Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްޕީއާރްސީ ޚިޔާނާތް

އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގެ ލިސްޓަށް މީހުން އިތުރުވެއްޖެ!

ސިއްރު މައުލޫމާތު ބެލޭނީ ހަމައެކަނި ކޮމެޓީގައި ކަމަށާއި މެންބަރުންނަށް ވެސް އެ މައުލޫމާތު ނުގެންދެވޭ ގޮތަށް ނިންމާފައިވޭ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 9 މެއި 2021 | އާދީއްތަ 02:31
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ލިސްޓު މަޖިލީހަށް ފޮނުވިއިރު، އަދަދު އިތުރުވެ 281ށް އަރައިފިއެވެ.

މި ޚިޔާނާތުގެ މައްސަލައިގައި ތަހުގީގީ އިދާރާތަކުން ކުރިން އާންމު ކުރި ލިސްޓުގައި ހިމެނެނީ ފައިސާ ލިބުނު 267 ބޭފުޅުންނެވެ.

އެމްއެމްޕީއާރްސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކާއި، އެ މައްސަލަތައް ގޮސްފައިވާ ހިސާބާއި، އަދި އެ މައްސަލަތައް ކުރިއަށް ނުގޮސް ލަސްވާ ސަބަބު ސާފުކުރުމަށް މަޖިލީހުން ވަނީ ތަހުގީގީ އިދާރާތަކުގައި އެދިފައެވެ.

މަޖިލީހުގެ އެދުމުގެ މަތިން، އެސެޓް ރިކަވަރީ ކޮމިޝަނުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނުންނާއި، ދިވެހި ފުލުހުންނާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެ ކޮމެޓީއަށް ސިޓީތަކެއް ފޮނުވާފައިވެއެވެ. މި ސިޓީ ތަކުގައި ޚިޔާނާތުގައި ޝާމިލްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި، ސަލާމަތީ ޚިދުމަތްތަކުގެ މެންބަރުންނާއި، މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ޝަރުއީ ދާއިރާ އަދި މިނިވަން މުއައްސަސާތަކުގައި މަސައްކަތްކުރައްވާ އަދި ކުރީގައި މަސައްކަތްކުރެއްވި ބޭފުޅުންގެ ނަންތައް ވަނީ ހިމަނާފައެވެ. މި ސިޓީތަކާއި ގުޅޭގޮތުން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީގެ ޖޮއިންޓް ކޮމެޓީގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ތަހުގީގު އިދާރާތަކުގެ ޖަވާބު ސިޓީ:

ޖޮއިންޓް ކޮމެޓީއަށް ޕީޖީން ފޮނުވި ޖަވާބުގައި މި ތަހުގީގަކީ ޖޮއިންޓް އިންވެސްޓިގޭޝަނެއްކަން ފާހަގަކޮށްފައިވެއެވެ. އަދި މިހާރު މި މައްސަލައިގައި ދައުވާ އުފުލިފައިވަނީ ކޮން ފަރާތްތަކެއްގެ މައްޗަށް ކަމާއި، ތަހުގީގު ފުރިހަމަކޮށްދިނުމަށް އެދިފައިވާ ފަރާތްތައް ހިމަނާފައިވާކަމަށް ޖޮއިންޓް ކޮމެޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެފައިވެއެވެ.

ފުލުހުންނާއި އޭސީސީގެ ސިޓީގައި ބުނެފައިވަނީ ޖޮއިންޓް އިންވެސްޓިގޭޝަންއަކަށް ވާތީ، ކޮމެޓީއަށް ފުރިހަމަ މައުލޫމާތު ހިއްސާކުރާނީ އެސެޓް ރިކަވަރީ ކޮމިޝަނުން ކަމަށެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ހިމެނޭ 281 މީހުންގެ ލިސްޓް ފޮނުވާފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަނުންނެވެ. މި ފަރާތްތަކަކީ، އެފަރާތްތަކެއްގެ މައްޗަށް އިތުރަށް ތަހުގީގެއް ހިންގުމަށް ފަހުގައި މެނުވީ ޖިނާއީ ނުވަތަ މަދަނީ ދައުވާއެއް އުފުލޭނެ ފަރާތްތަކެއް ކަމުގައި ކަނޑަނޭޅޭނެކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ. އެކަމަކު ޖިނާއީ ނުވަތަ މަދަނީ އެއްވެސް ދައުވާއެއް އުފުލުމުގެ ފުރުސަތު ނެތް ފަރާތްތަކާއި ވަކި ފަރާތެއްކަން ކަށަވަރު ކުރެވެން ނެތް ފަރާތްތައް މި ލިސްޓުގައި ހިމެނިފައި ނުވާނެ ކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ކޮމެޓީގައި އީވާ ނުހިމެނޭ:

ޖޮއިންޓް ކޮމިޓީގެ މެންބަރު، މަޖިލީހުގެ ނާއިބުރައީސް އީވާ އަބްދުﷲގެ ބަދަލުގައި، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ކޮމިޓީގައި ހިމެނުމަށް އެމްޑީޕީން ހުށަހަޅާފައި ވާކަމަށް ކޮމެޓީގައި އިންތި ވިދާޅުވިއެވެ.

ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން އީވާ ވިދާޅުވީ، ކޮމެޓީން ވަކިވެވަޑައިގެންނެވީ ކަންދިމާކުރި ގޮތުން، ބުރަވެދާނެ ކަމަށް ފެނިވަޑައިގަންނަވާތީކަމަށެވެ. އެހެން ނަމަވެސް މި ޖޮއިންޓް ކޮމެޓީން މިހިންގާ މައްސަލަ، ޚާއްސަ އަހަންމިއްޔަތު ކަމެއް ދެއްވައިގެން ބައްލަވަން ބޭނުންފުޅުވާކަމަށް ވިދާޅުވިއެވެ. އަދި ވޯޓު ލުމުގެ ހައްގު ނުލިބުނު ކަމުގައި ވިޔަސް ވީވަރަކުން ކޮމެޓީގެ މަޝްވަރާގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އިންތި ވިދާޅުވީ ކޮމެޓީގެ މެންބަރުންގެ އިއުތިރާޒެއް ނެތްކަމުގަ ވަނީ ނަމަ އީވާ އެދިވަޑައިގެންނެވި ގޮތަށް ވޯޓުލުމުގެ ހައްގު ނުލިބޭހެން، އެކަމަކު ޚިޔާލުފުޅު ފާޅު ކުރެއްވޭ ގޮތަށް ކޮމެޓީ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެއްވެސް މެންބަރަކު މިކަމަށް އިއުތިރާޒް ކުރައްވާފައެއް ނުވެއެވެ.

މި ބައްދަލުވުމުގައި އިވާ އިތުރަށް ވިދާޅުވީ، މި ކޮމެޓީގެ މި މަސައްކަތާއި، 241 ކޮމެޓީން ބަލަމުންދާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ މައްސަލައަށް އަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.  އަދި މެއި 17 ގައި މަޖިލީސް ރިސެސްއަށްފަހު އަލުން ފެށެއިރު އެޖެންޑާ ކުރެވޭ ވަރަށް ކޮމެޓީގެ މަސައްކަތް ކުރިއަށް ގެންގޮސްދިނުމަށް އެދިވަޑައިގެންނެވިއެވެ.

މަސްލަހަތު ފުށުއަރާ މެންބަރުން ސަބްކޮމެޓީން ވަކިކުރުން:

ކޮމެޓީ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބް ހުށަހެޅުއްވީ، މި މައްސަލަ ދިރާސާކޮށް، ފެންނަން ހުރި ކަންތައްތަކާ ރިކަމެންޑޭޝަނާ އެކު ކޮމެޓީއަށް ގެނެސްދިނުމަށް ޖޮއިންޓް ކޮމެޓީގެ ސަބްކޮމެޓީއަށް ގެންދިޔުމަށެވެ. އަދި ސަބްކޮމެޓީގައި ތިއްބެވި މަސްލަހަތު ފުށުއަރާ މެންބަރުން ވަކިކުރަން ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ތާއީދު ކުރެއްވިއެވެ.

މަސްލަހަތު ފުށުއަރާ ކަމަށް ވިދާޅުވެ، ކޮމެޓީގެ މެންބަރެއް ކަމަށްވާ، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިންގެ ބަދަލުގައި، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެކޮމެޓީގަ ހިމެނުއްވުމަށް ހަސަން ލަތީފް ހުށަހެޅުއްވިއެވެ. މި ކަމަށް ކޮމެޓީގެ މެންބަރުން ތާއީދު ކުރެއްވިއެވެ.

މަސްލަހަތު ފުށުއެރުމުގެ މައްސަލައިގައި އިންތި ވިދާޅުވީ، އެކަން ބަލާ އެކަމާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

މައުލޫމާތު ބެލޭނީ ހަމައެކަނި ކޮމެޓީގައި:

މި ބައްދަލު ވުމުގައި ހަސަން ލަތީފް ވިދާޅުވީ ސަބްކޮމެޓީން މައްސަލަ ދިރާސާކުރި އިރު ލިބިފައިހުރި ސިއްރު މައުލޫމާތު ބެލޭނީ ހަމައެކަނި ކޮމެޓީގައި ކަމަށާއި، މެންބަރުންނަށް ވެސް އެ މައުލޫމާތު ނުގެންދެވޭ ގޮތަށް ނިންމާފައި ވާކަމަށެވެ. އެހެންކަމުން ހަމަ އެ އުސޫލުން އަމަލުކުރަން ފެނިވަޑައިގަންނަވާކަމަށް ހުށަހެޅުއްވިއެވެ. މިހުށަހެޅުމަށް މެންބަރުން ތާއީދު ކުރެއްވިއެވެ.  

ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ތަހުގީގީ އިދާރާތަކުން ކުރިން އާންމުކުރި ލިސްޓުގައި 267 ބޭފުޅުން ގެ ލިސްޓުގައި، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި, ކުރިއަށްމިދާ 19 ވަނަ މަޖިލީހުގެ މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ އިސްކޮށް ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. ހަމައެއާއެކު ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި, ކުރީ ސަރުކާރުގެ އިސް ބޭފުޅުންނާއި، ފަނޑިޔާރުންނާއި، ސަލާމަތީ ބާރުތަކުގައި ތިއްބެވި އޮފިސަރުންނަށް ވެސް މި ޚިޔާނާތުގެ ފައިސާ ލިބިވަޑައިގަންނަވާފައިވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު