Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައިސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާ

ރައީސް ނަޝީދަށް ހަމަލާދިން ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެމްނެސްޓީން ގޮވާލައިފި

ރައީސް ނަޝީދަށް އޭޑީކޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 މެއި 2021 | ހޮނިހިރު 03:04
ރައީސް ނަޝީދަށް ހަމަލާދިން ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

ރައީސް ނަޝީދަށް ހަމަލާދިން ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ވީއެންމެ އަވަހަކަށް ތަހުގީގުކޮށް މިކަމުގައި ޝާމިލްވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެމްނެސްޓީ އިންޓަރނޭޝަނަލް ސައުތު އޭޝިޔާ އިން ގޮވާލައިފިއެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލްގެ ސައުތު އޭޝިޔާ ސަރަހައްދު އޮފީހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރާއްޖޭގެ ރައްޔިތުން މިފަދަ އަނިޔާވެރި އަމަލުތަކާއި ހަމަނުޖެހުންތަކުން ސަލާމަތްކޮށް ރައްކާތެރިކުރުމަކީ ދިވެހި ސަރުކާރުގެ ވާޖިބެއްކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި އެއްޗެއް ގޮއްވާލި ހާދިސާގައި ރައީސް ނަޝީދުގެ އިތުރުން ހަތަރު މީހަކަށް އެކި އަނިޔާ ލިބިފައިވާކަމަށް ބުނެފައިވެއެވެ. ކަމާގުޅޭ އިދާރާތަކުން ވީއެންމެ އަވަހަށް މިކަން ތަހުގީގުކޮށް މިކަމުގައި ޝާމިލްވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވަނީ ގޮވާލާފައެވެ.

Advertisement - newsAdvertisement

މީގެއިތުރުން މިދިޔަ ހަފްތާގައި މޭޑޭ އާ ދިމާކޮށް މަސައްކަތުގެ މާހައުލުގައި ލިބޭ ޖިންސީ ފުރައްސާރަ އާ ދެކޮޅަށް ކުރި މުޒާހަރާގައި ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައިވާކަމަށްވެސް އެމްނެސްޓީން ވަނީ ބުނެފައެވެ. އަދި ސުލްހަވެރިކަމާއެކު ކުރާ މިފަދަ މުޒާހަރާތަކުގައި ބާރުގެ ބޭނުންކޮށްގެން ނުވާނެކަމަށާއި މުޒާހަރާކުރުމުގެ ހައްގުގެ ބޭނުންކޮށްގެން އެމީހުންނަށް އަނިޔާދީ ހައްޔަރުކޮށްގެން ނުވާނެކަމަށް ވަނީ ބުނެފައެވެ.

ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އޭޑީކޭ ހޮސްޕިޓަލްގައި އެ މަނިކުފާނުގެ ގިނަ ސާޖަރީތަކެއް ހެދުމަށް ފަހު މިހާރު ފަރުވާދެމުން ގެންދަނީ އައިސީޔޫގައެވެ. ނަޝީދުގެ ފުއްޕާމެޔާއި ފުރަމޭ އަދި ބަނޑުފުޅަށް ވެސް ވަނީ ގެއްލުންތައްވެފައިވާ ކަމަށް އޭޑީކޭއިން ބުނެއެވެ. އައިއީޑީ ގޮވުމުގައި ބުރައިގެން ދިޔަ ގިނަ އަދަދެއްގެ ޝާޕްނަލް އެ މަނިކުފާނުގެ ހަށިކޮޅަށް ވަދެފައިވާތީ އެ އެއްޗިހި ނެގުމަށް ގިނަ ސާޖަރީތަކެއް ހެދި އިރު، އެކަމަށް 16 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވިއެވެ.

މިހަމަލާ އާ ގުޅިގެން 4 މީހަކު ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް މިހާތަނަށް އައިއިރު އެއްވެސް މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ. މިކަމާއި ގުޅިގެން ބަންޑާރަކޮށީގައި ބޭއްވި މީޑިއާ ބްރީފިން ގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ނަޝީދަށް ހަމަލާދީފައި ވަނީ އިމްޕްރޮވައިސްޑް އެކްސްޕްްލޮސިވް ޑިވަައިސް (އައިއީޑީ) އަކުން ކަމަށާއި ގޮއްވާލާފައި ވަނީ ވަރަށް ބާރުގަދަ އެއްޗެއްކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު