އިޒްރޭލް ހިމާޔަތް ކުރަން އެމެރިކާއިން އެފް-22 ބޯޓުތައް ގަލްފަށް ފޮނުވައިފި
ފޮނުވީ ކިތައް ބޯޓު ކަމެއް، ބޯޓުތައް ބަނދަރުކުރީ ކޮން ގައުމެއްގައި ކަން ހާމަކޮށްފައެއް ނުވެއެވެ.

ޔޫއެސް އެއަރ ފޯސްގެ އެފް-22 ބޯޓެއް
އީރާނުން އިޒްރޭލަށް ދީފާނެ ހަމަލާ އަކުން އިޒްރޭލް ހިމާޔާތް ކޮށްދޭން އިޒްރޭލުގެ އެންމެ ގާތް އެކުވެރިޔާ އެމެރިކާ އިން އެފް-22 ގެ އެންމެ ފަހުގެ ހަނގުރާމަތީ ބޯޓުތައް ބުރާސްފަތި ދުވަހު ގަލްފަށް ފޮނުވައިފިއެވެ.
ބޯޓުތައް ގަލްފަށް ފޮނުވީ އީރާން އާއި އީރާނުގެ ބައިވެރިންގެ ސަބަބުން ސަރަހައްދުގެ މަސްރަހް ގޯސްވެދާނެ ކަމަށް ބަލާފައި ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވެއެވެ. އެހެން ނަމަވެސް ފޮނުވީ ކިތައް ބޯޓު ކަމެއް އަދި ބޯޓުތައް ބަނދަރުކުރީ ކޮން ގައުމެއް ގައި ކަމެއް އެމެރިކާ އިން ހާމަ އެއް ނުކުރެއެވެ.
ގަލްފް ސަރަހައްދަށް އިތުރު ހަނގުރާމަ މަތީ ބޯޓުފަހަރާ މަނަވަރު ފޮނުވުމަށް އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އަންގަވާފައިވާ ކަމަށް މިދިޔަ ހަފްތާގައި ޕެންޓަގަން އިން ބުނެފައިވެއެވެ.




