Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

ކޮވިޑް ބަލީގައި އަނެއްކާވެސް މަރެއް، މިއީ 83 ވަނަ މަރު

މިއީ ހުކުރު ދުވަހު ނިޔާވި 4 ވަނަ މީހާ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 މެއި 2021 | ހުކުރު 20:28
މާމެންދޫން ކޮވިޑަށް ޕޮޒިޓިވްވި އާއިލާގެ މީހުން ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންދަނީ

މާމެންދޫން ކޮވިޑަށް ޕޮޒިޓިވްވި އާއިލާގެ މީހުން ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންދަނީ

ކޮވިޑް ބަލީގައި ރާއްޖޭގައި އަނެއްކާވެސް އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ހާމަކުރިގޮތުގައި މިބަލީގައި ނިޔާވެފައިވަނީ މިރޭ 11:15 ހާއިރު އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެނައި އުމުރުން 83 އަހަރުގެ އަންހެނަކެވެ.

Advertisement - newsAdvertisement

މިއީ ހުކުރު ދުވަހު ނިޔާވި ހަތަރު ވަނަ މީހާއެވެ.

ހުކުރު ދުވަހު ފުރަތަމަ މީހާ ނިޔާވެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 03:47 ހާއިރުއެވެ. އެއީ އުމުރުން 60 އަހަރުގެ އިންޑިއާއަށް ނިސްބަތްވާ ފިރިހެނެކެވެ. އޭނާއަކީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ މީހެކެވެ. އޭނާ ބައްޔަށް ޕޮޒިޓިވްވީ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ.

ދެވަނަ މީހާ ނިޔާވީ ހުކުރު ދުވަހުގެ ހެނދުނު 07:50 ހާއިރުއެވެ. އެއީ އުމުރުން 37 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އޭނާ ނިޔާވީ މާފުށީގައި ކަރަންޓީނުގައި ހުއްޓައެވެ. އެއީ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހެކެވެ.  

އަދި ހުކުރު ދުވަހުގެ މެންދުރުފަހު 2:46 ހާއިރު އުމުރުން 81 އަހަރުގެ ދިވެހި އަންހެނަކު ވަނީ ނިޔާވެފައެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާއިރު މިދެދުވަހުގެ ތެރޭގައި މިބަލީގައި ގިނަ ބަޔަކު ވަނީ ނިޔާވެފައެވެ. އެގޮތުން އެޗްޕީއޭއިން ހާމޮށްފައިވާ ގޮތުގައި ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އެކަނިވެސް ރާއްޖޭގައި މިބަލީގައި 8 މީހަކު ވަނީ ނިޔާވެފައެވެ. މިއީ 48 ގަޑިއިރުތެރޭގައި ރާއްޖޭގައި މިހާ ގިނަ އަދަދެއްގެ ބަޔަކު މިބަލީގައި މަރުވެގެން ރިޕޯޓްކުރި ފުރަތަމަ ފަހަރެވެ.

ރާއްޖެއަށް ކޮވިޑް-19ގެ ހަތަރު ވަނަ ރާޅެއް އަރާފައިވާއިރު މެއި މަސް ފެށުނު ފަހުން ދުވާލެއްގެ މައްޗަށް ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އަންނަނީ ރިކޯޑް މިންވަރަކަށް އިތުރުވަމުންނެވެ. އެގޮތުން މެއި މަހުގެ 1 ވަނަ ދުވަހު 402 މީހުން ބައްޔަށް ޕޮޒިޓިވްވިއިރު މެއި މަހުގެ 2 ވަނަ ދުވަހު އެއަދަދު ހުރީ 508 ގައެވެ. މެއި މަހުގެ 3 ވަނަ ދުވަހު 585 މީހުންނަށް ކޮވިޑް ޖެހުނުއިރު މެއި މަހުގެ 4 ވަނަ ދުވަހު އެއަދަދު ވަނީ 601ށް އަރާފައެވެ.

މެއި މަހުގެ 5 ވަނަ ދުވަހު 734 މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކުރިއިރު މެއި މަހުގެ 6 ވަނަ ދުވަހު 703 މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. މެއި މަހުގެ 7 ވަނަ ދުވަހު 766 މީހުންނަށް ވަނީ ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައެވެ.

އެކްޓިވް ކޭހުގެ އަދަދު މިހާރު ހުރީ 8261 ގައެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 205 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން

14 މާރިޗު 2017
މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން
10 މާރިޗު 2017

މިއީ ފުރިހަމަ މޮޅެއް، ދެން އޮތް މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ: ސެކުލޮސްކީ

10 މާރިޗު 2017
މިއީ ފުރިހަމަ މޮޅެއް، ދެން އޮތް މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ: ސެކުލޮސްކީ
08 މާރިޗު 2017

މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން

08 މާރިޗު 2017
މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން
21 ފެބުރުއަރީ 2017

ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

21 ފެބުރުއަރީ 2017
ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ
14 ފެބުރުއަރީ 2017

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު