Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން

ރައީސް ޔާމީން ފަޟީހަތް ކޮށްލަނީތަ؟

9 މެއި 2017 | އަންގާރަ 14:34

ބޮޑެތި އެތައް ކަމެއް އެ މަނިކުފާށް އެނގިވަޑައިނުގެން އެބަހުރި

ހުސެން ފިޔާޒް
ހުސެން ފިޔާޒް | 9 މެއި 2017 | އަންގާރަ 14:34
ރައީސް އަބްދުﷲ ޔާމީން ވޯޓް ލައްވަނީ

ރައީސް އަބްދުﷲ ޔާމީން ވޯޓް ލައްވަނީ

ހޮނިހިރު ދުވަހުގެ ރޭ ކައުންސިލް އިންތިހާބުގެ ވޯޓްގެ ނަތީޖާ ހާމަކުރަމުން ދަނިކޮށް، ގިނަ ބަޔަކަށް ހައިރާންކަން ލިބިގެން ދިޔައީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން އެ ރައްޔިތުންނަށް ފޯރުކޮށް ދެމުން އަންނަ އާސަންދައިގެ ހިދުމަތް، ޕްރައިވެޓް ހޮސްޕިޓަލްތަކާއި މަރުކަޒުތަކުން ކަނޑާލުމަށް، ނިންމި ނިންމުމުންނެވެ. ރައީސް އޮފީހުން ބުނި ގޮތުގައި ދިވެހި ކޮންމެ ރައްޔިތަކަށް ހުސްނުވާ އާސަންދަ ފުރިހަމަ އަށް ނުލިބޭ ގޮތަށް، އެ ހިދުމަތް މެދުކަނޑާލީ އެންސްޕާއިންނެވެ. އެއީ ރައީސް އަށް އަދި ރައީސް އޮފީހަށް އެނގިގެން ކުރި ކަމެއް ނޫން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އެންސްޕާގެ ނިންމުން ރައީސް ޔާމީނަށް އެނގިވަޑައިގެންނެވުމުން، ކުރިޔެކޭ އެއްގޮތަށް ވަގުތުން އާސަންދަ އިޔާދަކުރީ ހޯމަ ދުވަހުގެ ވަގުތެއްގަ އެވެ. އެއީ އެ މަނިކުފާނުގެ ހެޔޮފުޅު ކަމުން ކަމަށް، ސަޕޯޓަރުން ބުނަމުން ދިޔައިރު، އިދިކޮޅު ފަރާތްތަކުން ދިޔައީ އިންތިހާއަށް ފާޑުކިޔަމުންނެވެ. ސަރުކާރުގެ އެންމެ މައިގަނޑު އެއް ސިޔާސަތަކީ ހުސްނުވާ އާސަންދައިގެ ހިދުމަތް ހުސްނުވެ، ރައްޔިތުންނަށް ދިނުމެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިނުގެން، އެ މަނިކުފާނުގެ ބަސްފުޅެއް ނެތި، އާސަންދައިގެ ހިދުމަތް ކަނޑާލުމުގެ ޒިންމާ އަދި އެކަމާ ގުޅިގެން އެ މަނިކުފާނަށް ރައްދުވަނުންދާ ފާޑުކިޔުމުގެ ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟

Advertisement - newsAdvertisement

މިއީ މިފަދަ ކަމެއް ދިމާވި ފުރަތަމަ ފަހަރެއް ނޫނެވެ. އިންޓެލިޖެންސް ރިޕޯޓް ރައީސް ޔާމީނަށް ނުފޮނުއްވައި، އަދި ފުލުހުންގެ ވެރިޔަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބަށް ދައްކައިގެން އުޅުނުކަން ވެސް އެ މަނިކުފާނަށް އެނގިވަޑައިނުގަތެވެ. އެމްއެމްޕީއާރުސީން އެތައް ބިލިޔަން ޑޮލަރެއް ނަގައި ހިޔާނަތްތެރިވަމުން ދިޔަކަން ވެސް އެ މަނިކުފާނަށް އެނގިވަޑައި ނުގަތެވެ.

އެމަނިކުފާނުގެ އަރިހުގައި އުޅުއްވާ ބައެއް ބޭފުޅުން، ނުހައްގު މުއްސަނދިކަމުން، ހެދި ފޯދި ބޮޑުވަމުން ދާ ކަމެއް ވެސް އަދި އެނގިވަޑައިނުގެން އޮވެދާނެ އެވެ. ޖުމްހޫރީ ޕާޓީ ދޫކޮށް، ސަރުކާރު ހިންގާ ޕާޓީއާ ގުޅިވަޑައިގެންނެވި މެމްބަރުން އެނބުރި ވަޑައިގެންނެވި ނަމަ، އެ ބޭފުޅުންގެ ދާއިރާގެ ޓިކެޓް އަލުން ދޭނެ ކަމަށާއި "އެހީތެރިކަން" ވެސް ދޭން ވިދާޅުވުމުން، އެއީ ރިޝްވަތު ކަމަށް ތުހްމަތުކޮށް ފުލުހުން ތަހްގީގުކޮށް ދައުވާކޮށްފައިވާއިރު، ދެން ހުރި ބައެއް ކަންކަން ވެސް ގޯހުން ގޯހަށް ދިއުމުގެ ކުރިން ވަލިއްޔުލްއަމުރުގެ ސަމާލުކަމަށް ފުލުހުން ގެންނަން އެބަ ޖެހެ އެވެ.

ފައިސާ ގޯނި ހިފައިގެން ބެހި މީހާ އާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަދީބު ބެހީ ތިމަންނަގެ ފައިސާއޭ ވިދާޅުވި ބޭފުޅާގެ މައްސަލަ ވެސް ބަލައި، ރައީސްގެ ސަމާލުކަމަށް އެކަން ގެންނަންޖެހެ އެވެ. އަގުބޮޑު ކާރުކޮޅާއި އަލިމަސްޖެހި އަނގޮޓި ދިންކަން ވެސް އަދިވެސް ރައީސަށް އެނގިވަޑައިނުގަނެ އޮވެދާނެ އެވެ. އެހެންވެ، އެކަން ވެސް ފުލުހުން ބަލަން އެބަޖެހެ އެވެ. ކުންފުނިތަކުގެ އިސް ވެރިންނާއި، ދައުލަތުގެ ނިޒާމު ބޭނުންކޮށްގެން، ފައުންޑޭޝަނުން ނާޖާއިޒު ފައިދާ ހޯދަމުންދާ މައްސަލަ ވެސް ބަލަންޖެހެ އެވެ. ރައްޔިތުންނަށް ކަރަންޓްގެ އަގުބޮޑުވާ ގޮތަށް، ބޮޑު އަގުގައި ތެޔޮ ވިއްކާ މައްސަލަ ވެސް ބަލަންޖެހެ އެވެ. އަދި ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ބައެއް ވެރިންނަށް، އުސޫލެއް ނެތި ފްލެޓްތައް މިލްކޮށް ދިންކަން ވެސް ރައީސް ޔާމީނަށް އެނގިވަޑައިނުގެން އޮވެދާނެ އެވެ. ފަނޑިޔާރެއްގެ ބަރަހަނާ ވީޑިއޯއެއް އުޅުނުކަން ވެސް އެ މަނިކުފާނަށް އަދިވެސް އެނގިވަޑައިނުގެން އޮވެދާނެ ކަމަށް ގަބޫލުކުރެވެ އެވެ. މިފަދަ އެތައް ކަމެއް އެބަ ހުއްޓެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް ގެއްލިފައިވާއިރު، މުޅި ކެމްޕޭން ކުރިއަށް ގެންދިޔައީ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯފުޅު ބޭނުންކޮށްގެންނެވެ. އެ ކަން އެ މަނިކުފާނަށް އެނގިވަޑައިނުގެން އޮވެދާނެ އެވެ. ކާމިޔާބު ނުވާނެ ފަދަ ކެންޑިޑޭޓުންތަކެއް ނެރުމުގެ އިތުރަށް، އެ މަނިކުފާނުގެ ފޮޓޯފުޅު ޕޯސްޓަރާއި ކެންވަސްތަކުގައި ޖަހައިގެން ކެމްޕޭން ކުރިކަން މި ބުނެލީ އެވެ. އެ މަނިކުފާނު މި ހަބަރު ބައްލަވަން އިންނެވި ނަމަ، މި ފާހަގަކުރި ކަންކަން ބައްލަވާށެވެ.

ވިސްނަވާށެވެ. އަހަރެމެން ހުރިހާ ދިވެހި ރައްޔިތުން ރައީސް އަބްދުﷲ ޔާމީން މަގާމަށް އައްޔަންކުރެއްވުމަށް ފަހު، އެ މަނިކުފާނަށް އެހީތެރިކަން ފޯރުކޮށްނުދީ، ފަޟީހަތް ކުރުމުގެ މަސައްކަތްކޮށްގެން ނުވާނެ އެވެ. ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކުންވެސް އެ މަނިކުފާނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހެ އެވެ. ކުރާ ކަންކަމާއި ހިނގާ ކަންކަމުގެ ފުރިހަމަ މައުލޫމާތު ދޭންޖެހެ އެވެ. ނޫންނަމަ، އެމަނިކުފާނު ކަންކަމާމެދު އުއްމީދު ކުރައްވާ ގޮތާއި އެކަންކަމުގެ ނަތީޖާ ނުކުންނަ ގޮތާއި ދިމާނުވެ ދިއުން ނޫން ކަމެއް ނުވާނެ ނޫންތޯއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް