Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދަށް ދިން ހަމަލާ

ގޮއްވާލީ ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް

7 މެއި 2021 | ހުކުރު 18:33

ބޮޑީގާޑުންގެ އަމަލަށް ހިތްހަމަޖެހޭކަމަށް ވިދާޅުވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 7 މެއި 2021 | ހުކުރު 18:33
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް

ރައީސް ނަޝީދަށް ހަމަލަ ދިނުމަށްޓަކައި ގޮއްވާލީ އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސެއް ސައިކަލެއްގައި ހަރުކޮށްގެން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދު ﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށާއި އެ އަމަލު ހިންގި ބަޔަކު ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.

ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ އެހެން ރަށެއްގައި އޮތް ހަފްލާއެއްގައި ބައިވެރިވަޑައިގަތުމަށް ރައީސް ނަޝީދު ރޭ ގެއިން ނުކުމެވަޑައިގެންނެވީ 8:25 ވީ އިރު ކަމަށާއި އަރިހުގައި ބޮޑީގާޑުން ވެސް ތިބި ކަމަށެވެ. ކެނެރީގެއިން ނިކުމެވަޑައިގެން މަޖީދީ މަގާ ދިމާލަށް ވަޑައިގެންނެވިއިރު ފަހަތުގައި އަދި ކުރީގައި ވެސް ސެކިއުރިޓީ މީހުން ތިބި ކަމަށާއި ނަޝީދުގެ ކާރުކޮޅު އޮތީ މަޖީދިމަގުގައި ޕާކުކޮށްފައި ކަމަށް ޖެނެރަލް ޝަމާލް ވިދާޅުވިއެވެ.

ކާރާއި ހަމަޔަށް ވަޑައިގެންނެވުނުތަނާ 8:27 ހާއިރު ގޮއްވާލީ ކަންމަތީގައި އިން ސައިކަލެއްގައި ހަރުކޮށްފައިވާ އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސެއްް ކަމަށާއި އެ ގޮވުމުގެ މައިގަނޑު ބާރު ހުރީ ދިމާ މައްޗަށް ކަމަށް ޑިފެންސް ޗީފް ވިދާޅުވިއެވެ. ބަޔަކު އަމިއްލަޔަށް އުފެއްދި މި އައިއީޑީއަކީ ސަލްޓަން ޕާކްގައި ގޮއްވާލި އައިއީޑީއަށްވުރެ އެތައް ގުނައެއް ބާރުގަދަ އެއްޗެއްކަމަށް ވެސް ވިދާޅުވިއެވެ.

މިފަހަރު ގޮއްވާލި އައިއީޑީގައި ރޭޒާ ފުށް ވަރަށް ގިނައިން ބޭނުންކޮށްފައި ހުރުމުން އޭގެ ނުރައްކާ އިތުރުވި ކަމަށްވެސް ޖެނެރަލް ޝަމާލް ވިދާޅުވިއެވެ. މި އެއްޗެއް ގޮއްވާލީ ރިމޯޓެއް ބޭނުންކޮށްގެން ކަމަށް ބެލެވޭކަމަށް ވެސް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ވަނީ ރައީސް ނަޝީދަށް ހުރި ނުރައްކާތަކުގެ މައުލޫމާތު އަބަދުވެސް ލިބެމުންދާކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދަކީ އެންމެ މަތީ ދަރަޖައިގެ ސިކިއުރިޓީ އަބަދުވެސް އެރުވޭ އެއް ބޭފުޅަކަށް ވާއިރު ސީޕީ ޓީމުން އެމަނިކުފާނާއެކު ހަރަކާތްތެރިވަނީ ހުއްދަ ހަތިޔާރާއެކު ކަމަށާއި އެކަން އެހެން ކުރަނީ ރައީސް ނަޝީދަށް ހުރި ނުރައްކަލުގެ ބޮޑުކަމުން ކަމަށް ވެސް ޖެނެރަލް ޝަމާލް ވިދާޅުވިއެވެ.

ޖެނެރަލް ޝަމާލް އިތުރަށް ވިދާޅުވީ ރައީސް ނަޝީދަށް އެކި ފަށަލަތައް ގާއިމްކޮށްގެން ސިކިއުރިޓީ އަރުވާއިރު ރޭގެ ހާދިސާއަށް ފަހު ވެސް އަމަލުކޮށްފައި ވަނީ ޕްރޮޓޮކޯލްގެ ދަށުން ކަމަށެވެ. އެގޮތުން ބޮޑީގާޑުންގެ ގޮތުގައި ހަރަކާތްތެރިވި ސިފައިން އަމަލުކުރި ގޮތާއިމެދު ހިތްހަމަޖެހޭކަމަށް ވިދާޅުވިއެވެ. ބޮޑީގާޑުންނަށް އެވަރަށް އަނިޔާވިއިރު ވެސް ރައީސް ނަޝީދަށް ފަރުވާ ފެށުމުން ނޫނީ އަމިއްލައަށް ފަރުވާ ހޯދަން އުޅެފައި ނުވާކަމަށް ވެސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

05 ޖުލައި 2023

ވިއްސައިގެން ދިޔަ ޕެނަލްތަކަކީ ސްޓްރަކްޗަރގައި ހަރުކޮށްފައިވާ ޕެނަލެއް ނޫން، ނުރައްކަލެއް ނެތް - މިނިސްޓްރީ

05 ޖުލައި 2023
ވިއްސައިގެން ދިޔަ ޕެނަލްތަކަކީ ސްޓްރަކްޗަރގައި ހަރުކޮށްފައިވާ ޕެނަލެއް ނޫން، ނުރައްކަލެއް ނެތް - މިނިސްޓްރީ
08 ޖޫން 2022

އައިއީޑީއެއް ގޮއްވާލަން އުޅުނު މައްސަލައިގެ ދައުވާތަކަށް 3 މީހުން އިންކާރު

08 ޖޫން 2022
އައިއީޑީއެއް ގޮއްވާލަން އުޅުނު މައްސަލައިގެ ދައުވާތަކަށް 3 މީހުން އިންކާރު
08 ޖުލައި 2021

ހަމަލާގައި ބައިވެރިވި މީހުން ހަމަލާދިން ސަރަހައްދު ސަރވެއިލްކޮށްފައިވޭ، އައިއީޑީ ހަރުކޮށްފައިވާ ސައިކަލް ހުރީ އެއްރޭ ކުރިން އެމަގުގައި ޕާކްކޮށްފައި

08 ޖުލައި 2021
ހަމަލާގައި ބައިވެރިވި މީހުން ހަމަލާދިން ސަރަހައްދު ސަރވެއިލްކޮށްފައިވޭ، އައިއީޑީ ހަރުކޮށްފައިވާ ސައިކަލް ހުރީ އެއްރޭ ކުރިން އެމަގުގައި ޕާކްކޮށްފައި
31 މެއި 2021

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

31 މެއި 2021
"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
16 ފެބުރުއަރީ 2020

އެކްސިޑެންޓުގައި މަރުވި ޒުވާނާ އުޅުނީ އެހެން ސައިކަލެއްގައި ޖައްސައި އެކްސިޑެންޓް ކޮށްލަން: ފުލުހުން

16 ފެބުރުއަރީ 2020
އެކްސިޑެންޓުގައި މަރުވި ޒުވާނާ އުޅުނީ އެހެން ސައިކަލެއްގައި ޖައްސައި އެކްސިޑެންޓް ކޮށްލަން: ފުލުހުން
06 އެޕްރީލު 2019

އައްޑޫ ސިޓީގައި ސައިކަލެއްގައި އަލިފާން ރޯކޮށް އަންދާލައިފި

06 އެޕްރީލު 2019
އައްޑޫ ސިޓީގައި ސައިކަލެއްގައި އަލިފާން ރޯކޮށް އަންދާލައިފި
14 މާރިޗު 2019

މާލޭގައި ދުއްވާފަ ދިޔަ ސައިކަލެއްގައި އަލިފާން ރޯވެއްޖެ

14 މާރިޗު 2019
މާލޭގައި ދުއްވާފަ ދިޔަ ސައިކަލެއްގައި އަލިފާން ރޯވެއްޖެ
08 ނޮވެމްބަރު 2017

ވިލިމާލޭ ފެރީ ޓާރމިނަލް ކައިރީގައި ހުރި ސައިކަލެއްގައި ރޯވެއްޖެ

08 ނޮވެމްބަރު 2017
ވިލިމާލޭ ފެރީ ޓާރމިނަލް ކައިރީގައި ހުރި ސައިކަލެއްގައި ރޯވެއްޖެ
22 ޖުލައި 2017

ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލައިފި

22 ޖުލައި 2017
ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލައިފި
21 ޖޫން 2017

ފޯނެއް ފޭރިގަނެގެން ދުއްވި ސައިކަލެއްގައި ޕޮލިސް ކާރުން ޖައްސާ އަތުލައިގެންފި

21 ޖޫން 2017
ފޯނެއް ފޭރިގަނެގެން ދުއްވި ސައިކަލެއްގައި ޕޮލިސް ކާރުން ޖައްސާ އަތުލައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް