Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލިވަޕޫލް

މުހިންމު ކުޅުންތެރިންގެ އެއްބަސްވުން އައު ނުކޮށް އޮތަސް، ސްލޮޓް ހާހެއް ނުވޭ!

އިތުރަށް ސްލޮޓް ބުނީ އަބަދު ވެސް ކުރިއަށް ދިޔުމުގައި މަސައްކަތް ކުރަން ޖެހޭނީ އެ އިރެއްގައި އޮންނަ ޙާލަތަކާ އެކު ކަމަށާއި، އެ ޙާލަތު ޤަބޫލު ވެސް ކުރަން ޖެހޭނެ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2024 | ހޮނިހިރު 12:48
ލިވަޕޫލަށް ކުޅެމުން އަންނަ ޞަލާޙު، ވެން ޑައިކް އަދި އާނޯލްޑް

ލިވަޕޫލަށް ކުޅެމުން އަންނަ ޞަލާޙު، ވެން ޑައިކް އަދި އާނޯލްޑް

ލިވަޕޫލަށް ކުޅެމުން އަންނަ މުހިންމު ބައެއް ކުޅުންތެރިންގެ އެއްބަސްވުން އައު ނުކޮށް އޮތް ނަމަވެސް، އެކަމާ ހާސްވުމެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު އާން ސްލޮޓް ބުނެފި އެވެ.

ލިވަޕޫލްގައި މިވަގުތު ތިބި ކުޅުންތެރިންގެ ތެރެގައި މިޞްރުގެ ފޯވާޑު މުޙައްމަދު ޞަލާޙު، ނެދަލެންޑްސްގެ ވާޖިލް ވެން ޑައިކް އަދި އިންގްލެންޑުގެ ޓްރެންޓް އެލެގްޒެންޑާ އާނޯލްޑްގެ އެއްބަސްވުން ހަމަވާން ވަނީ ކައިރިވެފަ އެވެ. މި ތިން ކުޅުންތެރިން ވެސް ލިވަޕޫލާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު، މިހާރު ކުރިއަށްދާ ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ. ނަމަވެސް، އެއްބަސްވުން އައު ކުރުމާ މެދު މިހާތަނަށް ލިވަޕޫލް އިން ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ރިޕޯޓުތަކުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ދާދި ފަހުން ޞަލާޙު ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ ލިވަޕޫލް އިން އޭނާ އަށް އައު އެއްބަސްވުމެއް ހުށަހަޅާފައި ނެތުމަކީ، ނުވަތަ އެކަމުގެ މަޝްވަރާތައް ނުކޮށް އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިވަގުތުގެ ޙާލަތަށް ބަލާއިރު، އޭނާ ލިވަޕޫލް ދޫކޮށްލުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް ޞަލާޙު ވަނީ ބުނެފަ އެވެ. އަދި އެއްބަސްވުން އައު ކުުރުމަކީ ކުލަބުގެ އަތް މަތީގައި އޮތް ކަމެއް ކަމަށް ވެސް ޞަލާޙު ބުންޏެވެ.

މި ސީޒަނާ ދިމާކޮށް ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވި ސްލޮޓްއާ އެ ސުވާލު ކުރުމުން އޭނާ ބުނީ، އެކަމާ އޭނާ ކަންބޮޑުވާން ނުވަތަ ހާސްވާން ނުޖެހޭ ކަމަށެވެ. އަދި އިތުރަށް ސްލޮޓް ބުނީ އަބަދު ވެސް ކުރިއަށް ދިޔުމުގައި މަސައްކަތް ކުރަން ޖެހޭނީ އެ އިރެއްގައި އޮންނަ ޙާލަތަކާ އެކު ކަމަށާއި، އެ ޙާލަތު ޤަބޫލު ވެސް ކުރަން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ އެ ތިން ކުޅުންތެރިން ވެސް އަންނަނީ ލިވަޕޫލް ގައި ވަރަށް ރަނގަޅަށް ކުޅެމުން ކަމަށާއި، އެހެންކަމުން އުންމީދަކީ ދިގު މުއްދަތަކަށް އެކަން ދެމި އޮތުން ކަމަށެވެ.

ރޯމާ ދޫކޮށް ޞަލާޙު ލިވަޕޫލަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. އޭނާ ވަނީ މިހާތަނަށް އެ ކުލަބަށް ކުޅެދިން 371 މެޗުގައި 227 ލަނޑު ޖަހައިފަ އެވެ. ސައުތެމްޓަން ދޫކޮށް 2018 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި ވެން ޑައިކް ވަނީ އެ ކުލަބަށް ކުޅެދިން 290 މެޗުގައި 25 ލަނޑު ޖަހައިފަ އެވެ. އަދި 2016 ވަނަ އަހަރު ލިވަޕޫލް އިން ސީނިއާ ކެރިއަރު ފެށި އާނޯލްޑް ވަނީ އެ ކުލަބަށް ކުޅެދިން 328 މެޗުގައި 19 ލަނޑު ޖަހައިފަ އެވެ.

ލިވަޕޫލްމުހައްމަދު ސަލާހުވާޖިލް ވެން ޑައިކްޓްރެންޓް އަލެކްސަންޑަ-އާނޯލްޑްއާން ސްލޮޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު