Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑްގެ އައު ވޭރިއަންޓް

ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

އިންޑިއާގެ ކެރެލާއިންއައު ވޭރިއެންޓް ފެނިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 ޑިސެމްބަރު 2023 | އާދީއްތަ 11:10
ކޮވިޑާއި މޫސުމީ ރޯގާއަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި

ކޮވިޑާއި މޫސުމީ ރޯގާއަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި

ކޮވިޑްގެ ކޭސްތައް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ، މި ހިނގާ ޑިސެންބަރ މަހުގެ މެދުތެރޭގައި ކޮވިޑް-19ގެ އައު ވޭރިއަންޓް JN.1 އިންޑިއާގެ ކެރެލާއިން ފެނިފައިވާކަމަށެވެ. މިއީ އައު ވޭރިއެންޓެއްކަމަށާއި، ސެޕްޓެމްބަރު 2023ގައި އެމެރިކާއިން މި ވޭރިއެންޓް ފެނުނު ހިސާބުން ހަލުވިކަމާއެކު އަންނަނީ ގިނަ ގައުމުތަކެއްގައި ފެތުރެމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މި ފެށޭ ހަފުތާއަކީ ސްކޫލް، ކޮލެޖް، އަދި ޔުނިވަރސިޓީތަކަށް ޗުއްޓީ ފެށޭ ހަފުތާކަމަށްވެފައި، ގިނަ އަދަދެއްގެ މީހުން ރާއްޖެއިން ބޭރަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރާނެ ދުވަސްވަރަކަށް ވާނެތީއާއި، ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖެއިން އުމުރާގެ އަޅުކަމަށް ގިނަ އަދަދެއްގެ މީހުން ގޮސް އައިސް ވާނެ ދުވަސްތަކަކަށްވާތީ, އެހެން އަހަރުތަކަކޭ އެއްފަދައިން އަރިދަފުސް ރޯގާ، ވައިރަލް ހުން، އަދި ނޭވަލާ ނިޒާމަށްޖެހޭ ގައިންގަޔަށް އަރާ ބަލިތައް އިތުރުވާނެކަމަށް ބެލެވެއެވެ. 

އަދި މިހިނގާ ޑިސެންބަރު މަހުގެ މެދުތެރޭގައި ކޮވިޑް-19ގެ އައު ވޭރިއަންޓް JN.1 ދުނިޔޭގެ ގިނަ ގައުމުތަކުގައި ފެނި، ކޮވިޑް-19 ފެތުރުން އިތުރުވެފައި ވާކަމަށާއި، އިންޑިއާގެ ކެރެލާއިން އައު ވޭރިއެންޓް ފެނިފައިވާއިރު، ސެޕްޓެމްބަރ 2023ގައި އެމެރިކާއިން ފެނުނު ހިސާބުން ހަލުވިކަމާއެކު ގިނަ ގައުމުތަކެއްގައި ފެތުރެމުން އަންނަ ކަމަށް ވަނީ ބުނެފައެވެ. 

މިފަދަ ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އެޗްޕީއޭއިން ވަނީ އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސައި، ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ކުޑަރުމާލަކުން ނުވަތަ ޓިޝޫއަކުން ނިވާކުރުމަށާއި، އަދި ޓިޝޫފަދަ ތަކެތި ބޭނުންކުރުމަށްފަހު ރައްކާތެރިކަމާއެކު ކުނިވަށިގަނޑެއް ފަދަ އެއްޗަކަށް އެއްލާލުމާއި، އާންމު ސާފުތާހިރުކަމަށް ސަމާލުވުމަށާއި، އަދި ޚާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަންދިނުމަށް އެދިފައެވެ.

ރޯގާޖެހި ހުންއައިސް ރަނގަޅުނުވެ ގިނަ ދުވަސްވާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމާއި، އަދި ވީހާވެސް ބޮޑަކަށް އެހެންމީހުންނާ އެކަހެރިވުމާއި، އަދި އުމުރުން ދުވަސްވީ މީހުންނާއި ގިނަ ބަލިތަކަކަށް ބޭސްކުރާ މީހުން ކޮވިޑް-19 ވެކްސިން ޖެހުން މުހިންމު ކަމަށް ބުނެފައިވެއެވެ. އަދި މިވެކްސިން ޖެހުމުން، ބަލިޖެހުނު ކަމުގައިވިޔަސް ބޮޑުވަރުވުމުން ރައްކާތެރި ކޮށްދޭނެކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭއިން ބުނީ، އުމުރުން ދުވަސްވީ މީހުންނާއި، 5 އަހަރުން ދަށުގެ ކުޑަކުދިންނާއި، މާބަނޑު އަންހެނުންނާއި، ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުން އިންފުލުއެންޒާއިން ރައްކާތެރިވުމަށް އިންފުލުއެންޒާ ވެކްސިންޖެހުންވެސް މުހިންމުކަމަށް ބުނެފައެވެ.

ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ، ގޭގައިދެވިދާނެ ފަރުވާ:

• ގިނައިން ދިޔާތަކެތި ބޭނުންކުރުން

• އަރާމުކުރުން

• ލުނބޯ ފަނި/ސައި، އިނގުރު ސައި އަދި މާމުއި ފަދަ ބުއިންތައް ބޭނުންކުރުން.

• ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުންކުރާނަމަ ޑޮކްޓަރެއްގެ މަޝްވަރާއާއި ލަފާގެ މަތިން ބޭނުންކުރުން.

މީގެ އިތުރުން މަދިރިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށްޓަކައި، މަދިރި ހެފުމުން ރައްކާތެރިވުމަށާއި މަދިރި އުފެދި އާލާވާގޮތަށް އެއްޗެއްސާއި ތަންތަން ނުބެހެއްޓުމަށް ސަމާލުކަން ދިނުމަށްވެސް އެޗްޕީއޭއިން އެދިފައިވެއެވެ. އަދި ކާބޯތަކެތީގެ ތަފާތު ބާވަތްތައް ބޭނުންކުރުމުގައާއި ކާބޯތަކެތީގެ ސާފުތާހިރުކަމަށް ސަމާލުވުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.  

ކޮވިޑް-19އެމެރިކާކެރެލާއިންޑިއާހެލްތު ޕްރޮޓެކްޝަން އެޖެންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު