Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

9 މެއި 2021 | އާދީއްތަ 09:22

ސަޕޯޓަރުން ހިތްވަރު ކުރެއްވުމަށް އެދިވަޑައިގަތް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 މެއި 2021 | އާދީއްތަ 09:22
ރައީސް ނަޝީދުގެ ޙާލުކޮޅު ބެއްލެވުމަށްފަހު ރައީސް ޞާލިޙު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

ރައީސް ނަޝީދުގެ ޙާލުކޮޅު ބެއްލެވުމަށްފަހު ރައީސް ޞާލިޙު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

ޓެރަރިސްޓް ޙަމަލާއެއްގެ ޝިކާރައަކަށްވެ އޭޑީކޭގައި ފަރުވާ ހޯއްދަވަމުންދާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ބައްދަލު ކުރައްވައިފިއެވެ.

އާދިއްތަ ދުވަހުގެ މެންދުރު ރައީސް ޞާލިޙު އޭޑީކޭއަށް ޒިޔާރަތް ކުރައްވައި ރައީސް ނަޝީދުގެ ޙާލުކޮޅު ބައްލަވާފައިވާއިރު، އެމަނިކުފާނު ވަނީ ނުކުމެވަޑައިގެން ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ވެސް ޖަވާބު ދެއްވާފައެވެ. އެގޮތުން ރައީސް ނަޝީދުގެ ޙާލުކޮޅާ ގުޅޭގޮތުން ރާއްޖެޓީވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިޙު ވިދާޅުވީ، އެމަނިކުފާނު ވަރަށް ރަނގަޅަށް ރިކަވަރ ވަމުން އަންނަކަން ފާހަގަ ކުރެއްވުނު ކަމަށެވެ. އަދި ރައީސް ނަޝީދު ވަރަށް ގިނަ ވާހަކަ ދެއްކެވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އޭގެތެރޭގައި އަމިއްލަ ރައްޓެއްސެއްގެ ހައިސިއްޔަތުން ދެއްކެވި ވާހަކަތަކާއި، އާއިލާއާއި، ސަރުކާރާ ގުޅޭ ގިނަ ވާހަކަތަކެއް ވެސް ހިއްސާ ކުރެއްވި ކަމަށެވެ.

ރައީސް ނަޝީދުގެ ހިތްވަރުގަދަކަން ފާހަގަ ކުރައްވައި ރައީސް ޞާލިޙު ވިދާޅުވީ، އެމަނިކުފާނުގެ ރިކަވަރީ ވެސް ފެންނަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި ޑޮކްޓަރުން އެ ކުރެއްވި މަސައްކަތުގެ ނަތީޖާގެ ގޮތުން ވަރަށް އަވަސް ރިކަވަރީއެއް ލިބެމުންދާކަން ފާހަގަ ކުރެވޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އޭޑީކޭގެ ޑޮކްޓަރުންގެ ޓީމަށާއި، މެނޭޖްމަންޓަށް ޝުކުރު އަދާ ކުރައްވާފައެވެ.

އޭގެ އިތުރުން، ސަޕޯޓަރުންނަށް ދެއްވާނެ މެސެޖަކާ ގުޅޭގޮތުން ރާއްޖެޓީވީން ސުވާލުކޮށްލުމުން ރައީސް ޞާލިޙު ވިދާޅުވީ، ރައީސް ނަޝީދަކީ ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ. އަދި އެ ހުރިހާ ބޭފުޅުންނަށާއި ވަކިން ޚާއްސަކޮށް އެމްޑީޕީގެ ސަޕޯޓަރުން ވެސް ހިތްވަރު ކުރެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ، ދެން އެފަދަ ކަމެއް ވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާކަމެއް ކުރައްވާނެ ކަމަށެވެ. އަދި އެގޮތަށް ދިމާވާ ކަންތައްތަކުން ޤައުމު ސަލާމަތް ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާކަމެއް ކުރައްވާނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެކަމުގައި އެންމެ ބޮޑު މަސައްކަތެއް ކުރެވޭނެ ބަޔަކީ އެމްޑީޕީ އާއި އެމްޑީޕީގެ ސަޕޯޓަރުން ކަމަށެވެ.

ހޮނިހިރު ދުވަހު ރައީސް ނަޝީދު ލައިފް ސަޕޯޓް މެޝިނުން ނަގާފައިވާއިރު، އެމަނިކުފާނުގެ ހާލުކޮޅު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް އާއިލާއިން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
23 ޖެނުއަރީ 2017

ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!

23 ޖެނުއަރީ 2017
ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް