Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކުޑަކުދިން ޕޮޒިޓިވްވުން

ކުދިންނަށް ދޭނެ ވެކްސިނެއް ނެތް، ކުޑަކުދިންނަށް އިތުރަށް ސަމާލުވޭ!

8 މެއި 2021 | ހޮނިހިރު 14:09

ހަތަރު ވަނަ ރާޅާއެކު 70 ނުވަތަ 80 ކުދިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 8 މެއި 2021 | ހޮނިހިރު 14:09
ހަވީރުގެ ވަގުތުގައި އުސްފަސްގަނޑު ސަރަހައްދަށް ގިނައަދަދެއްގެ ކުޑަކުދިން މިހާރުވެސް ގޮސްއުޅޭ

ހަވީރުގެ ވަގުތުގައި އުސްފަސްގަނޑު ސަރަހައްދަށް ގިނައަދަދެއްގެ ކުޑަކުދިން މިހާރުވެސް ގޮސްއުޅޭ

ކޮވިޑް-19ގެ އާލަމީ ވަބާގައި ރާއްޖެ މިހާރު އޮތީ ދުވަހަކު ވެސް ނުދާފަދަ ނުރައްކާތެރި ހާލަތެއްގައެވެ. ހަތަރުވަނަ ރާޅާއެކު ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ދުވަހަކު ވެސް ދަނީ ޕޮޒިޓިވްވަމުންނެވެ.

ވަކި އުމުރުފުރައެއް ނެތެއެވެ. ހުރިހާ އުމުރުފުރައެއްގެ މީހުން ބައްޔަށް ހުށަހެޅެމުންދާއިރު، އެންމެ ގިނައިން މިހާރު ޕޮޒިޓިވް ވަމުންދަނީ އަޅުގަނޑުމެންގެ ތުއްތު ކުދިންނެވެ. މީގެ ތެރޭގައި 10 އަހަރުން ދަށުގެ ކުދިންނާއި އެއްއަހަރުން ދަށުގެ ކުދިން ހިމެނެއެވެ.

ޕީޑިއޮޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވާ ގޮތުގައި ހަތަރު ވަނަ ރާޅާއެކު 70 ނުވަތަ 80 ކުދިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވް ވަމުންދެއެވެ. ކުޑަކުދިން ސީރިއަސްވުމުގެ ފުރުސަތު ދަށްކަމުގައި ވިޔަސް ސީރިއަސް ނުވާނެ ކަމަށް ނުބެލެވޭނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވެފައިވެއެވެ. އަދި ނަންބަރުތައް އިތުރުވަމުންދާތީ ދަރިންގެ ރައްކާތެރިކަމަށްޓަކައި ވެސް ގޭގައި މަޑު ކުރުމަށް ޑރ.ނަޒްލާ އާދޭހާއެކު އިލްތިމާސް ކުރައްވާފައިވެއެވެ.

ޕޮޒިޓިވްވާ ކުޑަކުދިންގެ އަދަދު އިތުރުވަމުންދާއިރު، ކޮވިޑުން ދިފާއުވުމަށް ކުދިންނަށް ދިނުމުގެ ހުއްދަ ހަމައެކަނި ލިބިފައި ވަނީ އެމެރިކާގެ ފައިޒާ ވެކްސިނަށެވެ. ނަމަވެސް އެއީ 15 އަހަރު މަތީގެ ކުދިންނަށެވެ. ރާއްޖޭގައި ވެސް މި ވެކްސިން ޖެހުމަށް ހުއްދަ ދީފައި ވަނީ ދާއިމީ ބައްޔެއް ހުންނަ، 16 އަހަރު މަތީގެ ހައި ރިސްކު ކުދިންނަށް އެކަންޏެވެ. އެހެންކަމުން މިއީ ވެސް ކުޑަކުދިންނަށް އިތުރަށް ބަލަންޖެހޭ ސަބަބެއް ނޫންތޯއެވެ.

ކޭސްތައް އިތުރުވެގެން ދިއުމާއެކު ކޮންޓްރޯލް ކުރުމުގެ ގޮތުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން ސްކޫލުތައް ބަންދުކޮށްފާއިރު، ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވެއެވެ. ޕާކުތަކާއި މައިދާންތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި މުބާރާތްތައް ހުއްޓުވާފައިވާއިރު، ދުވާ ޓްރެކް އަދި ސްވިމިން ޓްރެކް ވެސް ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން ރޭގަނޑު 9:00ން ފަތިހު 4:00ށް ދަނީ ކާފިއު ހިންގަމުންނެވެ.

ހަރުކަށި ފިޔަވަޅުތަކާއެކު އަދިވެސް މާލޭސިޓީގެ މަގުމަތިން މީހުން މަދެއް ނުވެއެވެ. ކުދިން ގޮވައިގެން ހަވީރު މަގުމައްޗަށް ނުކުންނަ މީހުން ވަރަށް ގިނައެވެ. މާލޭސިޓީއަށް ބަލާއިރު، އާޓިފިޝަލް ބީޗާއި، ރަސްފަންނުގެ އިތުރުން އުސްފަސްގަނޑުގައި ކުދިންތައް ގިނައެވެ. ތަފާތު އެކި ކުޅިވަރުތައް ކުޅުމުގައެވެ. މީގެ އިތުރުން ދަރިން ގޮވައިގެން ފިނިބުރު ޖަހަން ނުކުންނަ ބެލެނިވެރިން ވެސް ވަކި މަދެއް ނޫނެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މަސައްކަތް ކުރައްވާ ބައެއް ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ޕޮޒިޓިވްވާ ގިނަ ކުދިންނަކީ ބޭރަށް ނުކުމެގެން ބައްޔަށް ހުށަހެޅޭ ކުދިންނެއް ނޫނެއެވެ. ގިނަ ފަހަރު ޕޮޒިޓިވްވެފައިވަނީ އިވެންޓަކަށް ދިއުމާއި ގުޅިގެން ނުވަތަ ގޭގައި ދިރިއުޅޭ އެހެން މީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

މިއާ ޚިލާފަށް ކުދިންގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއްދީގެން ފިޔަވަޅުތައް އަޅާ ބެލެނިވެރިން ވަކި މަދެއް ނުވާނެއެވެ. އެކުދިންނަށް ގޭގައި ފުރިހަމަ ރައްކާތެރިކަން ދޭން ބޭނުންވާނަމަ އެގެއެއްގައި ދިރިއުޅޭ އެހެން މީހުން ވެސް މިކަންކަމަށް ސަމާލުކަން ދޭން ޖެހެއެވެ. ކޮންމެހެން ބޭރަށް ނުކުނަން ޖެހިގެން މެނުވީ ނުނިކުތުމަށް އިސްކަން ދޭން ޖެހެއެވެ. ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯލަބަން ޖެހެއެވެ. ކޮންމެ ގެއެއްގައި ވެސް ދިރިއުޅޭ ކުއްޖަކީ އެގެއެއްގެ އެންމެނާއި ގުޅިފައިވާ ކުއްޖަކަށްވާއިރު އެކުއްޖާގެ ރައްކާތެރިކަމަށް ޑރ.ނަޒްލާ އެވިދާޅުވިހެން މިހާރަށް ވުރެ ބޮޑަށް ސަމާލުވާށެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

12 އެޕްރީލު 2017
"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"
24 މާރިޗު 2017

ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

24 މާރިޗު 2017
ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ
07 މާރިޗު 2017

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް
18 ފެބުރުއަރީ 2017

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017
ސިޔާސަތެއް ނެތް ވެރިކަން!
13 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!

13 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!
10 ފެބުރުއަރީ 2017

ނިމުމެއް ނެތް އަޅުވެތިކަން

10 ފެބުރުއަރީ 2017
ނިމުމެއް ނެތް އަޅުވެތިކަން
29 ޖެނުއަރީ 2017

މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!

29 ޖެނުއަރީ 2017
މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!
24 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!

24 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
10 ޖެނުއަރީ 2017

ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!

10 ޖެނުއަރީ 2017
ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް