Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސުޕަ ލީގު ކުލަބުތައް ޖޫރިމަނާކުރުން

ސުޕަ ލީގުން ވަކިވި ކުލަބުތަކަށް ޖޫރިމަނާއެއް

8 މެއި 2021 | ހޮނިހިރު 00:34

މިހާތަނަށް ނުވަ ކުލަބެއް ވަނީ ޔޫރަޕިއަން ސުޕަ ލީގުން ވަކިވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 8 މެއި 2021 | ހޮނިހިރު 00:34
ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން

ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން

ދާދި ފަހުން ޔޫރަޕުގެ ނަން މަޝްހޫރު ކުލަބުތެއް ގުޅިގެން އުފެއްދި ޔޫރަޕިއަން ސުޕަ ލީގުން ވަކިވި ކުލަބުތައް ސަސްޕެންޑްކުރުމުގެ ބަދަލުގައި، ޖޫރިމަނާކުރަން ޔުއެފާއިން ނިންމައިފިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ސުޕަ ލީގު އިއުލާންކުރީ ފައުންޑާ 12 ކުލަބަކާއެކުއެވެ. އޭގެ ތެރޭގައި ހިމެނުނީ އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި، ލިވަޕޫލާއި، ޗެލްސީ އާއި، މެންޗެސްޓާ ސިޓީ އާއި، އާސެނަލް އަދި ޓޮޓެންހަމް ހޮޓްސްފާ އާއި، ސްޕެނިޝް ލީގުގެ ރެއާލް މެޑްރިޑާއި، ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑުގެ އިތުރުން އިޓާލިއަން ލީގުގެ އިންޓަ މިލާނާއި، އޭސީ މިލާން އަދި ޔުވެންޓަސްއެވެ.

ސުޕަ ލީގު އިއުލާންކުރީ ޔުއެފާ އާއި ފީފާއިން އެކަމާ ދެކޮޅަށް ތަކުރާރުކޮށް އިންޒާރު ދެމުން އަންނަނިކޮށެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހު ފީފާއިން ވަނީ ސުޕަ ލީގުގައި ބައިވެރިވާ ކޮންމެ ކުލަބެއް އަދި ކޮންމެ ކުޅުންތެރިއަކުވެސް ފީފާއިން ނޫނީ އެހެން ފެޑެރޭޝަންތަކުން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ބައިވެރިނުވެވޭނެ ކަމަށް ބުނެ އިންޒާރެއް ދީފައެވެ. އެކަމަކު އެ އިންޒާރުތަކަށް ބެލުމެއް ނެތި ސުޕަ ލީގު ތައާރަފުކުރިއިރު، އެ މުބާރާތުގައި ކުޅޭ ކުޅުންތެރިންނަށް ގައުމީ ޓީމުގެ މެޗުތަކުގައި ނުކުޅެވޭނެ ކަމަށް ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިންވެސް ވަނީ ވިދާޅުވެފައެވެ.

ސުޕަ ލީގާއެކު ފުޓްބޯޅަ ސަޕޯޓަރުން ނުރުހުން ފާޅުކުރަން ފެށުމާ ގުޅިގެން، އެ ލީގުގައި ހިމެނުނު އިނގިރޭސި ހަ ކުލަބުންވެސް ވަނީ އެ މުބާރާތުން ވަކިވިކަން ރަސްމީކޮށް އިއުލާންކޮށްފައެވެ. ދެން އެ މުބާރާތުން ވަކިވެފައިވަނީ އިންޓަ އާއި މިލާނުގެ އިތުރުން ސްޕެއިނުގެ އެތުލެޓިކޯއެވެ. އެހެންކަމުން މި ވަގުތު ސުޕަ ލީގުން ވަކިނުވެ އޮތް ތިން ކުލަބަކީ ރެއާލާއި، ބާސާ އަދި ޔުވެންޓަސްއެވެ.

ސުޕަ ލީގުގައި ބައިވެރިވި ހުރިހާ ކުލަބުތަކަށް ބޮޑެތި އަދަބުތަކެއް އަންނާނެ ކަމަށް މީގެ ކުރިން ބެލެވުނު ނަމަވެސް، ހުކުރު ދުވަހުގެރޭ ޔުއެފާއިން ވަނީ އެ ލީގުން ވަކިވި ކުލަބުތައް ސަސްޕެންޑްކުރުމުގެ ބަދަލުގައި، ޖޫރިމަނާކުރަން ނިންމިކަން ހާމަކޮށްފައެވެ. އެގޮތުން ސުޕަ ލީގުން ވަކިވި ކުލަބުތަކުން 15 މިލިޔަން ޕައުންޑް އެއްކޮށް ޔުއެފާގެ ގްރާސްރޫޓް ޕްރޮގްރާމަށް ފަންޑުކުރަން އެންގުމާއި، އެއް ސީޒަން ވަންދެން އެ ކުލަބުތަކަށް ލިބޭ ފައިސާގެ ފަސް އިންސައްތަ ޔުއެފާއަށް ނެގުމުގެ އިތުރުން، ކުރިއަށް އޮތްތަނުގައި ސުޕަ ލީގު ފަދަ ޔުއެފާގެ އުސޫލާ ޚިލާފު މުބާރާތެއްގައި ބައިވެރިވެއްޖެނަމަ 100 މިލިޔަން ޕައުންޑުގެ ޖޫރިމަނާއެއް ދައްކަން އެއްބަސްވުމާއި، ޔުއެފާގެ އެ ނޫން ވެސް އެހެން ކޮންމެ އުސޫލަކާ ޚިލާފުވެއްޖެނަމަ އެ ކުލަބެއް 50 މިލިޔަން ޕައުންޑްގެ ޖޫރިމަނާކުރަން ވަނީ ނިންމާފައެވެ.

ސުޕަ ލީގުގައި މި ވަގުތު އޮތް ތިން ކުލަބަށް އެ ލީގުން ވަކިވާން ރަސްމީކޮށް ވަކި މުހުލަތެއް ދޭން ޔުއެފާއިން ވަރަށް އަވަހަށް ނިންމާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެ ތިން ކުލަބުން އެ ގޮތަށް އަމަލުނުކޮށްފިނަމަ، ޔޫރަޕުގެ މުބާރާތްތަކުން އެ ކުލަބުތައް ދެ އަހަރަށް ސަސްޕެންޑްކުރަން ނިންމާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ސުޕަ ލީގުގައިބ ހިމެނުނު ނުވަ ކުލަބެއް މުބާރާތުން ވަކިވުމާއެކު އެ ލީގު ހުއްޓުމަކަށް އައިސްފައިވީ ނަމަވެސް، މީގެ ކުރިން ސުޕަ ލީގުން ނެރުނު ބަޔާނެއްގައި ވަނީ ސުޕަ ލީގުގެ މަސައްކަތް އެއްކޮށް ހުއްޓާނުލާނެ ކަމަށާއި، އެގޮތުން މުބާރާތުގެ ފޯމެޓަށް ގެނެވޭނެ ބަދަލުތައް ދިރާސާކުރަމުން އަންނަ ކަމަށް ބުނެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

26 އެޕްރީލު 2018

ދޯނީގެ މޮޅު ކުޅުމާއެކު ސުޕަރ ކިންގްސް ތާވަލުގެ އެއްވަނައަށް

26 އެޕްރީލު 2018
ދޯނީގެ މޮޅު ކުޅުމާއެކު ސުޕަރ ކިންގްސް ތާވަލުގެ އެއްވަނައަށް
14 އޯގަސްޓު 2017

ޔުވެންޓަސް ބަލިކޮށް އިޓާލިއަން ސުޕަރ ކަޕް ލާޒިޔޯ އިން ކާމިޔާބުކޮށްފި

14 އޯގަސްޓު 2017
ޔުވެންޓަސް ބަލިކޮށް އިޓާލިއަން ސުޕަރ ކަޕް ލާޒިޔޯ އިން ކާމިޔާބުކޮށްފި
09 އޯގަސްޓު 2017

ސުޕަކަޕަށް ފަހު ޒިދާންގެ އަމާޒު އިތުރު ތަށިތަކާ ދިމާލަށް!

09 އޯގަސްޓު 2017
ސުޕަކަޕަށް ފަހު ޒިދާންގެ އަމާޒު އިތުރު ތަށިތަކާ ދިމާލަށް!
09 އޯގަސްޓު 2017

ޔުނައިޓެޑް ބަލިކުރުމަށް ފަހު ޔޫއެފާ ސުޕަރ ކަޕް ރެއާލްއިން އުފުލާލައިފި

09 އޯގަސްޓު 2017
ޔުނައިޓެޑް ބަލިކުރުމަށް ފަހު ޔޫއެފާ ސުޕަރ ކަޕް ރެއާލްއިން އުފުލާލައިފި
08 އޯގަސްޓު 2017

ރެއާލް އާއި މެންޗެސްޓާ ޔުނައިޓެޑު ބައްދަލުކުރާ ޔޫއެފާ ސުޕަކަޕް މެޗު މިރޭ

08 އޯގަސްޓު 2017
ރެއާލް އާއި މެންޗެސްޓާ ޔުނައިޓެޑު ބައްދަލުކުރާ ޔޫއެފާ ސުޕަކަޕް މެޗު މިރޭ
07 އޯގަސްޓު 2017

ޔޫއެފާ ސުޕަކަޕަށް ރެއާލްއިން ނެގި ސްކޮޑުގައި ރޮނާލްޑޯ ހިމަނައިފި

07 އޯގަސްޓު 2017
ޔޫއެފާ ސުޕަކަޕަށް ރެއާލްއިން ނެގި ސްކޮޑުގައި ރޮނާލްޑޯ ހިމަނައިފި
08 ޖުލައި 2017

ވިކްޓްރީ އަތުން ޕޮއިންޓަކުން ފުއްދާލަން ޖެހުނު ނަމަވެސް ނިއު ޕްރެމިއާ ލީގުން ޖާގަ ކަށަވަރު ކޮށްފި

08 ޖުލައި 2017
ވިކްޓްރީ އަތުން ޕޮއިންޓަކުން ފުއްދާލަން ޖެހުނު ނަމަވެސް ނިއު ޕްރެމިއާ ލީގުން ޖާގަ ކަށަވަރު ކޮށްފި
17 އެޕްރީލު 2017

ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

17 އެޕްރީލު 2017
ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް
15 އެޕްރީލު 2017

ބަހަށް ދިން ހަމަލާއާއެކު ޑޯޓްމަންޑު ޗެމްޕިއަންސް ލީގުން ވަކިވަނީ!

15 އެޕްރީލު 2017
ބަހަށް ދިން ހަމަލާއާއެކު ޑޯޓްމަންޑު ޗެމްޕިއަންސް ލީގުން ވަކިވަނީ!
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް