Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގްލޯބަލް ސިޓިޒަން އެވޯޑު

ރައީސް ނަޝީދު ގްލޯބަލް ސިޓިޒަން އެވޯޑު ހާސިލު ކުރެއްވުމުން ދަ ޑިމޮކްރަޓްސް އިން ހޫނު މަރުހަބާ ކިޔައިފި

ރައީސް ނަޝީދުގެ ފާހަގަކޮށްލެވޭ މަސައްކަތްޕުޅު ތަކަށް ބައިނަލްއަޤްވާމީ ގިނަ އެވޯޑުތަކާއި ޝަރަފުތައް ހާސިލު ކުރައްވާފައިވާކަން ފާހަގަ ކުރެވޭ

ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2024 | ހުކުރު 05:23
ރައީސް ނަޝީދު، ގްލޯބަލް ސިޓިޒަންޝިޕް އެވޯޑް އާ އެކު

ރައީސް ނަޝީދު، ގްލޯބަލް ސިޓިޒަންޝިޕް އެވޯޑް އާ އެކު

"ހެންލީ އެންޑް ޕާޓްނާސް ގްލޯބަލް ސިޓިޒަން އެވޯޑު" ރައީސް މުޙައްމަދު ނަޝީދަށް ހޯއްދެވުމުން ދަ ޑިމޮކްރެޓްސް އިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ޝަރަފުވެރި އެވޯޑަކީ "ދުނިޔޭގެ މުޖުތަމަޢު ރަނގަޅުކުރުމަށް އާދަޔާ ޚިލާފު ޙިއްސާއެއް ދީފައިވާ ދުނިޔޭގެ ރައްޔިތަކަށް" ދެވޭ އެވޯޑެއް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދުގެ ފާހަގަކޮށްލެވޭ މަސައްކަތްޕުޅު ތަކަށް ބައިނަލްއަޤްވާމީ ގިނަ އެވޯޑުތަކާއި ޝަރަފުތައް ހާސިލު ކުރައްވާފައިވާކަން ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

"މިކަމުން އެމަނިކުފާނަކީ އިންސާނީ ޙައްޤުތައް ދިފާޢުކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަސައްކަތްކުރެއްވުމުގައި ދުނިޔޭގެ ލީޑަރެއްކަން ހާމަވެގެންދެއެވެ."

ރައީސް ނަޝީދަކީ ޓައިމް މަޖައްލާއިން "ތިމާވެށީގެ ބަޠަލުން" ގެ ގޮތުގައި ފާހަގަކޮށްފައިވާ ބޭފުޅެކެވެ. މިކަމުން އެމަނިކުފާނު ތިމާވެށީގެ މައްސަލަތަކަށް ކުރީއްސުރެ ދެއްވާފައިވާ އަހައްމިއްޔަތު ފާހަގަކުރެވޭ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފައިވެއެވެ.

ފޮރިން ޕޮލިސީ މަޖައްލާއިން އެމަނިކުފާނު ހިމަނުއްވާފައިވަނީ އެންމެ މަތީ ދަރަޖައިގެ ދުނިޔޭގެ ވިސްނުންތެރިންގެ ލިސްޓުގައެވެ. މިކަމުން ދުނިޔޭގެ މައިދާނުގައި އެމަނިކުފާނުގެ ނުފޫޒު އިތުރުވަމުންދާކަން ހާމަވެގެންދާ ކަމަށާއި ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ އދ.ގެ "ޗެމްޕިއަންސް އޮފް ދި އާރތު" އެވޯޑުން އެމަނިކުފާނަކީ "މޫސުމަށް އަންނަ ބަދަލުތަކުގެ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ނާޒުކު އަދި ފަގީރުންގެ އަޑުއުފުލައިދޭ އަޑެއް" ކަމުގައި ފާހަގަކުރެވިފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އިންސާނީ ޙައްޤުތަކަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުތަކާއި ސުލްހަވެރި ހަރަކާތުގެ ސަބަބުން އެމަނިކުފާނަށް "އަންނާ ލިންޑް މެމޯރިއަލް ފަންޑް ހިއުމަން ރައިޓްސް ޕްރައިޒް" ލިބިވަޑައިގެންފައިވެއެވެ. އެމަނިކުފާނު ސުލްހައަށް ވަކާލާތުކުރެއްވުމާއި އިޖްތިމާޢީ ބަދަލު ގެނައުމަށް ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން "ޖޭމްސް ލޯސަން އެވޯޑު" ލިބިވަޑައިގަނެފައިވާކަން ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

"މިއަދު ލިބިވަޑައިގެންފައިވާ އެވޯޑަކީ އެމަނިކުފާނު ހުއްޓުމެއް ނެތި ދުނިޔޭގެ މައްސަލަތަކުގައި ކުރީ ސަފުގައި ކުރައްވަމުން ގެންދަވަ މަސައްކަތްޕުޅާއި، ލީޑަރޝިޕްގެ ހެއްކެއް،" ކަމަށްވެސް ބަޔާނުގައި ވެއެވެ. ރައީސް ނަޝީދު ދިވެހިރާއްޖެ އަށާއި ބައިނަލްއަގްވާމީ މުޖުތަމަޢުއަށް ކޮށްދެއްވާފައިވާ ޚިދުމަތައްޓަކައި ދަ ޑިމޮކްރެޓްސް އިން ވަނީ ޝުކުރު އަދާކޮށްފައެވެ. 

މި އެންމެ ފަހުގެ ކާމިޔާބީ ފާހަގަކުރާއިރު، އަޅުގަނޑުމެން ބަލަނީ ރައީސް ނަޝީދުގެ ކުރިމަގުގެ ޚިދުމަތްތަކަށް ކަމަށާއި، އެމަނިކުފާނުގެ ދެމެހެއްޓެނިވި ލީޑަރޝިޕް ގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރަށް ވިލުންވެރި އަދި ހަމަހަމަ މުޖުތަމަޢުތަކެއް އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރައްވާނެކަމާމެދު އަޅުގަނޑުމެން ޝައްކެއް ނުކުރާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

"ހެންލީ އެންޑް ޕާޓްނާސް ގްލޯބަލް ސިޓިޒަން އެވޯޑު" ރައީސް ނަޝީދަށް އެރުވީ ސިންގަޕޫރުގައި ބުރާސްފަތި ދުވަހު ބޭއްވި ޚާއްސަ ހަފްލާ އެއްގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު