Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދަށް ދިން ހަމަލާ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

31 މެއި 2021 | ހޯމަ 16:24

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ގިނަ ބަޔަކު ގެންދަނީ ފާޑުކިޔަމުން

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 31 މެއި 2021 | ހޯމަ 16:24
ރައީސް މުހައްމަދު ނަޝީދު ޖަރުމަންވިލާތުގައި

ރައީސް މުހައްމަދު ނަޝީދު ޖަރުމަންވިލާތުގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދީފައިވަނީ, ހަވާލުވެ ތިބި މީހުންގެ އިހުމާލުން ކަމަށް ވިދާޅުވެ, އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސްޕެޝަލް ކައުންސެލަރ ޓު ދަ އެމްބެސެޑަރ ނައުޝާދު ވަހީދު, ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް ރައްދު ދެއްވައިފިއެވެ.

ސަލާމަތީ ޚިދުމަތްތަކުގެ އިސްބޭފުޅުން މުހިއްމު ބައްދަލުވުންތަކަށް ވަޑައިނުގަންނަވާ ކަމަށް ބުނެ, މަސައްކަތަށް ފަރުވާ ބަހައްޓާތޯ ޓްވިޓާގައި ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަލީ ޒާހިރު ވިދާޅުވީ ސިފައިންގެ ތެރޭގައި އެފަދަ މައްސަލައެއް ނުޖެހޭ ކަމަށެވެ. އަދި ސަލާމަތީ ޚިދުމަތްތަކުގެ ބޭފުޅުންނާ މެދު ނަފްރަތު އުފައްދައި، އެބޭފުޅުންގެ އަގު ވައްޓާލަން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

މި ކަމަށް ރައްދު ދެއްވާ ނައުޝާދު ވިދާޅުވީ, ނަފްރަތު އުފައްދަވަނީ ނޫން ކަމަށާއި, އެހެން ނަމަވެސް, އެ ހަމަލާ ދިނީ ހަވާލުވެތިބި މީހުންގެ އިހުމާލުން ކަމަށެވެ. އަދި އެކަން ކުރި މީހަކު ހޯދުމަށްވެސް ގޮވާލެއްވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަކީ, އެމަނިކުފާނަށް ނިސްބަތްކޮށް "ލާދީނީ" އޭ ގޮވާ އޮބި ނޯންނަ ވަރުވުމުން ދިން ހަމަލާއެއް ކަމަށް ވެސް ނައުޝާދު ތުހުމަތު ކުރެއްވިއެވެ.

ނައުޝާދަކީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަންގެ ކޮއްކޯފުޅެވެ. ހަަމަ އެހެންމެ ރައީސް ނަޝީދުގެ ވަރަށް ގާތް ބޭފުޅެކެވެ. ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު ނައުޝާދު ގެންދަވަނީ, އެ ހަމަލާ ކުށްވެރިކުރައްވައި ޚިޔާލުފާޅު ކުރައްވަމުންނެވެ. އެގޮތުން ހަމަލާއަށް ފަންޑުކުރި މީހަކު ނުހޯދި ގިނަ ދުވަސް ވަމުން ދާތީ ކަންބޮޑުވުން ފާޅުކުރައްވާފައި ވެއެެވެ.

މެއި މަހުގެ 6 ވަނަ ދުވަހު، ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ބައެއް ފަރާތްތަކުން ގެންދަނީ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލައިގެން ދިން ހަމަލާގައި ގިނަ ޒަޚަމްތަކެއް ލިބިވަޑައިގެންނެވިއެވެ. މި ޒަޚަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށް ފަހު ނަޝީދު މިހާރު ހުންނެވީ ޖަރުމަނު ވިލާތުގައެވެ.

ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައި ވެއެވެ. އެއީ, ބޮން ގޮއްވުމުގައި އަމަލީގޮތުން ހަރަކާތްތެރިވި އަދުހަމް އަހުމަދުގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް