Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

ލިވަޕޫލުން، ވެން ޑައިކަށް އައު އެއްބަސްވުމެއް އަދި ނުދޭ

އެ ކުލަބާ އެކު އެންމެ ފަހުން އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވަނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 އޯގަސްޓު 2024 | ހޯމަ 08:35
ލިވަޕޫލަށް ކުޅެމުން އަންނަ ވެން ޑައިކް

ލިވަޕޫލަށް ކުޅެމުން އަންނަ ވެން ޑައިކް

ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކަށް، އެ ކުލަބުން އައު އެއްބަސްވުމެއް ހުށަނާޅާ ކަމަށް އޭނާ ބުނެފި އެވެ.

ސައުތުހެމްޓަންގައި ހުރުމަށްފަހު ވެން ޑައިކް ލިވަޕޫލަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އެންމެ ފަހުން އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވަނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭނާގެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތްއިރު، ލިވަޕޫލުން އެއްބަސްވުން އައު ކުރުމުގެ ވިސްނުން ގެން ގުޅޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ވެން ޑައިކް ބުނީ މިހާތަނަށް އެއްވެސް ކަމަކަށް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. ވެން ޑައިކް ބުނީ އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި ލިވަޕޫލުން ކުރަންވީ ކަމަކީ، ސީޒަން ކުރިއަށްދާ މުއްދަތަށް ބެލުމަށްފަހު ސޮއި ތަކެއް ހޯދުން ކަމަށެވެ. ފަރުދާގެ ފުރަގަހުގައި ތިބެގެން އެކަމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށް ވެން ޑައިކް ބުނީ، ކުލަބުން އޭނާ އަށް ދެރަ ގޮތެއް ނުހަދާނެކަން އިނގޭ ކަމަށެވެ. އެކަމުގައި އޭނާގެ ފުރިހަމަ އިތުބާރު ލިވަޕޫލަށް އޮންނަ ކަމަށް ވެސް ވެން ޑައިކް ބުންޏެވެ.

ވެން ޑައިކް ވަނީ ލިވަޕޫލް ގައި ހޭދަކޮށްފައިވާ ހަތް ސީޒަންގެ ތެރޭގައި އެ ކުލަބަށް ކުޅެދިން 270 މެޗުގައި 33 ލަނޑު ޖަހައިފަ އެވެ. ލިވަޕޫލާ އެކު އޭނާ ވަނީ އަށް ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް، ކަރަބޯ ކަޕް، އެފްއޭ ކޮމިއުނިޓީ ޝީލްޑް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކުރުން ހިމެނެ އެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ކޯސްޓާ އަށް ޗެލްސީން އާ އެއްބަސްވުމެއް ހުށަހަޅައިފި

16 ފެބުރުއަރީ 2017
ކޯސްޓާ އަށް ޗެލްސީން އާ އެއްބަސްވުމެއް ހުށަހަޅައިފި
11 ފެބުރުއަރީ 2017

ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

11 ފެބުރުއަރީ 2017
ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
17 ޖެނުއަރީ 2017

ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

17 ޖެނުއަރީ 2017
ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
04 ޖެނުއަރީ 2017

އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ

04 ޖެނުއަރީ 2017
އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު