Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މައުމޫން

މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ތާއިދު އޮތްކަން އެނގިގެންދާނީ ވޯޓުން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 8 މާރިޗު 2017 | ބުދަ 20:09
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް

ސިޔާސީ ކަންތައްތައް ވަމުންދާ ގޮތުން، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް މުހައްމަދުގެ އިތުބާރުގެ ނެތް ކަމުގެ މައްސަލަ މަޖީލީހަށް ހުށަހެޅުމަކީ ފެށުމެއް ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އަމިއްލަ ދަތުރުފުޅެއްގައި އިންޑިއާގެ ބެންގަލޫރަށް ފުރާވަޑައިގަތުމުގެ ކުރިން ރަސްމީ ފާލަމުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މަޖިލީހުގެ އަޣުލަބިއްޔަތު ރައީސް އަބްދުﷲ ޔާމީނާ އެކު އޮތް ނަމަވެސް މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްވާނެ ކަމަށް ވަރަށް ބޮޑަށް ލަފާކުރެއްވޭ ކަމަށެވެ.

Advertisement - newsAdvertisement

މައުމޫން ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން، ހުރިހާ ޕާޓީތައް ގުޅިގެން މަޖިލީހަށް ހުށަހެޅި ހުށަހެޅުމަށް އެ މަނިކުފާނު ފުރިހަމަ އަށް ތާއީދުކުރައްވާ ކަމަށެވެ. އެއީ ވަރަށް ރަނގަޅު އަދި ޕީޕީއެމްގެ ވަރަށް ގިނަ އަދަދެއްގެ މެމްބަރުންގެ ވެސް ތާއީދު އޮތް ކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ މަސީހްގެ އިތުބާރު ނެތް ކަމަުގެ ވޯޓަށް ޕީޕީއެމްގެ ވަރަށް ގިނަ އަދަދެއްގެ މެމްބަރުން ތާއިދު ކުރައްވާ ކަަމަށާއި ނަމަވެސް އެ ތާއިދަކީ ކުއްލިއަކަށް ފެނިގެންދާނެ ތާއިދެއް ނޫން ކަމަށާއި އެ ތާއިދު ވަރަށް ފުރިހަމަ އަގުލަބީއްޔަތަކާއެކުން ވޯޓުން ފެނިގެންދާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ފަހު، ރައީސް މައުމޫން ފުރާވަޑައިގަންނަވަނީ ސަރުކާރުން ކުރިމަތިކުރުވަފާނެ ބިރަކަށް ނުވަތަ ހައްޔަރުކުރައްވާފާނެތީ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ރައީސް މައުމޫން ވިދާޅުވީ ﷲ ފިޔަވައި އެހެން އެއްވެސް ފަރާތެއް ދެކެ ބިރެއް ނުގަންނަ ކަމަށެވެ.އަދި އެ ދަތުރުފުޅަކީ އަނބިކަނބަލުންގެ ކޮއްކޯފުޅު އާލާސްކަންފުޅާ އުޅުއްވާތީ، ވަރަށް ކުރިއްސުރެން ހަމަޖައްސައިފައިވާ ދަތުރުފުޅެއް ކަމަށާއި އަދި މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަަމުގެ މައްސަލަ މަޖީޅީހަށް ވެއްދި ދުވަހާ ދަތުރުފުޅާ ދިމާވީ އިއްތިފާގަކުން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ރައީސް މައުމޫން ވިދާޅުވީ ސިޔާސީ ކަންތައްތައް ވަމުންދާ ގޮތުން ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ތަނުގައި ރާއްޖޭގައި ހިނގައި ދިޔަ ކަންތައްތަކަކީ ވެސް ވެދާނެ ކަންކަން ކަމަށް އެއްވެސް މީހަކު ގަބޫލުނުކުރާނެ ކަމަށެވެ. އެގޮތުން ޕީޕީއެމްގެ ޓިކެޓުގައި ރައީސް ކަމަށް ވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން މަސައްކަތްޕުޅު ކުރައްވަނީ ޕީޕީއެމްގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ އުސޫލްތަކާއި ފިކުރާ އެއްގޮތަކަށް ނޫން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި

މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި

02 މާރިޗު 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

16 ފެބުރުއަރީ 2017
މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު