Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވެން ޑައިކަށް ލިބުނު އަނިޔާ

ކުރިއަށް އޮތް ޔޫރޯގައި ނުކުޅެވޭނެ: ވެން ޑައިކް

އަންނަ ސީޒަނަށް ރަނގަޅަށް ތައްޔާރުވާން ވެން ޑައިކް ބޭނުންވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 12 މެއި 2021 | ބުދަ 11:41
ލިވަޕޫލުގެ ފަރިތަކުރުންތަކުގެ ތެރެއިން ވާޖިލް ވެން ޑައިކް

ލިވަޕޫލުގެ ފަރިތަކުރުންތަކުގެ ތެރެއިން ވާޖިލް ވެން ޑައިކް

ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނުކުޅެވޭނެ ކަމަށް ނެދަލެންޑްސްގެ އިތުބާރު ޑިފެންޑަރު ވާޖިލް ވެން ޑައިކް ބުނެފިއެވެ.

އުމުރުން 29 އަހަރުގެ ވެން ޑައިކުގެ ކަކުލަށް އަނިޔާވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވަޓަނާ 2-2 ގެ ނަތީޖާއަކުން ލިވަޕޫލް އެއްވަރުވި މެޗުގެ ތެރެއިންނެވެ. މި އަނިޔާއާ ގުޅިގެން ވެން ޑައިކުގެ ކަކުލަށް ބޮޑު ގެއްލުމެއްވިއިރު، އަނިޔާއިން ރަނގަޅުވުމަށް އޭނާ ވަނީ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ.

އަދި މި އަނިޔާއާ ގުޅިގެން މި ސީޒަނުގެ ބާކީބައި ވެން ޑައިކަށް ގެއްލުނުއިރު، އޭނާ އަންނަނީ އޮޕަރޭޝަނަށްފަހު އަލުން ފިޓްވުމަށް އެކަނި ތަމްރީނުތައް ހަދަމުންނެވެ. އަދި އަވަސް މުސްތަގުބަލެއްގައި ޓީމުގެ ތަމްރީނުތަކުގައި އޭނާ ބައިވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކުރިއަށް ޔޫރޯގައި ވެން ޑައިކަށް ކުޅެވޭނެ ކަމާ މެދު ސުވާލު އުފެދިފައިވާއިރު، މީގެ ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕުވެސް ވަނީ ޔޫރޯގައި ވެން ޑައިކަށް ނުކުޅެވިދާނެ ކަމަށް ބުނެފައެވެ. އެގޮތުން ކްލޮޕް ބުނީ ވެން ޑައިކަށް ލިބުނީ ސީރިއަސް އަނިޔާއެއް ކަމަށާއި، އެހެންކަމުން މި ދަނޑިވަޅުގައި ވާދަވެރި މުބާރާތެއް ކުޅުމަކީ އޭނާއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަދި ނެދަލެންޑްސްގެ ކޯޗު ފްރޭންކް ޑި ބޮއާވެސް ވަނީ ޔޫރޯގައި ވެން ޑައިކަށް ކުޅެވޭނެކަން އަދި ޔަގީންނުވާ ކަމަށްވެސް ބުނެފައެވެ.

ދާދި ފަހުން ލިވަޕޫލުގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ވެން ޑައިކް ބުނީ މިއީ އޭނާ އަނިޔާއިން އެއްކޮށް ރަނގަޅުވުމަށް މަސައްކަތްކުރަން ޖެހޭ ވަގުތު ކަމަށާއި، އެހެންކަމުން މި ފަހަރުގެ ޔޫރޯއަށް ނުދާން ނިންމާފައިވާ ކަމަށެވެ. އަދި ފޯކަސް ހުރީ ލިވަޕޫލުގެ ޕްރީ-ސީޒަނުގައި ބައިވެރިވެ، އަންނަ ސީޒަނަށް ރަނގަޅަށް ތައްޔާރުވާން ކަމަށްވެސް ވެން ޑައިކް ވަނީ ބުނެފައެވެ.

ކުރިއަށް އޮތް ޔޫރޯގައި ނުކުޅެވޭނެ ކަމަށް ވެން ޑައިކް ބުނިއިރު، އެ މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސައުތެމްޓަން ދޫކޮށް 2018 ވަނަ އަހަރު ލިވަޕޫލާ ގުޅުނު ވެން ޑައިކް ވަނީ އެ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ވެން ޑައިކާއެކު ލިވަޕޫލުން ޔުއެފާ ޗެމްޕިއަންސް ލީގާއި، އިނގިރޭސި ޕްރިމިއާ ލީގާއި، ޔުއެފާ ސުޕަ ކަޕް އަދި ކުލަބު ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، ވެން ޑައިކް ވަނީ ޕްރިމިއާ ލީގާއި ޔޫރަޕުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. އަދި ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް އާއި ބަލޮންޑޯ އެވޯޑުގެ ގަދަ ތިނެއްގެ ތެރޭގައި އޭނާ ހިމެނުނެވެ.

އެކަމަކު މި ސީޒަނުގައި ވެން ޑައިކަށް ލިބުނު އަނިޔާގެ ސަބަބުން ލިވަޕޫލުގެ ނަތީޖާތަކަށް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

ވާޖިލް ވެން ޑައިކް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2024

މުހިންމު ކުޅުންތެރިންގެ އެއްބަސްވުން އައު ނުކޮށް އޮތަސް، ސްލޮޓް ހާހެއް ނުވޭ!

14 ޑިސެމްބަރު 2024
މުހިންމު ކުޅުންތެރިންގެ އެއްބަސްވުން އައު ނުކޮށް އޮތަސް، ސްލޮޓް ހާހެއް ނުވޭ!
13 އޮކްޓޯބަރު 2024

ވެން ޑައިކަށް ދެއްކި ފުރަތަމަ ރީނދޫ ކާޑާ އެކު، ކޫމަން ހައިރާންވެފައި

13 އޮކްޓޯބަރު 2024
ވެން ޑައިކަށް ދެއްކި ފުރަތަމަ ރީނދޫ ކާޑާ އެކު، ކޫމަން ހައިރާންވެފައި
25 އެޕްރީލު 2024

ވެންޑައިކް: މި ކުޅެނީ ތަށި ހޯދަންތަ؟ ކުޅުންތެރިން އަމިއްލަ ނަފްސާ ކުރަންވީ މި ސުވާލު

25 އެޕްރީލު 2024
ވެންޑައިކް: މި ކުޅެނީ ތަށި ހޯދަންތަ؟ ކުޅުންތެރިން އަމިއްލަ ނަފްސާ ކުރަންވީ މި ސުވާލު
14 އޯގަސްޓު 2021

ލިވަޕޫލުގެ އެއްބަސްވުން ވެން ޑައިކް އާކޮށްފި

14 އޯގަސްޓު 2021
ލިވަޕޫލުގެ އެއްބަސްވުން ވެން ޑައިކް އާކޮށްފި
13 މެއި 2021

ވަރޖިލް ވަން ޑައިކްގެ އެނބުރި އައުން ޕްރިސީޒަނަށް

13 މެއި 2021
ވަރޖިލް ވަން ޑައިކްގެ އެނބުރި އައުން ޕްރިސީޒަނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު