Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

ކޮވިޑް ޖެހިގެން މިއަދު ތިން ވަނަ މީހަކު ނިޔާވެއްޖެ

ހޯމަ ދުވަހު އުމުރުން 74 އަހަރުގެ މީހަކާއި، 85 އަހަރުގެ މީހެއް އަދި 75 އަހަރުގެ މީހަކު ވަނީ ނިޔާވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 މެއި 2021 | ހޯމަ 10:01
މާފުށީގައި ފަރުވާދެމުން ދިޔަ މީހަކު ވަނީ ނިޔާވެފައި

މާފުށީގައި ފަރުވާދެމުން ދިޔަ މީހަކު ވަނީ ނިޔާވެފައި

ކޮވިޑް-19 ޖެހިގެން ހޯމަ ދުވަހު ތިން ވަނަ މީހާ ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނީ ނިޔާވެފައިވަނީ އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މިމީހާ ނިޔާވެފައިވަނީ ކ.މާފުށީގައެވެ. މިމީހާ ނިޔާވެފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 9:45 ގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

Advertisement - newsAdvertisement

މިއީ ރާއްޖޭގައި ކޮވިޑް ޖެހިގެން ނިޔާވި 87 ވަނަ މީހާއެވެ. އަދި ހޯމަ ދުވަހު ނިޔާވި ތިން ވަނަ މީހާއެވެ.

ހޯމަ ދުވަހު އެންމެ ފުރަތަމަ ނިޔާވެފައިވަނީ އައިޖީއެމްއެޗްގެ އިމަރޖެންސީ ރޫމުގައި އެޑިޓްކޮށްފައިވާ އުމުރުން 75 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ ނިޔާވެފައިވަނީ ފަތިހު 04:00 ޖެހިއިރުއެވެ.

ހޯމަ ދުވަހު ދެވަނަ އަށް ނިޔާވެގެން ރިޕޯޓްކޮށްފައިވަނީ ބ އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުން އައި މީހެކެވެ. އެއީ އުމުރުން 85 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ނިޔާވެފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 8:30 ހާއިރު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް ޖެހިގެން އާދިއްތަ ދުވަހުވެސް ވަނީ މީހަކު ނިޔާވެފައެވެ. އަދި ހުކުރު ދުވަހު އެކަނިވެސް ހަތަރު މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ކުރިން މިދިޔަ ހަފްތާ ނިމެމުން ދަނިކޮށް 48 ގަޑިއިރު ތެރޭގައި ވަނީ 8 މީހަކު ނިޔާވެފައެވެ.

ރާއްޖޭގައި ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު ވައިރަސްއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ނަގާ ކޮންމެ ފަސް ސާމްޕަލަކުން 3 މީހުން ފޮޒިޓިވްވާ ކަމަށާއި ކޮންމެ ދުވަހު ޕޮޒިޓިވްވަމުންދާ ކުޑަކުދިންގެ އަދަދު ވެސް އިތުރުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އުމުރުން 10 އަހަރުގެ ދަށުގެ 80 ކުޑަކުދިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ ކަމަށާއި އޭގެ ތެރެއިން އަހަރު ނުވާ ހަތަރެއް ނޫނީ ފަސް ކުދިން ހިމެނޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެއިތުރުން ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު ބެކްލޮގްގައި ހުރި ސާމްޕަލްތަކާއެކު ވަނީ ހާހުން މައްޗަށް އަރާފައެވެ.

ރާއްޖެއަށް ކޮވިޑް-19ގެ ހަތަރު ވަނަ ރާޅެއް އަރާފައިވާއިރު މެއި މަސް ފެށުނު ފަހުން ދުވާލެއްގެ މައްޗަށް ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އަންނަނީ ރިކޯޑް މިންވަރަކަށް އިތުރުވަމުންނެވެ. އެގޮތުން މެއި މަހުގެ 1 ވަނަ ދުވަހު 402 މީހުން ބައްޔަށް ޕޮޒިޓިވްވިއިރު މެއި މަހުގެ 2 ވަނަ ދުވަހު އެއަދަދު ހުރީ 508 ގައެވެ. މެއި މަހުގެ 3 ވަނަ ދުވަހު 585 މީހުންނަށް ކޮވިޑް ޖެހުނުއިރު މެއި މަހުގެ 4 ވަނަ ދުވަހު އެއަދަދު ވަނީ 601ށް އަރާފައެވެ.

މެއި މަހުގެ 5 ވަނަ ދުވަހު 734 މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކުރިއިރު މެއި މަހުގެ 6 ވަނަ ދުވަހު 703 މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. މެއި މަހުގެ 7 ވަނަ ދުވަހު 766 މީހުންނަށް ވަނީ ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައެވެ. މެއި މަހުގެ 8 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 590 މީހުންނެވެ.

މިހާރު ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ 9423 ގައެވެ. އަދި ބަލި ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 250 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް-19

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު