Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިތުރު ފިޔަވަޅުތައް އެޅުން

ޕޮޒިޓިވްވާ މިންވަރު ދަށް ނުވެއްޖެނަމަ ކެފޭ ރެސްޓޯރެންޓްގެ އެތެރޭގައި ޚިދުމަތް ދިނުން ރޯދައަށްފަހު މެދުކަނޑާލަނީ

10 މެއި 2021 | ހޯމަ 05:24

އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެނގޭނެކަމަށް ވިދާޅުވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 10 މެއި 2021 | ހޯމަ 05:24
މާލޭގައި ހިންގާ ކެފޭއެއް

މާލޭގައި ހިންގާ ކެފޭއެއް

ޕޮޒިޓިވްވާ މިންވަރު ދަށް ނުވެއްޖެނަމަ ކެފޭ ރެސްޓޯރެންޓްގެ އެތެރޭގައި ޚިދުމަތް ދިނުން ރޯދައަށްފަހު މެދުކަނޑާލަންޖެހިދާނެކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ހާމަކޮށްފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ އެމްވީއިން ކުރި ސުވާލަކަށް ޖަވާބުދެމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ކޮވިޑް ކޭސްތައް ގިނަވުމުން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެނގޭނެކަމަށެވެ. ކޭސް ލޯޑަށް ބަލައި މިވަގުތުވެސް ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމަށް ވިސްނަވާކަން ހާމަކުރައްވާ މަބްރޫކްވަނީ، ރޯދައަށް ފަހު ކޭސް ލޯޑަށް ބަދަލު ނައިސްފިނަމަ ހަރުކަށި އިތުރު ފިޔަވަޅުތައް އަޅާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ކޭސްލޯޑް ދަށް ނުވެއްޖެނަމަ ކެފޭ ރެސްޓޯރެންޓްގެ އެތެރޭގައި ޚިދުމަތް ދިނުން ރޯދައަށްފަހު މެދުކަނޑާލަންޖެހިދާނެކަމަށް ވިދާޅުވިއެވެ. މިހާރުގެ ހާލަތައް ބަލާފައި ކޭސްތައް މަދުނުވެ އިތުރުވާތަން ފެންނާތީ، ފިޔަވަޅުތައް ހަރުކަށިކުރާނެ ކަމަށް ގިނަ ބަޔަކު ދަނީ ދެކެމުންނެވެ. އެޗްއީއޯސީއިން މީގެ ކުރިންވެސް ވަނީ ކެފޭ ރެސްޓޯރެންޓްތަކުގައި ކޮވިޑާ ގުޅިގެން އެކަށައަޅަންޖެހޭ މިންގަނޑާ ޚިލާފަށް ޚިދުމަތްދެމުން އަންނަކަން ފާހަގަކުރެވޭކަމަށް ބުނެފައެވެ. އެގޮތުން ރެސްޓޯރެންޓްތަކަށް ގޮސް އެއްވެސް ވަރަކަށް މާސްކް ނާޅާ ތިބުމާއި، އިޖުތިމާޢީ ގައިދުރުކަމުގެ މިންގަނޑަށް ވެސް ތަބާނުވާކަން ވަނީ ފާހަގަކޮށްފައެެވެ. މިކަން ހައްލުކުރުމަށް ކެފޭ ރެސްޓޯރެންޓްތަކުގެ އިންސްޕެކްޝަން އަލުން ވަރުގަދަކުރާނެކަމަށް އާދިއްތަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ނަތީޖާ ނުލިބި ލަސްވެފައިވާ ސާމްޕަލްތަކާއެކު އާދީއްތަ ދުވަހު 1091 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ވަނީ ބުނެފައެވެ.

އާދީއްތަ ދުވަހުގެ ރޭ ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ މިއަދު ރަޖިސްޓަރީ ކުރެވިފައިވާ ޖުމްލަ ކޭސްތަކުގެ އަދަދަކީ 1091 ކަމަށެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން 933، މީހުން ދިރިއުޅޭ ރަށްރަށުން 147، ހިންގަމުންދާ ރިސޯޓުތަކުން 6، ސަފާރީތަކުން 3، ހަދަމުންދާ ރިސޯޓުތަކުން ދެ މީހުން ޕޮޒިޓިވްވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ބެކްލޮގް ވެފައިވާ ސާމްޕަލްތަކާ ނުލައި އާދީއްތަ ދުވަހު ޕޮޒިޓިވްވި ރޭޓަށް އަލިއަޅުއްވާލައްވަމުން މަބްރޫކް ވިދާޅުވީ ކޭސްތަކުގެ އަދަދު އިތުރު ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހުގެ 6:00ން އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00ށް ނެގުނު ސާމްޕަލްގެ ތެރެއިން 760 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ހަތަރުވަނަ ރާޅާއެކު ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ދަނީ ޕޮޒިޓިވްމުންނެވެ. މާލެސިޓީގެ އިތުރުން އަތޮޅުތެރެއިން ވެސް ކޭސްތައް އިތުރުވަމުންދާއިރު، މިވަގުތު މޮނިޓަރިންގައި 32 ރަށެއް އެބައޮތެވެ.

ކޮވިޑް-19

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
24 ޑިސެމްބަރު 2023

ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

24 ޑިސެމްބަރު 2023
ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް