Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޗެލްސީ ބަލިކޮށް އާސެނަލަށް އުއްމީދެއް

ތާވަލުގެ އަށްވަނައިގައި އާސެނަލް އޮތީ 55 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 މެއި 2021 | ބުރާސްފަތި 00:15
ޗެލްސީ އާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާސެނަލް މޮޅުވީ 1-0 ން

ޗެލްސީ އާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާސެނަލް މޮޅުވީ 1-0 ން

އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ ޗެލްސީ ބަލިކޮށް އާސެނަލުން އަންނަ ސީޒަނުގައި ޔޫރަޕުގެ ޖާގައެއް ހޯދުމުގެ އުއްމީދު އާކޮށްފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު ޑާބީ މެޗުން އާސެނަލް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ޗެލްސީ ނުކުމެފައިވަނީ އެ ޓީމުގެ ފުރަތަމަ އެގާރައަށް ބައެއް ބަދަލުތައް ގެނެސްގެންނެވެ. މި މެޗުގެ ވަރަށް ކުރީކޮޅު ޗެލްސީގެ ކައި ހަވާޓްޒްއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، ހުހަށްހުރެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އެއާއެކު މެޗުގެ 16 ވަނަ މިނެޓުގައި އާސެނަލުން ވަނީ ލީޑު ނަގާފައެވެ. ޗެލްސީގެ ޖޯޖީނިއޯ ހެދި ގޯހެއްގެ ފައިދާ ނަގައި މި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ އެމީލް ސްމިތު-ރޯއެވެ.

އޭގެ ފަހުން ފުރަތަމަ ހާފުގައި ޗެލްސީގެ މޭސަން މައުންޓް ފޮނުވާލި ދެ ހަމަލާއެއް އާސެނަލުގެ ޑިފެންޑަރުންނާއި ގޯލްކީޕަރު ބާން ލެނޯ ވަނީ ހުއްޓުވާފައެވެ. އަދި ދެވަނަ ހާފުގައި ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗް ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ބެލުމަށް ފަހު ވަނީ އެ ލަނޑު އޮފްސައިޑް ކަމަށް ނިންމާފައެވެ.

މި މޮޅާއެކު އާސެނަލް ވަނީ ލީގު ތާވަލުގެ އަށްވަނައަށް ޖެހިލާފައެވެ. އެގޮތުން އެ ޓީމަށް ކުޅުނު 36 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، ނުވަވަނައިގައި އޮތް އެވަޓަނަށް 34 މެޗުން ލިބިފައިވަނީ 55 ޕޮއިންޓެވެ. އަދި މި މެޗުން މޮޅުވެގެން ތާވަލުގެ ތިންވަނައަށް އެރުމުގެ ފުރުސަތު ޗެލްސީއަށް އޮތް ނަމަވެސް، މެޗުން ބަލިވުމާއެކު އެ ޓީމު އޮތީ ހަތަރުވަނައިގައެވެ. ތާވަލުގެ ތިންވަނައިގައި އޮތް ލެސްޓާ ސިޓީއަށް 36 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި ޗެލްސީ އޮތީ 36 މެޗުން 64 ޕޮއިންޓާއެކުއެވެ.

ޕްރިމިއަރ ލީގުއާސެނަލްޗެލްސީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު