Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެމްބީއޭ

ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ މުބާރާތް، މިމަހުގެ 19 އިން 23 އަށް މާލޭގައި

"ފިފްތް ސްއުތް އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް" 19 އިން 20 އަށް މާލޭގައި ބާއްވާގޮތަށް ހަމަޖެހިއްޖެ

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 9 މެއި 2017 | އަންގާރަ 17:31
އެމްބީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެމްބީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ބާސްކެޓް ބޯޅަ މުބާރާޓް ކަމަށްވާ "ފިފްތް ސައުތް އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް" ޖުމްލަ 5 ގައުމަކާއެކު މިމަހު 19 ގައި ފަށާގޮތަށް ހަމަޖެހިއްޖެވެ.

މިމަހުގެ 19 އިން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވެފައިވާ ގައުމަތަކަކީ އިންޑިއާ، ބަންގްލަދޭޝް، ސްރީލަންކާ، ނޭޕާލް އަދި ދިވެހި ރާއްޖެއެވެ.

މުބާރާތުގެ ކަންތައްތައް އިންތިޒާމްކޮށް ކުރިއަށް ގެންދިއުމަށްތަކާ ބާސްކެޓް ބޯޅަ އެސޯސިއޭޝަންގެ އެކްސްކްކޯގެ ފަރާތުން ވަނީ އޯގަނައިޒޭޝަން ކޮމިޓީއެށް އެކުލަވާލާފައެވެ. މި ކޮމިޓީގައި ހިމެނެނީ އެމްބީއޭގެ ވައިސް ޕްރެސިޑެންޓް ކަން އަދި ޖެނެރަލް ސެކެތްރީކަންވެސް ކޮށްފައިވާ އަބްދުﷲ އާމިރު އާއި، ސްޕޯޓްސް ކޯޕަރޭޝަންގެ ބޯޑު މެމްބާރު އިބްރާހިމް އާމިރު އާއި، އެމްބީއޭގެ ކުރީގެ ވައިސް ޕްރެސިޑެންޓް އަލީ ނަސީރު އާއި، ސްޕޯޓްސް ކައުންސިލްގެ ސެކެޓްރީ އަހުމަދު އިބްރާހިމް އާއި، މެމްއީސީގެ ގެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގްގެ އިތުރުން ކުރީގެ ރެފްރީ އަލީ ސަލީމް އެވެ.

މި ކޮމިޓީގެ ފަރާތުން ވާހަކަ ދައްކަމުން އެމްއޯސީގެ ގެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގް ވިދާޅުވީ، މި މުބާރާތަށް ތައްޔާރުވުމަށް ލިބިފައިވަނީ 10 ވަރަކަށް ދުވަސް ކަމަށާއި، އެހެންކަމުން މިއީ މި މުބާރުގެ ކަންތައްތައް އިނތިޒާމު ކުރުމުގައި ދިމާވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. ނަމަވެސް މުބާރާތުގެ ކަންތައްތައް މެނޭޖް ކުރާނެ ގޮތާމެދު މުހާރުވެސް މަޝްވަރާ ކުރެވެމުން ދާކަމަށާއި، ހުރިހާ ކަމަމެއްވެސް ފުރިހަމައަށް ނިންމާލުމަށް މަސައްކަތް ކުރާނެ ކަމަށްވެސް މަރުޒޫގް ވަނީ ވިދާޅުވެފައެވެ. އެގޮތުން މުބާރާތަށް ފުރިހަމަކުރަން ޖެހޭ ބައެށް ކަންތައްތައް މިހާރުވެސް އެކި މީހުންނަށް ބަހާލައިގެން ކުރިއަށް ގެންދާކަމަށް އޭނާ ވިދާޅުވި.

މުބާރާތުގައި ވާދަކުރާ ޓީމުތަށް މިމަހުގެ 13 ވަނަ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައި ވާއިރު ސެކިއުރިޓީގެ ކަންތައްތައް ބެލަހައްޓަނެ ގޮތާމެދު މަޝްވަރާ ކުރެވެމުން ދާކަމަށް މްރުޒޫގް ވިދާޅުވިއެވެ.

ޕްރެސްގައި ވާހަކަ ދައްކަމުން އޯގަނައިޒޭޝަން ކޮމިޓީގެ ޗެއާމަން އާމިރު ވިދާޅުވީ، މި މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ބާސްކެޓް ބޯޅައިގެ ބައިނަލްއަގްވާމީ މުބާރާތްކަމުން، މިއީ ރާއްޖޭގެ ބާސްކެޓް ބޯޅައަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާ، އެހެންކަމިން މިމުބާރާތުގެ އެންމެހާ ކަންތައްތައް ފުރިހަމައަށް ގެންދިއުމަށްޓަކާ އެންމެ ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށެވެ.

ޕްރެސްގައި އިތުރަށް ވާހަކަ ދައްކަވަމުން މަރުޒޫގް ވިދާޅުވީ، މުބާރާތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް އޯގަނައިޒޭޝަން ކޮމިޓީއިން މަސައްކަތް ކުރި ނަމަވެސް، ސަޕޯޓަރުންގެ އެއްބާރުލުން ނުލިބޭނަމަ މުބާރާޓް އެންމެ ފުރިހަމަ ވެގެން ނުދާނެ ކަމަށެވެ. މަރުޒޫގް ވަނީ ހުރިހާ ދިވެހި ސަޕޯޓަރުންނަށްވެސް ގައުމީ ޓީމަށް ހިތްވަރު ދިނުމަށްޓަކާ ކޯޓަށް އައިސް ސަޕޯޓް ދެއްވުމަށް އެދިފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު