Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިހާބު

ރައީސް ޔާމީން ނިކުންނަވާ ބަލިވެއްޖެ ކަމަށް ވިދާޅުވާންޖެހޭ: އަމީތު

ތަރައްގީ އަކީ ޝުކުރިއްޔާ ރައީސް ޔާމީން އާއި ހަމައިން ނިމޭކަމެއް ނަމަ ތަރައްގީއެއް ނާންނާނެ ކަމަށް އަމީތު ވިދާޅުވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 9 މެއި 2017 | އަންގާރަ 23:37
މަޑުއްވަރި ދާއިރާގެ މެމްބަރު މުހައްމަދު އަމީތު

މަޑުއްވަރި ދާއިރާގެ މެމްބަރު މުހައްމަދު އަމީތު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިކުންނަވާ ބަލިވެއްޖެ ކަމަށް ވިދާޅުވާންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަހުމަދުމަނިކު ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ޖުމްހޫރީ ޕާޓީގެ ޖަގަހަ މ. ކުނޫޒުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ ވޭތުވެދިޔަ 1000 އަހަރު ރާއްޖެއަށް ނާންވަރުގެ ތަރައްގީ ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ ތިން އަހަރު ގެނެވިފައިވާ ކަމަށް ދައުވާކުރާ ސަރުކާރު، މިދިއަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ބަލިވެފައިވާ ކަމަށާއި އެކަން ގަބޫލު ކުރައްވާ ރައީސް ޔާމީން ރައްޔިތުންގެ ކުރިމައްޗަށް ނިކުންނަވާ ބަލިވެއްޖެ ކަމަށް ވިދާޅުވާންޖެހޭ ކަމަށެވެ. އަމީތު ވިދާޅުވީ އެވަރަށް ތަރައްގީ ގެންނަކަމަށް ދައުވާ ކުރާ އަދި އެންމެ 12 ގަޑިއިރުގެ ތެރޭގައި މާލެ ސިޓީން 11،000 ޕީޕީއެމް މެމްބަރުޝިޕް ފޯމް ފުރި ބަޔަކު، މާލެ ސިޓީން އިނދަޖެހިގެންދާންޖެހޭ ސަބަބެއް އޮންނާނެ ކަމަށެވެ.

Advertisement - newsAdvertisement

"ކޮންމެ ގައުމެއްގައިވެސް އިންތިހާބުތަކުގައި އެންމެ އިސްކަންދެނީ ބޮޑެތި އާބާދީތަކަށް، ރާއްޖޭގައިވެސް އެކަން އޮތީ އެގޮތަށް. ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރާއްޖޭގެ ހުރިހާ ބޮޑެތި އާބާދީތައް މިވަނީ ސަރުކާރަށް ނާކާމިޔާބުވެފަ." އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން ތަރައްގީގެ ފޮނި ހުވަފެންތައް ދެއްކި ކަމަށެވެ. ސަރުކާރުން ތަރައްގީގެ ވާހަކަ ދައްކާއިރު، އެއީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ގެންނަ ތަރައްގީ ކަމަށް ރައްޔިތުން ގަބޫލުކޮށް، ސަރުކާރަށް ނޫނެކޭ ބުނެފިކަމަށް އަމީތު ވިދާޅުވި އެވެ.

"ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަށް ތަރައްގީވެފައިވަނީ ފުރަތަމަ އިންސާނުން ތަރައްގީ ކޮށްގެން. އެގައުމެއްގެ ދިރިއުޅޭ އިންސާނުންގެ ބުއްދި އާއި ވިސްނުން ތަރައްގީކޮށްގެން. މިނިވަންކަމާއެކު އިލްމު އުނގެނުމާއި ބަސްބުނުމުގެ މިނިވަންކަން ދީގެން. އޭގެފަހުން ކޮންކްރީޓް ތަރައްގީ ގެނެސްފައިވަނީ. ރައީސް ނަޝީދު ވިދާޅުވާފަދައިން ތަރައްގީއަކީ ހަގީގަތުގަ ވެސް އިންސާނާއަށް އަންނަ ބަދަލެއް. އެއީ ފަހަރެއްގައިވެސް ކޮންކްރީޓުން އަޅުގަނޑުމެންނަށް މިނޭނެ އެއްޗެއްނޫން." އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ތިން އަހަރު މާލެ އޭރިއާގެ ތަރައްގީއަށް ސަރުކާރުން ވަރަށް ގިނަ ފައިސާ ޚަރަދުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިންތިހާބު ސަރުކާރަށް ލިބުނު ކާމިޔާބެއްނެތް ކަމަށާއި އެއީ ސަރުކާރުން އިންސާފުން ކަންކަން ކުރަމުންނުދާތީ ކަމަށެވެ.

"ޕީޕީއެމުން ގާނޫނުތަކަށް ބަދަލުގެނައިން. އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކޮށް، މާލޭގައި އެއްވެ ނޫޅެވޭގޮތަށް ހެދި. އެކަމަކުވެސް ސަރުކާރަށް ނިސްބަތްވާ ޕީޕީއެމަށް ބޭނުންވާ ކޮންމެ ވަގުތު މާލޭގެ މަގުތަކަށް އެއްވެވޭ. އިދިކޮޅު ސިޔާސީ ފަރާތްތަކަށް އެކެއް ނުވެވޭ. ބޭއިންސާފުން ކަންކަން ކުރާނަމަ ރައްޔިތުން ބަލައިނުގަންނާނެ. އެކަން އިންތިހާބުން ވެސް ފެނިގެން އެދިޔައީ." އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ ދިވެހި ރައްޔިތުންނަކީ އަނިޔާވެރިކަމާ ދެކޮޅު ބައެއް ކަމަށާއި އިންސާފަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅޭ ގައުމެއް ކަމަށެވެ.

"2008 ވަނަ އަހަރު ރައީސް މައުމޫން އިންތިހާބުން ބަލިވެވަޑައިގެންނެވި. ރައީސް މައުމޫން ނިކުމެވަޑައިގެން ވިދާޅުވީ ބަލިވެއްޖެއޭ. އެކަން ގަބޫލުފުޅު ކުރައްވައިފީމޭ. 2013 ވަނަ އަހަރު ރައީސް ނަޝީދު އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި. ރައީސް ނަޝީދު ނިކުމެވަޑައިގެން ވިދާޅުވީ ތިމަންމަނިކުފާނަށް ނާކާމިޔާބު ވެއްޖެއޭ. ވެއްޓިވަޑއިގަތީމަ އެކަން ގަބޫލުފުޅު ކުރައްވާ އަނެއްކާވެސް ތެދުވެވަޑައިގެން ދުއްވައިގެންނެވީ. އަޅުގަނޑުމެންގެ މިއަދުގެ ވެރިންނަށް ވެގެން މިއުޅޭ ގޮތަކީ ވެއްޓިވަޑައިގަތީމަވެސް އެކަން ގަބުލު ނުކުރެވިގެން މިއުޅެނީ." އަމީތު ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު