Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19 ވޭރިއަންޓް

އިންޑިޔާއިން އެންމެ ފުރަތަމަ ފެނުނު ވޭރިއަންޓް 44 ގައުމަކުން ފެނިއްޖެ: ޑަބްލިޔުއެޗްއޯ

4500 ސާމްޕަލެއް މިހާތަނަށް އައިއިރު ޑަބްލިޔުއެޗްއޯގެ ޑާޓާބޭސް އަށް އަޕްލޯޑްކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 12 މެއި 2021 | ބުދަ 06:15
ހައިދްރައާބާދުގައި މީހުންގެ ހުން ބަލަނީ

ހައިދްރައާބާދުގައި މީހުންގެ ހުން ބަލަނީ

އިންޑިޔާގައި ކޮވިޑްގެ ހާލަތު ގޯސްވުމަށް މެދުވެރިވި ވޭރިއަންޓް މިހާރު މުޅި ދުނިޔޭގެ 44 ގައުމަކުން ފެނިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފިއެވެ.

ބުދަ ދުވަހު އެޖަމުޢިއްޔާއިން ބުނީ އިންޑިޔާއިން ފެނިފައިވާ ވޭރިއަންޓް ބީ.ވަން.ސިކްސްވަންސެވެން ގެ 4500 ސާމްޕަލެއް މިހާތަނަށް އައިއިރު ޑަބްލިޔުއެޗްއޯގެ ޑާޓާބޭސް އަށް އަޕްލޯޑްކޮށްފައިވާ ކަމަށެވެ. މިވޭރިއަންޓް އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުއެވެ.

މީގެއިތުރުން ޑަބްލިޔުއެޗްއޯއިން ބުނީ އިންޑިޔާއިން ބޭރުން މިވޭރިއަންޓް އެންމެ ގިނައިން ފެނިފައިވަނީ އިނގިރޭސިވިލާތުން ކަމަށެވެ. މިހަފްތާގެ ކުރީކޮޅު ޑަބްލިޔުއެޗްއޯއިން ވަނީ މިވޭރިއަންޓަކީ "ވޭރިއަންޓް އޮފް ކޮންސަރން"ގެ ގޮތުގައި ކަނޑައަޅާފައެވެ.

މިވޭރިއަންޓް އޭގެކުރިން ލޭބަލްކޮށްފައިވަނީ "ވޭރިއަންޓް އޮފް އިންޓަރެސްޓް"ގެ ގޮތުގައެވެ. މާނައަކީ މާނައަކީ އެ ވޭރިއަންޓަކީ މިޔުޓޭޓްވުމުގައި ވައިރަސްގެ އެމިނޯ އެސިޑަށް ބަދަލުތަކެއް ގެނުވާ ވޭރިއަންޓެކެވެ. އަދި އެ ވޭރިއަންޓްގެ ސަބަބުން ކޮމިޔުނިޓީ ޓްރާންސްމިޝަން އަކަށްގޮސް އެތައް ކުލަސްޓަރ އެއް އެކި ގައުމުތަކަށް ފެނިފައިވެއެވެ. އަދި ޑަބްލިޔުއެޗްއޯގެ ކަމާބެހޭ ޓީމުން އެ ވޭރިއަންޓަށް ބަދަލުތައް އަންނަމުންދާ ގޮތް ބަލަމުންދާނެއެވެ.

"ވޭރިއަންޓް އޮފް ކޮންސަރން" ގައިވާ ވޭރިއަންޓްތަކަކީ ހަލުވިމުނުގައި ފެތުރެމުންދާ ވޭރިއަންޓްތަކެވެ. އަދި މި ވޭރިއަންޓްތަކަށް ވެކްސިނާއި އެންޓިބޮޑީން ކުރާ އަސަރު ކުޑައެވެ. 

އަނެއްކޮޅުން އިންޑިޔާ ވޭރިއަންޓްގެ ތިން މިޔުޓޭޝަނެއް ވެސް އުޅެއެވެ.

އިންޑިޔާ ވޭރިއަންޓް "ވޭރިއަންޓް އޮފް ކޮންސަރން"ގެ ލިސްޓަށް އެރުމާއެކު މިހާރު އެންމެ ކަންބޮޑުވާ ވޭރިއަންޓްތަކުގެ ގޮތުގައި ލިސްޓުކުރެވިފައިވަނީ އިންޑިޔާ ވޭރިއަންޓްގެ އިތުރުން އިނގިރޭސިވިލާތް، ބްރެޒިލް އަދި ދެކުނު އެފްރިކާ ވޭރިއަންޓެވެ.

މިވޭރިއަންޓްތަކަކީ ކޮވިޑް-19ގެ އަސްލު ވައިރަސްއަށް ވުރެ ހަލުވި މިނުގައި ފެތުރޭ ނުރައްކާތެރި ވޭރިއަންޓްތަކެކެވެ. ޑަބްލިޔުއެޗްއޯއިން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް ފެނިފައިވާ ހެކިތަކަށް ބަލާއިރު މިވޭރިއަންޓަށް އެންޓިބޮޑީން ކުރާ އަސަރު ހުންނަނީ ވަކި މިންވަރެއްގައި ހިފެހެއްޓިފައެވެ. މިވޭރިއަންޓް ފެނިފައިވަނީ ފަހުން ކަމަށްވާތީވެ އަދި ވެކްސިނުން ކުރާ އަސަރު ރަނގަޅަށް ދެނެގަނެވޭނެ ފަދަ ދިރާސާތަކެއް ކުރެވިފައެއްނުވެއެވެ.

ޑަބްލިޔުއެޗްއޯއިން ބުނާގޮތުގައި އިންޑިޔާ ވޭރިއަންޓްގެ އިތުރުން އެހެން ވޭރިއަންޓްތަކަކީ އިންޑިޔާގެ ހާލަތު ގޯސްވުމަށް މަގިފަހިކުރުވި ކަންތައްތަކެވެ.

1.35 ބިލިއަން މީހުން ދިރިއުޅޭ އިންޑިޔާއަކީ އެމެރިކާ އަށް ފަހު އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހެމުން އަންނަ ގައުމެވެ. އެގޮތުން އެގައުމުގައި މިހާތަނަށް 23 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާއިރު ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރު އުޅެނީ ތިންލައްކައިން މަތީގައެވެ. އަދި ކޮންމެ ދުވަހަކު ހަތަރުހާހާ ގާތްކުރާ އަދަދަކަށް މީހުން އަންނަނީ މަރުވަމުންނެވެ.

ވޭރިއަންޓްތަކުގެ އިތުރުން އެގައުމުގައި ބޭއްވި ދީނީ އަދި ސިޔާސީ ބޮޑެތި އެއްވުންތަކަކީ ވެސް ކޮވިޑްގެ ކޭސްތައް އިތުރުވުމަށް މަގުފަހިކުރުވި ސަބަބުތަކެވެ. ނަމަވެސް މިއިން ކޮންމެ ކަމަކުން ކޭސްތައް އިތުރުވެފައިވަނީ ކިހާ މިންވަރަކަށް ކަމެއް ހޯދިފައެއްނުވެއެވެ.

ޑަބްލިޔުއެޗްއޯއިން ބުނާގޮތުން މިހާތަނަށް އައިއިރު އިންޑިޔާއިން ފެނިފައިވާ ކޭސްތަކުގެ ތެރެއިން ޖެނެޓިކް ސީކުއެންސް އަޕްކޮށްފައިވަނީ އެންމެ 0.1 އިންސައްތަ ޓެސްޓްގެއެވެ. ޑަބްލިޔުއެޗްއޯގެ ޑާޓާބޭސް އަށް އަޕްލޯޑްކޮށްފައި ހުންނަ ވައިރަސްގެ ޖެނެޓިކް ސީކުއެންސް ބަލައިގެން ވޭރިއަންޓަތައް ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ މާހިރުން ކުރެއެވެ.

ކޮވިޑް-19

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު