Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިންޑިއާ ވޭރިއެންޓް

އިންޑިޔާގެ ވޭރިއަންޓުގެ ނުރައްކާ ބޮޑުވެ "ވޭރިއެންޓް އޮފް ކޮންސަރންގެ" ގިންތިއަށް

10 މެއި 2021 | ހޯމަ 16:31

އިންޑިއާއިން ފެނިފައިވާ ކޮވިޑް-19 ގެ ވޭރިއެންޓް 17 ގައުމަކުން ވަނީ ފެނިފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 10 މެއި 2021 | ހޯމަ 16:31
ކޮވިޑް އިންޑިޔާ

ކޮވިޑް އިންޑިޔާ

އިންޑިއާގައި މިހާރު ފެތުރެމުންދާ ކޮވިޑުގެ ވޭރިއެންޓަކީ "ވޭރިއެންޓް އޮފް ކޮންސަރން" އެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅައިފިއެވެ.

ދުނިޔޭގައި މިހާރު ފެތުރޭ ކޮވިޑް-19ގެ ވޭރިއެންޓްތައް މޮނީޓަރުކުރުމުގެ މަސައްކަތް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދަނީ ކުރަމުންނެވެ. އެގޮތުން ވޭރިއެންޓްތަކުގެ ނުރައްކަލަށް ބަލާ ތިން ގިންތިއަކަށް ވޭރިއެންޓްތައް ވަނީ ބަހާފައެވެ. އެގޮތުން ވޭރިއެންޓްގެ ނުރައްކާ އެހާ ބޮޑު ނޫން އެހެނަސް ދިރާސާކުރަންޖެހޭ ވޭރިއެންޓް "ވޭރިއެންޓް އޮފް އިންޓްރެސްޓް" ގިންތިއަކީ ފުރަތަމަ ގިންތިއެވެ. ވޭރިއެންްޓެގެ ނުރައްކާ ބޮޑުވެ އެނދުމަތިކޮށް މަރުވާ އަދަދު ގިނަވާނަމަ ދެ ގިންތިއަކަށް ވޭރިއެންޓް ބެހެއެވެ. އެގޮތުން ފުރަތަމަ ދަރަޖައަކީ "ވޭރިއެންޓް އޮފް ކޮންސަރން"ގެ ގިންތިއެވެ. އަދި އެންމެ ނުރައްކާތެރި ގިންތިއަކީ "ވޭރިއެންޓް އޮފް ހައި ކޮންސިކުއެންސް" ގިންތިއެވެ.

މިހާތަނަށް އައިރު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން 6 ވޭރިއެންޓެއް "ވޭރިއެންޓް އޮފް އިންޓްރެސްޓް"ގައި ހިމަނާފައިވެއެވެ. އިންޑިއާގައި މިހާރު ފެތުރެމުންދާ ވޭރިއެންޓް "ވޭރިއެންޓް އޮފް ކޮންސަރން"އެއް ގެ ގޮތުގައި ކަނޑައެޅުމުން މި ގިންތީގައި މިވަގުތު 7 ވޭރިއެންޓެއް ހިމެނެއެވެ. އިންޑިއާގައި އަލަށް ފެތުރެމުންދާ ވޭރިއެންޓްގެ އިތުރުން އިނގިރޭސިވިލާތް، އެމެރިކާ، ޖަޕާން، ބްރެޒިލް އަދި ދެކުނު އެފްރިކާގައި ފެތުރެމުންދާ ވޭރިއެންޓްތަކެއް ވެސް މިގިންތީގައި ވަނީ ހިމަނާފައެވެ. މިހާތަނަށް އައިރު އެންމެ ނުރައްކާތެރި ގިންތިކަމުގައިވާ "ވޭރިއެންޓް އޮފް ހައި ކޮންސިކުއެންސް" ގައި އެއްވެސް ވޭރިއެންޓެއް ހިމަނާފައެއް ނުވެއެވެ.

އިންޑިއާ އިން ފެނިފައިވާ ކޮވިޑް-19 ގެ ވޭރިއެންޓް 17 ގައުމަކުން ފެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މީގެ ކުރިން ވަނީ ބުނެފައެވެ. ޔޫއެން ހެލްތް އެޖެންސީއިން ބުނީ ބީ.1.617 ވޭރިއެންޓް ފުރަތަމަ ފެނިފައިވަނީ އިންޑިއާއިން ކަމަށާއި މިހާރު މި ވޭރިއެންޓް 17 ގައުމަކުން ފެނިފައިވާ ކަމަށެވެ. ވައިރަސް ޑެޓާބޭސްއިން ދައްކާގޮތުން އެންމެ ގިނައިން އެ ވޭރިއެންޓް ފެނިގެން ރިޕޯޓު ކޮށްފައިވަނީ އިންޑިއާ އާއި، އެމެރިކާ، އަދި އިނގިރޭސި ވިލާތުންނާއި ސިންގަޕޫރުންނެވެ.

އިންޑިއާގައި މިހާރު ރިކޯޑް އަދަދަކަށް މީހުން ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. އޭގެ ތެރޭގައި ޒުވާނުންނާއި ކުޑަކުދިން ވެސް ގިނަ އަދަދަކަށް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އިންޑިއާއިން ފެނިފައިވާ މި ވޭރިއެންޓަކީ ހުރިހާ އުމުރަކަށް ވެސް ނުރައްކާ ވޭރިއެންޓެއް ކަމަށާއި މި ވޭރިއެންޓުގައި ޒުވާނުންނަށް ބަލި ޖެހި ފަރުވާ ހޯދަން ވެސް ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ލަންކާގައި ވެސް ކޮވިޑް ފެތުރެން ފަށާފައިވާއިރު އިންޑިއާގައި ފެތުރެމުންދާ ވޭރިއެންޓަށް އެ ވެދާނެ ކަމުގެ ކަންބޮޑުވުން ސިއްހީ މާހިރުން ފާހަގަ ކޮށްފައިވެއެވެ.

އިންޑިއާ އިން މިހާރު ރިކޯޑު އަދަދަކަށް މީހުން ކޮވިޑަށް ފައްސި ވަމުންދާ އިރު، އިއްޔެވެސް އެގައުމުން 360،927 މީހުން ފައްސިވެފައި ވެއެވެ. މުޅި ދުނިޔެއިން 3.1 މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑުގައި ވަނީ މަރުވެފައެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފައިވަނީ ފުރަތަމަ ރާޅަށް ވުރެ ކޮވިޑުގެ ފަހުގެ ރާޅުތަކުގައި މީހުން ޕޮޒިޓިވްވަމުންދާވަރު ގިނަ ވެފައި ވައިރަސް ފެތުރެމުންދާ ބާރުމިން ހަލުވިވެފައިވާކަމަށެވެ.

ކޮވިޑް-19

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް