Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19ށް ފަރުވާދޭ މަރުކަޒު

80 އިންސައްތަ އެނދު ފުރި، ހުޅުމާލެ ހޮސްޕިޓަލް ކޮވިޑް ފެސިލިޓީއަކަށް ބަދަލު ކުރަނީ

10 މެއި 2021 | ހޯމަ 10:04

ހެންވޭރު މުނިހިޔާ އަދި ސޯޝަލް ސެންޓަރުގައި ރެންޑަމް ސާމްޕަލް ނެގުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 10 މެއި 2021 | ހޯމަ 10:04
ހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލެ ހޮސްޕިޓަލް

80 އިންސައްތަ އެނދު ފުރި، ހުޅުމާލެ ހޮސްޕިޓަލް ކޮވިޑް ފަރުވާއަށް ޚާއްސަކުރަން ނިންމާފައިވާކަން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީއިން ހާމަކޮށްފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވަނީ މާލެ ސަރަހައްދު ކޮވިޑް-19ގެ ކަންކަމަށް ތައްޔާރުކުރުމަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާކޮށްފައެވެ. އެގޮތުން ހެންވޭރު މުނިހިޔާ އަދި ސޯޝަލް ސެންޓަރުގައި ރެންޑަމް ސާމްޕަލް ނެގުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މީގެކުރިން މާލޭގައި ސާމްޕަލް ނެގުމަށް ބޭނުންކުރި މާފަންނު މަދަރުސާ މިހާރު ފްލޫ ކްލިނިކަކަށް ވަނީ ބަދަލުކޮށްފައެވެ. މިގޮތައް ހަމަޖެއްސީ ސާމްޕަލްނަގަން ދުވާލެއްގެ މައްޗަށް 250ށް ވުރެ ގިނަ މީހުން އަންނަމުންދާތީމިކަން ހައްލުކުރުމުގެ ގޮތުންކަމަށް ނާސިރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރާއްޖޭގައި އަދި ވަކިން ޚާއްސަކޮށް މާލެ ސަރަހައްދުގައި ޕޮޒިޓިވްކޭސްތައް އިންތިހާއަށް ގިނަވާން ފެށުމުން ބެޑް ކެޕޭސިޓީ ފުރެމުންދާކަމަށް ނާސިރު ވިދާޅުވިއެވެ. އެގޮތުން މިވަގުތު މާލެ ސަރަހައްދުގެ ބެޑް ކެޕޭސިޓީއަކީ 293 ހޮސްޕިޓަލް އެނދުކަމުގައިވާއިރު، މީގެތެރެއިން 80 އިންސައްތަ ބޭނުންކުރަމުންދާކަމަށް ނާސިރު ވިދާޅުވިއެވެ. މި ސަބަބައްޓަކައި އެނދު އިތުރުކުރުމައްޓަކައި ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް 30 އެނދު އިތުރުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލް ޑައުންގްރޭޑްކޮށް ކޮވިޑަށް ޚާއްސަކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެ ހޮސްޕިޓަލްގެ ވަކިން އިންނަ އިމާރާތެއްގައި 120 އެނދުގެ ފެސިލިޓީއެއް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. މި ފެސިލިޓީގައި ހުޅުމާކެ ހޮސްޕިޓަލްގައި މިވަގުތު ހުރި 58 އެނދު ބޭނުންކުރާއިރު އައިސީޔޫ އެނދުވެސް ހުންނާނެކަމަށް ނާސިރު ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ ވަރަކަށް އައިސީޔޫތަކާއި، ހޮސްޕިޓަލައިޒްޑް ބެޑް ކެޕޭސިޓީ ފުރެން ގާތްވެފައިވާތީ އެނދު އިތުރުކުރުމުގެ މަސައްކަތް މެއި މަހު ކުރީކޮޅު ވަނީ ފަށާފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޭސްތައް މިހާރު އިތުރުވަމުންދާ ވަރަށް ބަލައި އެނދުގެ އަދަދުތައް އިތުރުކުރަން ޖެހޭނެކަން ޔަގީންވާ ކަމަށެވެ. މިހާރު ވެސް ބައެއް ފެސިލިޓީތަކުގެ އެނދުތައް ފުރިފައިވާ ކަމަށާއި، އެނދު އިތުރުކުރުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރަށް އައިސޮލޭޝަން ފެސިލިޓީތައް އިތުރުކުރުމަށް ވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ މިހާރު ގާތްގަނޑަކަށް ފުރިފައިވާ ކަމަށެވެ. އެހެންވެ މީގެ ކުރިން އައިސޮލޭޝަން ފެސިލީޓިއެއްގެ ގޮތުގައި ބޭނުންކޮށް ފަހުން ދޫކޮށްލާފައިވާ ވެލިދޫ އަނެއްކާ ވެސް ހުޅުވާ އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ބޭނުންކުރަން ފަށާފައިވާކަމަށެވެ.

ކޮވިޑް-19

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް