Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު

ޔޫއެފާ ސުޕަކަޕަށް ރެއާލްއިން ނެގި ސްކޮޑުގައި ރޮނާލްޑޯ ހިމަނައިފި

ރޮނާލްޑޯ ހުރީ މުޅިން ފިޓް ކޮށް.

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 7 އޯގަސްޓު 2017 | ހޯމަ 13:36
ރޮނާލްޑޯ: ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ..

ރޮނާލްޑޯ: ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ..

ޔޫއެފާ ސުޕަކަޕްގައި މާދަމާ ރޭ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ނިކުންނަ ރެއާލްގެ ސްކޮޑުގައި އެޓީމުގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނައިފިއެވެ.

މާދަމާ ރޭ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މި މެޗަށް ރެއާލް މެޑްރިޑުން ނެގި ސްކޮޑުގައި ރޮނާލްޑޯ ހިމަނާފައިވާއިރު އެންމެ ފަހުން ދެކުނު އެމެރިކާގައި ކޭމްޕް ކޮށްގެން އަންނަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ކުޅެވުނު ޕްރިސީޒަން (އިންޓަނޭޝަނަލް ޗެމްޕިއަންސްކަޕް) ގައި ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ.

ނިމިގެން ދިޔަ އަހަރުގެ ޕްރިސީޒަން މެޗުތަކުގައި ވެސް ބައިވެރިވެފައި ނުވާ ރޮނާލްޑޯ މިފަހަރުގެ ޕްރިސީޒަން މުބާރާތުގައި ބައިވެރިވެފައި ނުވަނީ އެ ދުވަސްވަރާ ދިމާކޮށް ރަޝިއާގައި ބޭއްވުނު ފީފާ ކޮންފެޑެރޭޝަން ކަޕްގައި ޕޯޗުގަލް ގައުމީޓީމުގައި ކުޅުމަށް ފަހު ރެސްޓު ނެގުމުގެ ބޭނުމުގައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ފީފާ ކޮންފެޑެރޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގައި ޗިލީ އާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން ޕޯޗުގަލް ބަލިވުމާއި އެކު ރޮނާލްޑޯ ވަނީ ގައުމީޓީމު ދޫކޮށް އަމިއްލަ ގައުމަށް އެނބުރި ގޮސްފައެވެ.

ޕޭސްބުކްގައި އާންމު ކުރި ސްޓޭޓްމަންޓެއްގައި ރޮނާލްޑޯ ބުނެފައިވަނީ އޭނާ އެނބުރި ގައުމަށް ގޮސްފައިވަނީ އޭނާއަށް އެއްމާބަޑު ދެކުދިން ލިބުމާއި ގުޅިގެން ކަމަށެވެ. އަދި ޕްރިސީޒަން މުބާރާތަށް ރެއާލް މެޑްރިޑާއި އެކު އެމެރިކާއަށް ނުދިޔައީވެސް އެ ސަބަބަށް ޓަކައިކަމުގައި ރިޕޯޓްތައް ބުނެފައިވެއެވެ.

ކޮންމެ ގޮތަކަށް ކަންތައް ވެ ނިމިފައިވީ ނަމަވެސް މާދަމާ ރޭގެ މި މުހިންމު މެޗުން ރޮނާލްޑޯއަށް ވަނީ ފުރުސަތު ދީފައެވެ. ރޮނާލްޑޯ އަކީ ނިމިގެން ދިޔަ ސީޒަނުގައި ރެއާލް މެޑްރިޑު ހޯދި ބޮޑެތި ކާމިޔާބީ ތަކުގެ އެންމެ ބޮޑު ހިއްސާދާރެވެ.

އެގޮތުން ސްޕެނިޝް ލީގު ރެއާލްއިން ކާމިޔާބު ކުރިއިރު ރޮނާލްޑޯގެ ދައުރު ބޮޑެވެ. އަދި ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔަބު ކުރުމުގައި ވެސް އޭނާގެ ދައުރު ވަރަށް ބޮޑެވެ. އެގޮތުން ރޮނާލްޑޯ ވަނީ އެމެޗުގައި 2 ގޯލް ރެއާލް އަށް ކާމިޔާބު ކޮށްދީފައެވެ.

މިކަމާ ގުޅިގެން މީޑިއާ އާއި ވާހަކަ ދައްކަމުން ޒިދާން ބުނެފައިވަނީ ރޮނާލްޑޯ ، ބޭލް އަދި ބެންޒެމާ އަކީ ޓީމުގެ މުހިންމު ކުޅުންތެރިން ކަމަށާއި ޚާއްޞަ ކޮށް ބޮޑެތި ކާމިޔާބީތަށް ލިބޭ މެޗުތަކުގައި ހިމެނުމަކީ މުހިންމު ކަމެއް ކަމުގައެވެ. އެގޮތުން މި ތިން ކުޅުންތެރިން ވެސް ޓީމުގައި ހިމަނާފައިވާ ކަމަށެވެ.

" ރޮނާލްޑޯ އާއި ބޭލް އަދި ބެންޒެމާ އަކީ ޓީމުގެ މުހިންމު ތިން ކުޅުންތެރިން. އެ ތިން ކުޅުންތެރިން ޓީމުގައި ހިމަނަން ޖެހޭ. އެއީ އިތުބާރު ތިން ފޯވާޑުން." ޒިދާން ބުންޏެވެ.

ރޮނާލްޑޯގެ ކުރީގެ ކުލަބާއި ދެކޮޅަށް މާދަމާރޭ ނިކުންނައިރު ރޮނާލްޑޯ ހުރީ މުޅިން ފިޓްކޮށް ކަމަށާއި އޭނާގެ ފަރާތުން ތަފާތު ފެންނާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ޒިދާން ވަނީ ބުނެފައެވެ.

ރޮނާލްޑޯގެ އިތުރުން ބޭލްވެސް ވަނީ މާދަމާރޭގެ މެޗަށް ރެއާލްއިން ނެގި ސްކޮޑުގައި ހިމަނާފައެވެ. ނިމިގެން ދިޔަ ސީޒަނުގެ ބޮޑު ބައެއް އަނިޔާގައި ހޭދަކޮށްފައިވާ ބޭލް މިހާރުވަނީ މުޅިން ފިޓްވެފައެވެ. އެހެން ނަމަވެސް ގިނަބަޔަކު ގަބޫލް ކުރާގޮތުގައި ބޭލް އަށް އޭނާގެ އަސްލު ކުޅުމަށް އަދިވެސް ނާދެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިރޭ މެޓްޒްއާ ދެކޮޅަށް ކުޅޭ މެޗަށް މޮނާކޯއިން ނެގި ސްކޮޑުން އެމްބާޕޭ ބާކީކޮށްފި

މިރޭ މެޓްޒްއާ ދެކޮޅަށް ކުޅޭ މެޗަށް މޮނާކޯއިން ނެގި ސްކޮޑުން އެމްބާޕޭ ބާކީކޮށްފި

18 އޯގަސްޓު 2017
ރެއާލްއިން ސްޕެނިޝް ސުޕާކަޕް ކާމިޔާބުކޮށްފި

ރެއާލްއިން ސްޕެނިޝް ސުޕާކަޕް ކާމިޔާބުކޮށްފި

17 އޯގަސްޓު 2017
ރެއާލްއިން ބާސާގެ މައްޗަށް ކުރި ހޯދައިފި!

ރެއާލްއިން ބާސާގެ މައްޗަށް ކުރި ހޯދައިފި!

14 އޯގަސްޓު 2017
ސުޕަކަޕަށް ފަހު ޒިދާންގެ އަމާޒު އިތުރު ތަށިތަކާ ދިމާލަށް!

ސުޕަކަޕަށް ފަހު ޒިދާންގެ އަމާޒު އިތުރު ތަށިތަކާ ދިމާލަށް!

09 އޯގަސްޓު 2017
ޔުނައިޓެޑް ބަލިކުރުމަށް ފަހު ޔޫއެފާ ސުޕަރ ކަޕް ރެއާލްއިން އުފުލާލައިފި

ޔުނައިޓެޑް ބަލިކުރުމަށް ފަހު ޔޫއެފާ ސުޕަރ ކަޕް ރެއާލްއިން އުފުލާލައިފި

09 އޯގަސްޓު 2017

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު