Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޮރީނިއޯއާއި ރޯމާގެ ކުރިމަގު

އޭއެސް ރޯމާއަކީ މިހާތަނަށް މޮރީނިއޯގެ އެންމެ ތަފާތު ޕްރޮޖެކްޓް

5 މެއި 2021 | ބުދަ 09:43

އެކި ޓީމުތަކަށް މޮރީނިއޯ ވަނީ ވިއްސަށް ވުރެ ގިނަ ތަށި ހޯދާދީފައި

| 5 މެއި 2021 | ބުދަ 09:43
ހޯސޭ މޮރީނިއޯ މީގެ އެގާރަ އަހަރުކުރިން އިންޓަރ މިލާނަށް އިޓާލިއަން ލީގު ކާމިޔާބުކޮށްދިނުމަށް ފަހު ޓްރޮފީ އުފުލާލަނީ: މޮރީނިއޯ ވަނީ މިހަފުތާގައި އޭއެސް ރޯމާއާ ހަވާލުވެފައި

ހޯސޭ މޮރީނިއޯ މީގެ އެގާރަ އަހަރުކުރިން އިންޓަރ މިލާނަށް އިޓާލިއަން ލީގު ކާމިޔާބުކޮށްދިނުމަށް ފަހު ޓްރޮފީ އުފުލާލަނީ: މޮރީނިއޯ ވަނީ މިހަފުތާގައި އޭއެސް ރޯމާއާ ހަވާލުވެފައި

އިނގިރޭސިވިލާތުގެ ޓޮޓެންހަމަ ހޮޓްސްޕާއިން ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ ބޭރުކޮށްލިތާ މަސްދުވަސް ނުވަނީސް އިޓަލީގެ އޭއެސް ރޯމާއާ ހަވާލުވުމުގެ އެއްބަސްވުމެއްގައި އޭނާ ވަނީ މި ހަފުތާގައި ސޮއިކޮށްފައެވެ. ރޯމާއާ އޭނާ ހަވާލުވާނީ މި ސީޒަން ނިމުމަށްފަހު އަންނަ ސީޒަނުން ފެށިގެންނެވެ.

ރޯމާއާ ހަވާލުވެގެން އެއީ އިޓަލީގެ އެންމެ ބޮޑު ބާރަށް ހެދުމުގެ މަޝްރޫއު ހޯސޭ މޮރީނިއޯއަށް ދިނީ ކާކުބާވައެވެ. އެމީހަކީ ރޯމާގެ ވެރިޔާ ޑެން ފްރައިޑްކިން އެވެ. އެއީ އެމެރިކާގެ މަހުޖަނެކެވެ. އޭނާގެ އެދުމުގެ މަތިން މޮރީނިއޯގެ ކަންތަކުގައި އުޅުނީ ރޯމާގެ ސްޕޯޓިން ޑައިރެކްޓަރ ޓިއާގޯ ޕިންޓޯއެވެ. މި ދެމީހުން ހޯސޭ މޮރީނިއޯއަށް ދިނީ ތިން އަހަރުގެ އެއްބަސްވުމެކެވެ. އޭގައި ވަނީ ތަށި ހޯދައިދޭ ވާހަކައެއް ނޫނެވެ. ތަށި ހޯދުމަށް ޓީމު ބިނާކުރުމުގެ ވާހަކައެވެ. އެހެންވީމާ މިއީ މިހާތަނަށް މޮރީނިއޯ ހަވާލުވި އެމްމެ ތަފާތު ޕްރޮޖެކްޓެވެ.

ރޯމާގެ ކޯޗަކަށް ހޯސޭ މޮރީނިއޯ އައްޔަން ކުރި ވާހަކަ އިއުލާން ކުރީއްސުރެ ރޯމުގައި މިހާރު ދެވަނަ އެހެން ވާހަކައެއް ނެތެވެ. ރޭޑިއޯ ޓީވީތަކުން ހުއްޓުމެއް ނެތި ދައްކަނީ އެވާހަކައެވެ. ކުލަބުގެ ސަޕޯޓަރުން ތިބީ އުފަލުން ފޮޅިފައެވެ. ފަހަކަށް އައިސް ރޯމާއަށް ކުރިމަތިވަމުން އައި ބޮޑެތި ނާކާމިޔާބީތަކުގެ މަތިން ކުއްލިއަކަށް އެންމެން ހަނދާން ނެތިއްޖެއެވެ.

މޮރީނިއޯ އަންނަ ވާހަކައިން ރޯމަށް ހިތްހަމަ ޖެހުން ލިބިފައިވިޔަސް އިނގިރޭސވިލާތުގައި މޮރީނިއޯއަށް ދިމާވި ކަންތައްތައް ތަކުގެ ސަބަބުން އޭނާއަށް ރޯމުގައި ކުރެވޭނީ ކޮން ކަމެއް ބާވައޭ އަހައި ސުވާލު ކުރާ މީހުން ވެސް މަދެއް ނޫނެވެ. އެފްސީ ޕޯޓޯ އާއި އިންޓަރ މިލާނަށް ބޮޑެތި ކާމިޔާބީތަކެއް މޮރީނިއޯ ހޯދައިދިނަސް ފަހަކަށް އައިސް އެކަހަލަ ކަމެއް ނުކުރެވި ކޮންމެ ޓީމަކުންވެސް ސައްޕު ޖަހައި ބޭރުކޮށްލާ މީހަކަށް މޮރީނިއޯ ވަނީ ވެފައެވެ. އެހެންވީމާ މޮރީނިއޯއަށް އިހު ލިބިފައިވި ޚާއްސަކަން މިހާރުވެސް ލިބިފައިވޭތޯ ބަލަން ބޭނުންވަނީއެވެ.

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓެންހަމް އަދި ރެއާލް މެޑްރިޑާއި ޗެލްސީގައި މޮރީނިއޯއަށް ދިމާވި މައްސަލައަކީ ސަޕޯޓަރުންނާއި މެނޭޖްމަންޓުގެ އުއްމީދުތައް މަތިވުމެވެ. ފުރަތަމަ ދުވަހުން ފެށިގެންވެސް ތަށި ހޯދަން އަމާޒު ހިފުމެވެ. އެކަމަކު ރޯމާގައި މޮރީނިއޯއަށް އެކަހަލަ ފިއްތުމެއް ނޯންނާނެއެވެ. ޓީމެއް އުފައްދައި ތަރައްގީކޮށް ކާމިޔާބީގެ ހަރުފަތްތަކާ ހަމައަށް ގެންދަން މޮރީނިއޯއަށް ވަގުތު ލިބޭނެއެވެ. ފުލުފުލުގައި ބަލިވިޔަސް ޓީމު ރެލިގޭޓް ނުވާހާ ހިނދަކު މޮރީނިއޯއަށް ޕްރެޝަރެއް ނޯންނާނެއެވެ. އެހެންވީމާ މިއީ މިހާތަނަށް މޮރީނިއޯ ހަވާލުވި އެންމެ ތަފާތު ޕްރޮޖެކްޓެވެ.

ޓީމު އަލުން ބަލުން އުފެއްދުމުގެ މަޝްރޫއާ މޮރީނިއޯ ހަވާލުވާއިރު އެއީ ކުއްލިއަކަށް ކުރެވެން އޮތް ކަމެއް ވެސް ނޫނެވެ. ފައިސާއެއް ނެތެވެ. ރޯމާގެ އޯނަރާއި ސްޕޯޓިން ޑިރެކްޓަރު ވަނީ ފައިސާ ބޭނުން ކަމަށްވަންޏާ ކުޅުންތެރިން އެންމެ ފުރަތަމަ ވިއްކައިގެން ފައިސާ ހޯދާށޭ ބުނެފައެވެ. އެހެންވީމާ ފުރަތަމަ ކަމަކަށްވެސް އޮންނާނީ ވިއްކުމެވެ. ގަތުން އަންނާނީ އޭގެ ފަހަތަށެވެ.

ރޯމާއަކީ އިޓަލީގައި ބޮޑު ކުލަބެކެވެ. ވަރަށް ބޮޑު ކުލަބެކެވެ. ރޯމަކީ އިޓަލީގެ ވެރިރަށެވެ. އެރަށުގެ އެންމެ މުހިއްމު އެންމެ ބޮޑު ކުލަބަކީވެސް ރޯމާއެވެ. އެކަމަކު މި ބޮޑުކަން ފުޓުބޯޅައިގައި ނުދެމެހެއްޓެއެވެ. ފުޓުުބޯޅައިގައި ރޯމާ އޮންނަން ޖެހެނީ ޓިއުރިންގެ ކުލަބުތަކާއި މިލާނުގެ ކުލަބުތަކުގެ ހިޔަނީގެ ފަހަތުގައެވެ. އެހެންވީމާ ރޯމާގެ މެނޭޖްމަންޓާއި ސަޕޯޓަރުން ބޭނުންވަނީ މޮރީނިއޯގެ އެހީގައި ރޯމާ އަލުން ބަލުން ބިނާކުރުމަށެވެ. ކާމިޔާބު ހޯދުމުގެ ބިންގަލެއް އަޅައި ދިނުމަށެވެ.

އިޓަލީގެ ލީގު ރޯމާއަށް އެންމެ ފަހުން ކާމިޔާބނު ކުރެވުނީ 2001 ވަނަ އަހަރު ފަބިއޯ ކަޕޭއްލޯގެ އިރުޝާދުގެ ދަށުންނެވެ. ތައްޓެއްގެ ފޮތުގައި ރޯމާއަށް އެންމެ ފަހުން ލިބުނު ތައްޓަކީ އިޓާލިއަން ސުޕަރ ކަޕެވެ. އެ ތަށި ލިބުނީ 2008 ވަނަ އަހަރު ލޫޗިއާނޯ ސްޕަލެއްޓީގެ އިރުޝާދުގެ ދަށުންނެވެ. 

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

03 މެއި 2017

ރޮނާލްޑޯ އަކީ މުޅިން ތަފާތު ކުޅުންތެރިއެއް: ޒިދާން

03 މެއި 2017
ރޮނާލްޑޯ އަކީ މުޅިން ތަފާތު ކުޅުންތެރިއެއް: ޒިދާން
03 މެއި 2017

ފާއިތުވި ދެ އަހަރަށް ފަހު މޮނަކޯ ފެންނަނީ ތަފާތުކޮށް: އެލެގްރީ

03 މެއި 2017
ފާއިތުވި ދެ އަހަރަށް ފަހު މޮނަކޯ ފެންނަނީ ތަފާތުކޮށް: އެލެގްރީ
29 އެޕްރީލު 2017

ތަފާތު ބޮޑު ނަތީޖާއަކުން މުންޑޫ ބަލިކޮށް ކުނަހަންދޫ ފައިނަލަށް

29 އެޕްރީލު 2017
ތަފާތު ބޮޑު ނަތީޖާއަކުން މުންޑޫ ބަލިކޮށް ކުނަހަންދޫ ފައިނަލަށް
24 އެޕްރީލު 2017

އަލަށް ހަވާލުވި ކޯޗް ނަޒީހު އާއި އެކު ޔޫވީ ތަފާތު ދައްކައިފި

24 އެޕްރީލު 2017
އަލަށް ހަވާލުވި ކޯޗް ނަޒީހު އާއި އެކު ޔޫވީ ތަފާތު ދައްކައިފި
19 އެޕްރީލު 2017

ތަފާތު ބޮޑު ނަތީޖާއަކުން މެކާނޯގެ މައްޗަށް ކުޑަހެންވޭރު ކުރި ހޯދައިފި

19 އެޕްރީލު 2017
ތަފާތު ބޮޑު ނަތީޖާއަކުން މެކާނޯގެ މައްޗަށް ކުޑަހެންވޭރު ކުރި ހޯދައިފި
18 އެޕްރީލު 2017

ފުރަތަމަ އައިއޭއެސް ޓެނިސް ޗެމްޕިއަންޝިޕް ނިންމާލައިފި

18 އެޕްރީލު 2017
ފުރަތަމަ އައިއޭއެސް ޓެނިސް ޗެމްޕިއަންޝިޕް ނިންމާލައިފި
14 އެޕްރީލު 2017

ޔޫވީ އަކީ މުޅިން ތަފާތު ޓީމަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ: ނަޒީހު

14 އެޕްރީލު 2017
ޔޫވީ އަކީ މުޅިން ތަފާތު ޓީމަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ: ނަޒީހު
18 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ

18 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް