Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު

ރެއާލް އާއި މެންޗެސްޓާ ޔުނައިޓެޑު ބައްދަލުކުރާ ޔޫއެފާ ސުޕަކަޕް މެޗު މިރޭ

މިރޭގެ މެޗަށް ދެޓީމުގެ ކުޅުންތެރިންވެސް ތިބީ ފިޓްކޮށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 8 އޯގަސްޓު 2017 | އަންގާރަ 06:11
ޔޫއެފާ ސުޕަކަޕް: ރެއާލް އަދި ޔުނައިޓެޑުގެ ކުޅުންތެރިން

ޔޫއެފާ ސުޕަކަޕް: ރެއާލް އަދި ޔުނައިޓެޑުގެ ކުޅުންތެރިން

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ހޯދި ރެއާލް މެޑްރިޑް އާއި ޔޫރޮޕާ ލީގު ކާމިޔާބުކުރި މެނެޗެސްޓާ ޔުނައިޓެޑްއާ ދެމެދު ކުޅޭ ޔޫއެފާ ސުޕަ ކަޕްގެ މެޗު މިރޭ އޮންނާނެއެވެ. ފާއިތުވި ދެ އަހަރު ވެސް ޔޫއެފާ ސުޕަކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ރެއާލް މިރޭ ޔުނައިޓެޑާއި ދެކޮޅަށް ނިކުންނައިރު މިރޭގެ މި މެޗުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވިފައި ވަނީ ވެސް ރެއާލް އެވެ.

އެގޮތުން 2014 ވަނަ އަހަރުގެ ސުޕަކަޕާއި 2016 ވަނަ އަހަރުގެ ސުޕަކަޕްގައި ވެސް ސެވިއްޔާ ބަލިކޮށް ކާމިޔާބުކޮށްފައިވަނީ ރެއާލްއިންނެވެ. އެގޮތުން 2014 ވަނަ އަހަރު ރެއާލްއިން ސުޕަކަޕް ނެގީ 0-2 ގެ ނަތީޖާއިން ސެވިއްޔާ ބަލިކޮށްފައެވެ. އަދި މިދިޔަ އަހަރު މި ކަޕް ރެއާލްއިން އުފުލާލާފައި ވަނީ 2-3 ގެ ނަތީޖާއިން ސެވިއްޔާ ބަލިކުރުމަށް ފަހުގައެވެ.

ޔުނައިޓެޑަށް ޔޫއެފާ ސުޕަކަޕްގައި މިހާތަނަށް ތިން ފަހަރެއްގެ މަތިން ކުޅެފައިވާއިރު އެޓީމަށް ސުޕަކަޕް ކާމިޔާބުކުރެވިފައި ވަނީ އެންމެ ފަހަރަކުއެވެ. އެއީ 1991 ވަނަ އަހަރުއެވެ. އެ އަހަރު ޔުނައިޓެޑުން ސުޕަކަޕް ކާމިޔާބުކޮށްފައި ވަނީ ސާބިއާގެ ރެޑް ސްޓާ ބެލްގްރޭޑް 0-1 ގެ ނަތީޖާއިން ބަލިކޮށްފައެވެ.

މި މެޗުގައި ރެއާލްގެ މުހިއްމު ގިނަ ކުޅުންތެރިން ކުޅޭނެ

މިރޭގެ މެޗާ ކުރިމަތިލާއިރު، ރެއާލްގެ މުހިއްމު ގިނަ ކުޅުންތެރިން ފެނިގެން ދާނެއެވެ. އެގޮތުން އެޓީމުގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ، ގެރެތު ބޭލް އާއި ޓޯނީ ކްރޫސް، އަދި އެޓީމުގެ ގޯލްކީޕަރު ކޭލާ ނަވާސް، ބެންޒެމާ ފަދަ ކުޅުންތެރިން މިރޭގެ މެޗުން ފެނިގެންދާނެއެވެ.

އަދި ރެއާލްއިން ކުޅުނު ޕްރީ ސީޒަން މެޗުތަކުގައި، މޮޅު ކުޅުމެއް ދެއްކި ޒުވާން ފޯވާޑް، އުމުރުން 20 އަހަރުގެ ބޯޖާ މަޔޯރަލް އަށް ވެސް ސްކޮޑުން ފުރުސަތު ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

ރޮނާލްޑޯއާ ބޭލް މިރޭ މެޗުގައި ކުޅޭއިރު މި ދެކުޅުންތެރިންނާ އެކު ކުރީގައި ދެން ހަރަކާތްތެރިވާނީ ބެންޒެމާ، އާއި ލޫކަސް ވަޒްކުއޭޒްއެވެ.

އެޑްވާންޓޭޖް އޮތީ ރެއާލް މެޑްރިޑަށް

ރެއާލްގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް މިރޭގެ މި މެޗުގައި ފެނިގެންދާއިރު މިއީ އެޓީމަށް މިރޭގެ މެޗުން މޮޅުވުމަށް ލިބޭނެ އެޑްވާންޓޭޖެކެވެ. ފާއިތުވި ދެ އަހަރާ ހިލާފަށް، މިފަހަރު ޔޫއެފާ ސުޕަ ކަޕް ހޯދުމުގެ ފުރުސަތު ޔުނައިޓެޑަށް ވެސް އެބައޮތެވެ. ކުރިޔާ ޚިލާފަށް މިފަހަރުގެ ސިޒަނަށް ޔުނައިޓެޑަށް ވަނީ ބޮޑެތި ބަދަލުތަކެއް ވެސް އައިސްފައެވެ. އެގޮތުން މޮޅެތި ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ޔުނައިޓެޑާ ގުޅިފައިވާއިރު އެޓީމަށް މިފަހަރު ފުރުސަތު ބޮޑުކަން ފާހަގަކޮށްލެވެއެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޔުނައިޓެޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު އެގޮތުން މިފަހަރުގެ ޓްރާންސްފާ މާކެޓުގައި މިހާތަނަށް މާގިނަ ކުޅުންތެރިންތަކެއް ގެނެސްފައި ނުވި ނަމަވެސް އެޓީމުން ވަނީ ފޯވާޑް ލައިން ވަރުގަދަ ކުރުމަށް އެޓީމަށް ވަނީ އިތުބާރު ފޯވާޑް ރޮމެލޫ ލުކަކޫ ގެނެސްފައެވެ.

މިރޭގެ މެޗަށް ނިކުންނައިރު، ޔުނައިޓެޑަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ޕްރީ ސީޒަން މެޗުތަކުގައި އެޓީމުން ރަނގަޅު ނަތީޖާތަކެއް ހޯދައިފައިވުމެވެ. އެގޮތުން ކުޅުނު ޕްރީ ސީޒަން ހަ މެޗުގެ ތެރެއިން ފަސް މެޗުން ޔުނައިޓެޑު މޮޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި އަނިޔާގެ މައްސަލައެއް ޓީމުގައި ނެތުމަކީ ވެސް އެޓީމަށް ލިބޭނެ ހިތްހަމަޖެހުމެކެވެ.

ރެއާލް އާއި ޔުނައިޓެޑުގެ ބައްދަލުވުންތަށް!

ރެއާލް މެޑްރިޑާއި ޔުނައިޓެޑުގެ ބައްދަލުކުރުންތަކަށް ބަލާއިރު މި ދެޓީމު މިހާތަނަށް ވާދަވެރި 10 މެޗެއް ވަނީ ކުޅެފައެވެ. އެގޮތުން މި ދެޓީމު އެންމެ ފުރަތަމަ ބައްދަލުކޮށްފައި ވަނީ 1957 ވަނަ އަހަރު ޔޫރަޕިއަން ކަޕް ގައެވެ.

ޔޫރަޕިއަން ކަޕް 1957 : ޔުނައިޓެޑު އަދި ރެއާލް، ފުރަތަމަ ލެގު 1-3 އިން މޮޅުވެފައި ވަނީ ރެއާލް

ޔުނައިޓެޑު އަދި ރެއާލް، ދެވަނަ ލެގު 2-2 އިން އެއްވަރު

ޔޫރަޕިއަން ކަޕް 1968 : ޔުނައިޓެޑު އަދި ރެއާލް، ފުރަތަމަ ލެގު 0-1 އިން މޮޅުވެފައިވަނީ ޔުނައިޓެޑު

ޔުނައިޓެޑު އަދި ރެއާލް، ދެވަނަ ލެގު 3-3 އިން އެއްވަރު

ޗެމްޕިއަންސް ލީގު 2000 : ޔުނައިޓެޑު އަދި ރެއާލް، ފުރަތަމަ ލެގު 0-0 އިން އެއްވަރު

ޔުނައިޓެޑު އަދި ރެއާލް، ދެވަނަ ލެގު 2-3 އިން މޮޅުވެފައިވަނީ ރެއާލް

ޗެމްޕިއަންސް ލީގު 2003 : ޔުނައިޓެޑު އަދި ރެއާލް، ފުރަތަމަ ލެގު 1-3 އިން މޮޅުވެފައިވަނީ ރެއާލް

ޔުނައިޓެޑު އަދި ރެއާލް، ދެވަނަ ލެގު 3-4 އިން މޮޅުވެފައިވަނީ ޔުނައިޓެޑު

ޗެމްޕިއަންސް ލީގު 2013 : ޔުނައިޓެޑު އަދި ރެއާލް، ފުރަތަމަ ލެގު 1-1 އިން އެއްވަރު

ޔުނައިޓެޑު އަދި ރެއާލް، ދެވަނަ ލެގު 1-2 އިން މޮޅުވެފައިވަނީ ރެއާލް

އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕް 2017 : 1-1 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން 1-3 އިން މޮޅުވެފައިވަނީ ޔުނައިޓެޑު.

ޔޫއެފާ ސުޕަ ކަޕްގައި ރެއާލް އާއި ޔުނައިޓެޑު ބައްދަލުކުރާ މެޗު ފަށާނީ، މިރޭ ރާއްޖެގަޑިން 11:45 ގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ

ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ

11 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު