާއަޟްހާ އީދު

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި ދުއްވައިގެން 11 މީހަކު ޖޫރިމަނާ ކޮށްފި

އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި ދުއްވައިގެން 11 މީހަކު ޖޫރިމަނާ ކޮށްފި

07 ޖޫން 2025
އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ

އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ

06 ޖޫން 2025
އަޟްޙާ ޢީދު: ދުނިޔެމަތީގައި ﷲ ލެއްވި އެންމެ މާތް އަދި މަތިވެރި އެއް ދުވަސް!

އަޟްޙާ ޢީދު: ދުނިޔެމަތީގައި ﷲ ލެއްވި އެންމެ މާތް އަދި މަތިވެރި އެއް ދުވަސް!

05 ޖޫން 2025
އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

05 ޖޫން 2025
އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި

އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި

04 ޖޫން 2025

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު