Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް ކަޕް

މޮންޕެލިއޭ ބަލިކޮށް ޕީއެސްޖީ ފައިނަލަށް

ޕީއެސްޖީން ވަނީ 13 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 މެއި 2021 | ބުރާސްފަތި 00:45
ޕީއެސްޖީ އާއި މޮންޕެލިއޭ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ ޕެނަލްޓީ ޖަހައިގެން 6-5 ން

ޕީއެސްޖީ އާއި މޮންޕެލިއޭ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ ޕެނަލްޓީ ޖަހައިގެން 6-5 ން

ފްރެންޗް ކަޕުގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން މޮންޕެލިއޭ ބަލިކޮށް، މުބާރާތުގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ދަތުރުކޮށްފިއެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ ޕެނަލްޓީ ޖަހައިގެން 6-5 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ވަރަށް ކުރީކޮޅު ޕީއެސްޖީން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން 10 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ގައެޓަން ލަބޯޑް ވަނީ މޮންޕެލިއޭއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ނަމަވެސް ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހައި، ޕީއެސްޖީއަށް އަލުން ލީޑު ނަގާދީފައެވެ. އެއާއެކު މޮންޕެލިއޭއިން ކުޅުން ރަނގަޅުކުރިއިރު، މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުން ވަނީ މި މެޗުގައި ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންޑީ ޑެލޯޓެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޖަހާފައެވެ. އެގޮތުން ޕެނަލްޓީ ޝޫޓްއައުޓުގައި ޕީއެސްޖީން ހަ ޕެނަލްޓީވެސް ކާމިޔާބުކުރިއިރު، މޮންޕެލިއޭގެ ޖޫނިއާ ސާމްބިއާ ފޮނުވާލި ހަވަނަ ޕެނަލްޓީ ކާމިޔާބުވެފައެއް ނުވެއެވެ.

މި މޮޅާއެކު ފްރެންޗް ކަޕުގެ ފައިނަލަށް ޕީއެސްޖީ ދަތުރުކުރިއިރު، އެ ޓީމަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެގޮތުން ޕީއެސްޖީން ވަނީ މިހާތަނަށް 13 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.

ފްރެންޗް ކަޕްޕީއެސްޖީ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު