Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އައިއޭއެސް ޓެނިސް

ފުރަތަމަ އައިއޭއެސް ޓެނިސް ޗެމްޕިއަންޝިޕް ނިންމާލައިފި

މުބާރާތުގައި 10 ކެޓަގަރީ އަކުން ޖުމްލަ 136 ކުޅުންތެރިން ވާދަކުރި

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 18 އެޕްރީލު 2017 | އަންގާރަ 11:21
އައިއޭއެސް ޓެނިސް ޗެމްޕިއަންޝިޕް ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން

އައިއޭއެސް ޓެނިސް ޗެމްޕިއަންޝިޕް ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގުޅިގެން ބޭއްވި ފުރަތަމަ އައިލެންޑް އޭވިއޭޝަން މޯލްޑިވިއަން ޓެނިސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ކުލަގަދަ ރަސްމިއްޔާތަކުން ނިންމާލައިފިއެވެ.

މެރީ ބްރައުން ޓެނިސް ކޯޓުގައި ހޯމަ ދުވަހުގެރޭ ކުރިއަށްގެންދިޔަ މި މުބާރާތުގެ ކްލޯސިން ސެރަމަނީ ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމާއި އައިލެންޑް އޭވިއޭޝަންގެ ޗެއާމަން އަހުމަދު ޝަފީއު އެވެ.

ޖުމްލަ 136 ކުޅުންތެރިން ވާދަކުރި 10 ކެޓަގަރީގެ ތެރެއިން އަންހެން ބައިގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އައިމިނަތު މަލީލާ ސާލިހު އެވެ. އަދި މިބައިގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ރާއްޖޭގެ އެއް ނަމްބަރު ޓެނިސް ކުޅުންތެރިޔާ އަބްދުﷲ ފާއީ ފަޒީލެވެ.

އެކި އުމުރުފުރާތަކުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި 68 ފިރިހެން ކުޅުންތެރިންނާއި 68 އަންހެން ކުޅުންތެރިން ވާދަކުރި އިރު، މުބާރާތުގައި 45 އަހަރުން މަތީގެ ކުޅުންތެރިންވެސް ވަނީ ވާދަކޮށްފައެވެ. އެގޮތުން މި އުމުރުފުރާގެ ސިންގަލްސް އިވެންޓުގެ އެއްވަނަ ހޯދީ ހަސަން ޝާމް އެވެ. އަދި އޯޕަން ޑަބަލްސްގެ ޗެމްޕިއަންކަން އަބްދުﷲ ފާއީ ފަޒީލް އާއި ހުސައިން ރަބީއުގެ ޕެއާއިން ހޯދި އިރު، އަންހެން ޑަބަލްސް އިވެންޓުން ޗެމްޕިއަންކަން ހޯދީ އައިމިނަތު މަލީލާ ސާލިހު އާއި އަޔާނީ މޫސާ ކަލީމްގެ ޕެއާ އެވެ.

ކުރިއަށް އޮތް ތިން އަހަރުވެސް އައިއޭއެސް ގުޅިގެން މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ޓެނިސް އެސޯސިއޭޝަންގެ ރައީސް އަހުމަދު ނަޒީރު ވިދާޅުވީ މޯލްޑިވިއަން ފަދަ ބޮޑު ކުންފުންޏެއް މިވަރުގެ މުބާރާތެއްގެ މެއިން ސްޕޮންސަރުގެ ގޮތުގައި ހަމަޖެހިގެން ދިއުމުން އެކަމާ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި އަދި މިކަމުން ދައްކުވައިދެނީ އެފަރާތުން ކުޅިވަރަށް ހުންނަ ޝައުގުވެރިކަން ކަމަށެވެ.

ނަޒީރު ވިދާޅުވީ މި މުބާރާތް ފެށިގެން ނިމުމާ ހަމައަށް އައި އިރުވެސް މޯލްޑިވިއަންގެ މުވައްޒަފުންގެ ފަރާތުން ކޮންމެ ދުވަހެއްގެ ކުޅުން ކުރިއަށްދާ އިރު އެއްބާރުލުން ލިބޭ ކަމަށާއި އެކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު