Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދެބޯގެރި ދުއްވުން

އެމްއެމްޕީއާރުސީ ޚިޔާނާތުން ދެބޯގެރި ދުއްވުން

ރައީސް އަކީ ގައުމަށް ވަފާތެރި އިޚްލާސްތެރި ވެރިއެއް ކަމަށް ބުނެ ސަނާ ކިޔަން ދައުލަތުގެ މުސާރާވެރިން އެމީހުންނަށް އަންނަ އިރުޝާދާ އެއްގޮތަކަށް އަވަސްވެ ގަތަސް މިހާރު މިރާއްޖޭގައި ދެބޯގެރި ދުއްވައިގެން ކަމެއްގެ ވާހަކަ އޮޅުވާލެވިދާނޭ ހީކުރުމީ މޮޔަކަމެވެ.

ރާއްޖެ އެމްވީ | 20 ޖެނުއަރީ 2025 | ހޯމަ 11:30
އެޗްޑީސީ، އެމްއެމްޓީވީ އަދި ޑީއެންއާރުގެ ރޫމެއްގައި ވަގު ފޯމްތަކެއް ފުރަނީ - މިއީ ސަރުކާރުގެ ތެރޭގައި ބޮޑެތި ކަރަޕްޝަންގެ އަމަލުތައް ދަނީ ހިނގަމުން

އެޗްޑީސީ، އެމްއެމްޓީވީ އަދި ޑީއެންއާރުގެ ރޫމެއްގައި ވަގު ފޯމްތަކެއް ފުރަނީ - މިއީ ސަރުކާރުގެ ތެރޭގައި ބޮޑެތި ކަރަޕްޝަންގެ އަމަލުތައް ދަނީ ހިނގަމުން

ހޯމަ ވިލޭރޭ ރައީސް މުއިއްޒުގެ ކުއްލި މަރުހަބާގެ މެސެޖެއް ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފަށް އެކްސް މެދުވެރިކޮށް ފޮނުއްވިއެވެ.

އެ މެސެޖުގައި "އެމްއެމްޕީއާރްސީ ގެ ޚިޔާނާތުގެ ބޮޑު މައްސަލައިގައި ބައެއް ފަރާތްތަކަށް ތަފާތު އިމްތިއާޒްތަކެއް ލިބިދީ އެމީހުންގެ މައްޗަށް އިތުރު ދަޢުވާ ނުކުރުމަށް އެއްބަސްވެ، ކުރީގެ ޕްރޮސިކިއުޓަރ ޖެނެރެލް (ޕީޖީ) ހައްދަވާފައިވާ އެއްބަސްވުންތައް ބާޠިލް ކުރައްވައި އެމީހުންގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލަތައް ތަޙްޤީޤު ކުރައްވައި އެ އޮފީހަށް ފޮނުވުމަށް ކަމާބެހޭ އިދާރާތަކަށް ޕްރޮސިކިއުޓަރ ޖެނެރަލް އެންގެވުމާ ގުޅިގެން މަރުޙަބާ ދަންނަވަން." ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ޕީޖީ އަށް މުއިއްޒުގެ މަރުހަބާގެ މެސެޖް މި އައީ އެމަނިކުފާނު އެ ނިންމެވުން ނިންމަވާ އިއުލާނު ކުރެއްވިތާ މާ ގިނަ އިރެއް ނުވަނީހެވެ. މިކަން ހިނގާފައިވަނީ ކިތަންމެހާވެސް ސީކުއެންސް ރަނގަޅު ކޮށްނެވެ. އެއްބޭފުޅަކު ކަމެއް ނިންމެވީއެވެ. އަނެއް ބޭފުޅަކު އޭގެ ފުލުން ނުވެސް އެނގިވަޑައިގެން ކަމަށް ހައްދަވާ މަރުހަބާ ވިދާޅުވީއެވެ. މިނިވަން ޕީޖީ އަކަށް ރައީސްގެ ނުފޫޒެއް ނޯންނާނެ އެވެ. އެހެން ކަމުން މިއީ މުއިއްޒު ވިދާޅުވެގެން ޕީޖީ ކުރެއްވި ކަމެކޭ ހީކުރާކަށްވެސް ނުވާނެތާއެވެ.

އެކަމަކު ދަނޑިވަޅަކީ ދައުލަތުގެ އޮފީހަކުން ބޮޑު ވައްކަމެއް ހިނގައިގެން އުޅޭ ދަނޑިވަޅެކެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގައި ހުރި ރައްޔިތުންގެ ސިއްރު މައުލޫމާތުތައް ވަގައް ނެގީއެވެ. އެތައް ބައިވަރު ސިއްރު މައުލޫމާތުން ވައްކަން ކޮން ނާޖާއިޒު ފައިދާ ނަގަން ހިންގި މިޚިޔާނާތް ހިނގަމުން ދިޔައީ އެ އޮފީސް ބަލަހައްޓަވަން ހަވާލު ކުރައްވާފައި ހުންނެވި ހޯމް މިނިސްޓަރުގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން "މުއިއްޒު ޕާޓީ" އަށް މީހުން ގިނަ ކޮށް އޭގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ކޮންމެ އަހަރެއްގެ ބަޖެޓުން ގިނަ ފައިސާ ހޯދަން ހިންގާލި ޖަރީމާ އަކީ އެކަމުގެ ތަހުގީގެއް ހިންގަން ޕްރެސެކިއުޓަރ ޖެނެރަލް އަންގަވަން ޖެހޭ ވަރުގެ ކަމަކަށް އޮތީ ނުވެފައެވެ. އަދި އެއީ ކަރަޕްޝަންގެ ތުހުމަތު ތަކުގައި ހަމަހަމަ ކަމާއެކު އެންމެންގެ މައްޗަށް ތަހުގީގު ހިންގަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ މުއިއްޒު އަށް ވެސް އަޅާލަން ޖެހޭ ވަރުގެ ކަމަކަށް ނުވިއެވެ.

ސަރުކާރުގެ ވަޒީރެއް ރައްޔިތުންގެ އަމާނާތަކަށް ބޮޑު ޚިޔާނާތެއް ވި ކަމުގެ ތުހުމަތު ކުރެވުނު އިރު އޭގެ ކުޑަދުވަސް ކޮޅެއް ރައްޔިތުންގެ ބިންތަކަކަކުން ބޮޑެތި ވައްކަންތަކެއް ކުރިކަން އޮތީ ފަޅާ އަރާފައެވެ. އޭގެ ތަންކޮޅެއް ކުރިން އެމްއެމްޓީވީ ނުވަތަ "މުހައްމަދު މުއިއްޒު ޓީވީ" އުފެއްދުމުގައި ރައްޔިތުންގެ ބޭސްފަރުވާ ކުރުމަށް ހުރި ފައިސާކޮޅުން ބޮޑު އަދަދެއް ޗެނެލް ކޮށްލި ވާހަކަ ވެސް އޮތީ ފެންމަތިވެފައެވެ. އެވިދާޅުވާ ކަރަޕްޝަނާ ދެކޮޅަށް ޖިހާދު ކުރެއްވުމުގެ ޒައްރެއްގެ މިންވަރުވެސް ހުރި ނަމަ މުސްކުޅިން ބުނާހެން އައްސި މަތީގައި ބޭސް އެޅީހެވެ. އޭގެ ބަދަލުގައި އެކަންކަން "މޭޒުކޮޅު މައްޗަށް ނާންނަ ކަމަށް" ވިދާޅުވެ އޮއްބާލީއެވެ. ކުރިން ކަންކަން އޮއްބާލި ގޮތައް ޑީއެންއާރުގެ ޚިޔާނަތް އޮއްބާލަން މި ވަގުތު ދެބޯގެރި ދުއްވެން އޮތް ފަސޭހަ ގޮތަކީ އެމްއެމްޕީއާރުސީ ކިތާބު ހުޅުވާލުމެވެ.

މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި އިތުރަށް ވިދާޅުވީ "ޒަމާނުއްސުރެން މިޤައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ވަބާ މިޤައުމުން ނައްތާލެވޭނީ އެފަދަ މައްސަލަތަކުގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ ހުރިހާ ފަރާތަކާމެދުވެސް ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަމަހަމަ ކަމާއެކު ޢަމަލުކުރެވިގެން" ކަމަށެވެ. ވަރަށް ރަނގަޅު ވާހަކައެކެވެ.

ރައީސް ޕީޖީ އަށް ފޮނުއްވި މަރުހަބާގެ މެސެޖަށް އެކްސްގައި އާންމުން ކޮށްފައިވާ ކޮމެންޓުތަކުން މުއިއްޒުގެ މި ނުކުތާ ކިތަންމެ ރަނގަޅަކަށްވެސް ރައްޔިތުންނަށް ވިސްނިއްޖެއެވެ. ކޮމެންޓް ތަކުގައި އެޓޭޗް ކޮށް ހާމަކޮށްފައިވާ ފޮޓޯ އާއެކު މުއިއްޒުގެ އަރިހުގައި ތިއްބެވިތަން ފެންނަނީ އެމްއެމްޕީއަރުސީ ވަޅުން ފެންބެއްލެވި ކަމަށް ބެލޭ ބޮޑެތި ވަޒީރުންނާއި މަޖިލީހުގެ އިއްޒަތްތެރި އަދި މުއިއްޒަށް "ވަފާތެރި" އެތައް މެމްބަރުންނެކެވެ. އާންމުން އެބުނަނީ މިކަން "ކިހާވަރަކުން ދާނެ ބާ؟" އެވެ.

ސަރުކާރުގެ އެންސްޕާ، އެޗްޑީސީ ގެ ފާޅުކަން ބޮޑު ކޮރަޕްޝަން އާއި ޑީއެންއާރުގެ ވައްކަން ވެސް ބަލަން ކޮމެންޓް ކުރި އެތައް ބަޔަކު އެވަނީ ބުނެފައެވެ.

އެހެން މީހަކު ބުނެފައިވަނީ ހަމަހަމަ ކަމުގެ ވާހަކަ ދައްކަން ފުރަތަމަ ބަލަންވީ ނޫމަޑި މައްސަލަ ކަމަށެވެ.

ރައީސް އަކީ ގައުމަށް ވަފާތެރި އިޚްލާސްތެރި ވެރިއެއް ކަމަށް ބުނެ ސަނާ ކިޔަން ދައުލަތުގެ މުސާރާވެރިން އެމީހުންނަށް އަންނަ އިރުޝާދާ އެއްގޮތަކަށް އަވަސްވެ ގަތަސް މިހާރު މިރާއްޖޭގައި ދެބޯގެރި ދުއްވައިގެން ކަމެއްގެ ވާހަކަ އޮޅުވާލެވިދާނޭ ހީކުރުމީ މޮޔަކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗާގޯސް "ދެބޯގެރި" ޗޮކުން!

ޗާގޯސް "ދެބޯގެރި" ޗޮކުން!

28 އެޕްރީލު 2023
ރޯދަ ކުރުކުރަން ދިވެހީންނަށް އެންމެ ކަމުދަނީ މާލެ ވަށާ ދުއްވުން

ރޯދަ ކުރުކުރަން ދިވެހީންނަށް އެންމެ ކަމުދަނީ މާލެ ވަށާ ދުއްވުން

03 އެޕްރީލު 2023
އެމްއެމްޕީއާރުސީގެ ބޮޑު ވައްކަން - ޔާމީން އަޑީގައި ހުންނަވައިގެން ހިންގެވިގޮތުގެ ތަފްސީލް ވ. އާރަށުގެ މައްސަލައިން

އެމްއެމްޕީއާރުސީގެ ބޮޑު ވައްކަން - ޔާމީން އަޑީގައި ހުންނަވައިގެން ހިންގެވިގޮތުގެ ތަފްސީލް ވ. އާރަށުގެ މައްސަލައިން

15 އޯގަސްޓު 2022
މަރުތަކަށް އިންސާފު ހޯދުމާއި އެމްއެމްޕީއާރުސީގެ ޚިޔާނާތް: ހަމައެކަނި ހުސް ވާހަކަތަކަކަށް ވަނީބާ؟

މަރުތަކަށް އިންސާފު ހޯދުމާއި އެމްއެމްޕީއާރުސީގެ ޚިޔާނާތް: ހަމައެކަނި ހުސް ވާހަކަތަކަކަށް ވަނީބާ؟

01 ޖެނުއަރީ 2022
އެމްއެމްޕީއާރުސީ ހިޔާނާތުގައި 19 ވަނަ މަޖިލީހުގެ އެމްޑީޕީ މެމްބަރެއްގެ އިސް ދައުރު؟

އެމްއެމްޕީއާރުސީ ހިޔާނާތުގައި 19 ވަނަ މަޖިލީހުގެ އެމްޑީޕީ މެމްބަރެއްގެ އިސް ދައުރު؟

19 ޖުލައި 2020

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު