Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިޑީއެއް ގޮއްވާލަން އުޅުން

އައިއީޑީއެއް ގޮއްވާލަން އުޅުނު މައްސަލައިގެ ދައުވާތަކަށް 3 މީހުން އިންކާރު

އެމީހުން ރާވަމުންދިޔައީ މާފަންނު ކުނޫޒުގޭގައި އައިއީޑީއެއް ގޮއްވާލަން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 ޖޫން 2022 | ބުދަ 11:18
ކްރިމިނަލް ކޯޓް- ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމް

ކްރިމިނަލް ކޯޓް- ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމް

2017 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައި މާލޭގައި ބޮން ގޮއްވަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ މީހުންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އައިއީޑީއެއް ތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި ކެމިކަލް، ތަނެއްގެ ތެރޭގައި ތައްޔާރުކޮށް އައިއީޑީއެއް ހަދާ އެ ގޮއްވާލުމަށް ރާވަމުންދާކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވަނީ 4 މީހެއްގެ މައްޗަށެވެ. އެއީ އިއުތިސާމް މުޙައްމަދު ސައީދާއި، މުޙައްމަދު ތަސްލީމާއި، ނާސިއު މުޙައްމަދުގެ އިތުރުން، ޝިމާން ޝަރީފެވެ. އެ 4 މީހުންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުން ބުނާ ގޮތުގައި އެމީހުން ރާވަމުންދިޔައީ ޖޭޕީ އޮފީސް އިމާރަތް ހުންނަ މާފަންނު ކުނޫޒުގޭގައި ޖަލްސާއެއް ކުރިއަށް ދިޔަ ވަގުތު، އެތަނުގައި އައިއީޑީއެއް ގޮއްވާލުމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

މި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ޖިނާއީ މައްސަލަތަކުގައި ދައުވާ އުފުލާފައިވާ ފަރާތްތަކަށް ލިބިގެންވާ ޙައްޤުތައް ސާފު ކޮށްދެއްވާފައެވެ.

އެއަށްފަހު ދައުލަތުން ވަނީ އެމީހުންގެ މައްޗަށް ކުރާ ދައުވާތައް ސާފު ކޮށްދީފައެވެ. އެގޮތުން ފުރަތަމަ ޝިމާން ޝަރީފްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ ވަނީ އިއްވާފައެވެ.

މި ދައުވާ ސާބިތުވެއްޖެނަމަ 17 އަހަރާއި 20 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެއެވެ.

ޝިމާން ޝަރީފް ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ. ވުމާއެކު، ދައުލަތުން ވަނީ ދައުވާ ސާބިތު ކުރުމަށް ހުށައަޅާ ހެކި ހާމަކޮށްފައެވެ. ޝިމާންއާ ދެކޮޅަށް ދައުލަތުން ވަނީ 31 ހެއްކެއް ހުށައަޅާފައެވެ.

ގާޒީ ވަނީ ދިފާއީ ހެކި ހުށައެޅުއްވުމަށް ޝިމާން އަށް 3 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. އަދި އޭނާގެ މައްޗަށް ކުރާ ދައުވާއަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއްކަމަށް ގާޒީ ވަނީ ނިންމަވާފައެވެ.

އެއަށްފަހު މުޙައްމަދު ތަސްލީމުއާއި، އިއުތިސާމްގެ މައްޗަށް ކުރާ ދައުވާ ދައުލަތުން ވަނީ އިއްވާފައެވެ. ތަސްލީމުވެސް އަދި އިއުތިސާމުވެސް ވަނީ އެމީހުންގެ މައްޗަށް ކުރާ ދައުވާއަށް އިންކާރު ކޮށްފައެވެ. ވުމާއެކު ދައުލަތުން ވަނީ އެ ދެމީހުންނާ ދެކޮޅަށް ހުރި ހެކިތައް ހާމަ ކުރައްވާފައެވެ.

ގާޒީ ވަނީ މި ދައުވާތަކަކީވެސް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާތަކެއް ކަމަށް ކަނޑައަޅުއްވާފައެވެ. އަދި ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައެޅުމަށް ދައުލަތާއި، ދައުވާލިބޭ ފަރާތްތަަކަށް ވަނީ ފުރުސަތު ދެއްވާފައެވެ.

މި އަޑުއެހުމުގައި ނާސިއުގެ ވަކީލު ބައިވެރިވެލައްވާފައި ނުވާތީ އޭނާގެ ބައި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓްޓެރަރިޒަމް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި

06 ޑިސެމްބަރު 2025
ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު