Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

ހުޅުމާލެ ފެސިލިޓީގައި މަސައްކަތްކުރާނެ މީހުން ބޭނުންވެއްޖެ

ސިއްހީ މަސައްކަތްތެރިން ހުއްޓުމެއްނެތި ކުރަމުންދާ މަސައްކަތްތަކަށް ލުޔެއް ހޯދައިދިނުމަށް އެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުން ބޭނުންވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 މެއި 2021 | ހޯމަ 08:05
ހުޅުމާލެ މެޑިކަލް ފެސިލިޓީ

ހުޅުމާލެ މެޑިކަލް ފެސިލިޓީ

ހުޅުމާލެ ކޮވިޑް ފެސިލިޓީގައި މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިތުރު މަސައްކަތްތެރިން ބޭނުންވާ ކަމަށް އައިޖީއެމްއެޗުގެ ނޭޝަނަލް ސެންޓަރ ފޯ ރެސްޕިރޭޓަރީ މެޑިސިންގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު މިއިން ދުވަހަކު ގޯސްނުވާ މިންވަރަށް ގޯސްވެފައިވާއިރު ކޮވިޑްގެ ބަލި މީހުންނަށް ފަރުވާދޭ ފެސިލިޓީތަކަށް އަންނަނީ ބާރު ބޮޑުވަމުންނެވެ. އަދި މީގެ އަހަރެއްހާ ދުވަސްކުރިން ފެށިގެން އެތަންތާންގައި މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިން އަންނަނީ މެދުކެނޑުމެއްނެތި މަސައްކަތްކުރަމުންނެވެ.

Advertisement - newsAdvertisement

ޑރ. މުޙައްމަދު ޢަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމީހުން ހުއްޓުމެއްނެތި ކުރަމުންދާ މަސައްކަތްތަކަށް ލުޔެއް ހޯދައިދިނުމަށް އެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުން ބޭނުންވާ ކަމަށެވެ. އެގޮތުން ހެލްތު ވޯރކަރުންނާއި، ނަރުހުންނާއި ނަރުސްކަން ކިޔަވަމުންދާ ކުދިންނާއި، ކެެއަރ ވޯރކަރުންގެ އިތުރުން ޑޮކްޓަރުންނާއި މެޑިކަލް ކިޔަވާކުދިން ބޭނުންވާ ކަމަށެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާދޭ ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުން ގިނަ ވުމުގެ ސަބަބުން އިތުރު ތަންތަން ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރުމަށް ނިންމާފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ރާއްޖެއަށް ކޮވިޑް-19ގެ ހަތަރު ވަނަ ރާޅެއް އައިސްފައިވާއިރު މެއި މަސް ފެށުނު ފަހުން ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު އަންނަނީ ރިކޯޑް މިންވަރަކަށް އިތުރުވަމުންނެވެ.

ކޮވިޑް-19

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު