Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޒައިނުއްދީން ޒިދާން

ސުޕަކަޕަށް ފަހު ޒިދާންގެ އަމާޒު އިތުރު ތަށިތަކާ ދިމާލަށް!

ރެއާލްގެ މެޗެއް ދެންއޮންނާނީ މި މަހުގެ 14 ވަނަ ދުވަހު

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 9 އޯގަސްޓު 2017 | ބުދަ 12:27
ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން

ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން

ޔުއެފާ ޔުރޮޕާ ލީގުގެ ތަށި ރެއާލް މެޑްރިޑަށް ހޯދައިދިނުމަށް ފަހު އޭނާގެ އަމާޒު ހުރީ މިފެށޭ ސީޒަންގައިވެސް ރެއާލްއަށް އިތުރު ތަށިތަކެއް ހޯދައިދިނުމަށް ކަމަށް ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

އަންގާރަ ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑާ ވާދަކޮށް ރެއާލްއިން މެޗު ކާމިޔާބު ކޮށްފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ. މިއީ އެޓީމުން ޔުއެފާ ސުޕާކަޕް ކާމިޔާބު ކުރި ތިންވަނަ ފަހަރެވެ.

މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޒިދާން ބުނެފައި ވަނީ މިއީ ސީޒަނަށް ރަނގަޅު ފެށުމެއް ކަމަށާއި ސީޒަންގައި އިތުރު ތަށިތަށް ހޯދުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ވެސް ޒިދާން ވަނީ ރެއާލްގެ ސްކޮޑަކީ ވަރަށް ހުނަރުވެރި ސްކޮޑެއްކަން ފާހަގަ ކޮށްފައެވެ.

މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ޒިދާން ވަނީ އޭނާގެ ޓީމުގެ ފަރާތުން ފެނިފައިވަނީ ވަރަށް ފުރިހަމަ ކުޅުމެއްކަން ފާހަގަކޮށް، އެ ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފު ކޮށްފައެވެ.

މިއީ ޒިދާންގެ ކޯޗުކަމުގެ ދަށުން ރެއާލް ކާމިޔާބު ކުރި ހަވަނަ ތައްޓެވެ. ރެއާލްގެ މެޗެއް ދެންއޮންނާނީ މި މަހުގެ 14 ވަނަ ދުވަހު ސްޕެނިޝް ސުޕާކަޕްގައި ވާދަވެރި ބާސެލޯނާއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު