Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާ

އެންމެންގެ ބޮޑު ސުވާލު: ހަމަލާގެ ހިލަމެއް އިންޓަލްއަށް ނުވަނީ؟

އެސެސްމަންޓްތަކަށް ބަލާއިރު ރައީސް ނަޝީދަކީ އެންމެ ހައި ރިސްކު ބޭފުޅާ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 8 މެއި 2021 | ހޮނިހިރު 08:35
ރައީސް ނަޝީދަށް ހަމަލާދިން ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

ރައީސް ނަޝީދަށް ހަމަލާދިން ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބުރާސްފަތި ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއާއެކު ގިނަ ބަޔެއްގެ ހިތުގައި އުފެދުނު ސުވާލަކީ އެހާ ހައި ސެކިޔުރިޓީ ބޭފުޅަކަށް އެފަދަ ހަމަލާއެއް އަމާޒުވިއިރު އެކަން އިންޓަލް އަށް ހަމަ ނޭނގެނީ ތޯއެވެ. ރޭގަނޑު ކާރުބާރު ބޮޑު ގަޑިއެއްގައި މަޖީދީމަގުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ގޮއްވާލިއިރު އެކަމުގެ ކުޑަނަމަވެސް ހިލަމެއް ފުލުހުންނާއި އެމަނިކުފާނުގެ ސަލާމަތީ ކަންކަން ބަލަހައްޓަވާ ފަރާތްތަކަށް ހަމަނުވަނީތޯއެވެ. މިހަމަލާގައި ރައީސް ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް ފަސް މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. ނަމަވެސް އެންމެ ބޮޑެތި އަނިޔާތައް ލިބިވަޑައިގެންނަވާފައިވަނީ މިހަމަލާ އަމާޒުކުރި ރައީސް ނަޝީދަށެވެ. ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް އޭޑީކޭގައި އައިސީޔޫގައި މިހާރުވެސް އެމަނިކުފާނު އޮންނެވިއިރު 16 ގަޑިއިރަށް ދިގުދެމިގެންދިޔަ ހަތަރު ސަރޖަރީއެއް ވަނީ ކޮށްފައެވެ.

ހަމަލާ ދިންތާ ފުރަތަމަ 24 ގަޑިއިރު ތެރޭގައި ހަމަލާ އާއި ގުޅޭގޮތުން ހާމަކުރެވެން ހުރި ތަފްސީލުތައް ކަމަށް ބުނެ ފުލުހުންނާއި އެމްއެންޑީއެފުން ވަނީ ނޫސްވެރިންނާ ބައްދަލުކޮށްފައެވެ. ވަކިވަކިން ކުރިޔަށް ގެންދިޔަ މި ދެ ބައްދަލުވުމުގައިވެސް އެންމެ ބޮޑު ސުވާލަކަށް ނޫސްވެރިން އަމާޒުކުރި ސުވާލަކީ މިފަދަ ހަމަލާއެއް ބަޔަކު ރާވާ ހިންގަމުން އަންނަކަމުގެ ކުޑަނަމަވެސް އިޝާރާތެއް، އިންޓަލިޖެންސް މައުލޫމާތެއް ކަމާބެހޭ ފަރާތްތަކަށް ނުވަނީތޯއެވެ. އެކަމުގައި ފެއިލްވެފައިވާ ކަމަށް ގަބޫލުކުރައްވަންތޯއެވެ.

ހުކުރު ދުވަހު މެންދުރު ފަހު އެންމެ ފުރަތަމަ ނޫސްވެރިންނާ ބައްދަލުކުރީ ފުލުހުންނެވެ. ފުލުހުންގެ ފަރާތުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ނޫސްވެރިންނާ ބައްދަލުކުރެއްވިއިރު އެ ބައްދަލުވުމުގައި ނޫސްވެރިން އެންމެ ފުރަތަމަވެސް ކުރި ސުވާލަކީވެސް ހަމަލާއާ ގުޅޭ އިންޓަލް ލިބިފައިވޭތޯއެވެ.

އެސުވާލުގެ ޖަވާބު ދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ހަމަލާއާ ގުޅިގެން ބުރާސްފަތި ދުވަހުގެ ރޭ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއް ބާއްވާ މިހަމަލާގެ އިންޓަލިޖެންސް މައުލޫމާތު ލިބިފައިވޭތޯ މަޝްވަރާކުރެވިފައިވާކަމަށެވެ. ހަމަލައާ ގުޅޭ އިންޓަލިޖެންސް މައުލޫމާތު ލިބިފައިނުވާކަމަށް ހަމީދު ވިދާޅުވިއެވެ.

މިއާއެކު ދެން އުފެދޭ ސުވާލަކީ ރާއްޖޭގައި ގާއިމުވެފައިވާ މިފަދަ އިދާރާތަކުގެ މަސައްކަތް އެދެވޭ ގޮތުގައި ކުރިޔަށް ނުދަނީތޯއެވެ. އެފަދަ މައުލޫމާތު އެއްގޮތަކަށްވެސް ހަމަ ފުލުހުންނަށް ނުލިބެނީތޯއެވެ.

އެސުވާލުގެ ޖަވާބުގައި ހަމީދު ވިދާޅުވީ އިންޓަލިޖެންސްގެ ކަންކަން ކޮންމެ ދުވަހަކުވެސް ކުރިޔަށްދާ ކަމަށެވެ.

ދެން އުފެދޭ ސުވާލަކީ މި ހަމަލާގެ އިންޓަލް މައުލޫމާތު ލިބިފައިނުވުމަކީ ފުލުހުންގެ އިދާރާގެ ފެއިލިއަރ އެއްކަމަށް އެމުއައްސަސާގެ ވެރިން ގަބޫލުކުރައްވާތޯ އެވެ. އެސުވާލުގެ ޖަވާބުގައި ހަމީދު ވިދާޅުވީ މީގެކުރިންވެސް އިންޓަލް މައުލޫމާތު ލިބިގެން މިފަދަ އެތައް ކަމެއް ހުއްޓުވާފައި ހުންނާނެކަމަށާއި މަސްއޫލިއްޔަތު އަދާނުކުރެވޭކަމަށް ކަނޑައަޅާނީ އިންކުއަރީއަކުން ބެލުމަށްފަހު ކަމަށެވެ.

ދެން ނޫސްވެރިންނާ ބައްދަލުކުރީ އެމްއެންޑީއެފުންނެވެ. ހުކުރު ދުވަހުގެ ރޭ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދު ﷲ ޝަމާލް، އެމްއެންޑީއެފްގެ އިންޓަލިޖެންސްގެ ވެރިޔާ، ވައިސް ޗީފް އަބްދުއްރަހީމް އަބްދުލް ލަތީފް އަދި އެންސީޓީސީގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ. މިބައްދަލުވުމުގައިވެސް ނޫސްވެރިންގެ އެންމެ އާންމު ސުވާލަކަށްވީ އިންޓަލް އާ ގުޅުންހުރި މައުލޫމާތު ސިފައިންނަށް ލިބިފައިވޭތޯއެވެ. ރައީސް ނަޝީދުގެ ސެކިޔުރިޓީގެ ކަންކަން ބަލަހައްޓަވަމުން ގެންދަވަނީ އެމްއެންޑީއެފުންނެވެ. އެހެންކަމަށްވާނަމަ އެމަނިކުފާނުގެ ސަލާމަތާއި ގުޅުންހުރި އިންޓަލް މައުލޫމާތު އެމްއެންޑީއެފަށް ލިބިފައި އޮންނަންޖެހެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދު ﷲ ޝަމާލް ވިދާޅުވީ ރައީސް ނަޝީދަކީ ގައުމީ ދިފާއީ ބާރުގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް(އެސްޕީޖީ) އާއި ޑިފެންސް އިންޓަލިޖެންސް ގްރޫޕާއެކު ހަދާފައިވާ އެސެސްމަންޓްތަކުގައި ސެކިޔުރިޓީ ލެވެލް އެންމެ ހައި ބޭފުޅާކަމަށެވެ. އެއީ އެންމެ ހައި ރިސްކު ބޭފުޅާ ކަމަށްވުމުން ރައީސް ނަޝީދަށް ސެކިޔުރިޓީ އަރުވަނީ ގައުމުގައި ދެން ތިއްބެވި އެހެން ވެރިންނަށްވުރެވެސް މަތީ ދަރަޖައިގެ ކަމަށެވެ.

ރާއްޖޭގައި އެންމެ މަތީ ސެކިޔުރިޓީ އަރުވާ ބޭފުޅާއަށް އަމާޒުކޮށް މިފަދަ ހަމަލާއެއް ރޭވިކަމުގެ އެއްވެސް އިޝާރާތެއް ލިބިފައިވޭތޯ ކުރެވުނު ސުވާލުގައި ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ އިންޓަލިޖެންސް މައުލޫމާތު އަބަދުވެސް ލިބޭ ކަމަށެވެ. އަދި އެމައުލޫމާތާ އެއްގޮތަށް ސެކިޔުރިޓީ ޓީމު ފުޅާކުރެވި އިތުރަށް ކުރަންޖެހޭ މަސައްކަތްތައް ކުރާކަމަށެވެ.

އެހާދިސާއާ ގުޅޭ މައުލޫމާތު ސީދާ ނުލިބޭކަމަށް ވިދާޅުވެ މީގެކުރިން ލިބިފައި ހުރި މިފަދަ މައުލޫމާތުތަކަށް ބިނާކޮށް ކަންކަން ހުއްޓުވާފައި ހުންނާނެކަމަށް އެމްއެންޑީއެފްގެ އިންޓަލިޖެންސްގެ ވެރިޔާ ވައިސް ޗީފް އަބްދުއްރަހީމް އަބްދުލް ލަތީފްވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ސެކިޔުރިޓީއާ ގުޅޭ ގޮތުން ލިބިފައި ހުރި އިންޓަލް މައުލޫމާތަށް ބިނާކޮށް 24 ގަޑިއިރު އެމަނިކުފާނުގެ ސެކިޔުރިޓީ ކަންކަން އަންނަނީ ބަލަހައްޓަމުން ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި އެކަން ކުރަމުންދަނީ ހަތިޔާރާއެކު ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެހުރިހާ ސެކިޔުރިޓީ އާއި އެހުރިހާ އެސެސްމަންޓް ތަކާއެކުވެސް އިންޓަލް އަށް މިހަމަލާ އާ ގުޅޭ މައުލޫމާތު މިވަނީ ނުލިބިއެވެ. އެކަމާއި ގުޅޭ ދެ މުއައްސަސާގެ ވެރިން ވަނީ އިންޓެލް ފެއިލްވެފައިވާކަން ގަބޫލުކުރެއްވުމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެކޮޅު ހައްދަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ

!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ

26 މާރިޗު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު