Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންސް ލީގު

ފާއިތުވި ދެ އަހަރަށް ފަހު މޮނަކޯ ފެންނަނީ ތަފާތުކޮށް: އެލެގްރީ

މޮނާކޯއާ ދެކޮޅަށް ކުޅޭ މެޗުގައި ޔުވެންޓަސްއަށް ފަސޭހައެއް ނުވާނެ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 3 މެއި 2017 | ބުދަ 19:48
ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ

ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ

ފާއިތުވި ދެ އަހަރަށްފަހު މިހާރު މޮނާކޯ ފެންނަނީ ތަފާތު މޮޅުކޮށް ކަމަށާއި އެޓީމުން ޔުވެންޓަސްއާ ދެކޮޅަށް ނުކުންނަ މެޗު ފަސޭހަ ނުވާނެ ކަމަށް ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުނެފިއެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ޗެމްޕިއަންސް ލީގްގެ ފައިނަލާ ހަމަޔަށް ޔުވެންޓަސް ދަތުރު ކުރީ ކްއާޓާ ފައިނަލުގައި މޮނާކޯ ބަލި ކުރުމަށްފަހު އެވެ. އޭގެ ދެ އަހަރު ފަހުން މޮނަކޯ ކުރިއަށް ޖެހިލައި މިރޭ އެ ޓީމުން ޔުވެންޓަސްއާ ދެކޮޅަށް ނިކުންނަނީ ސެމީ ފައިނަލުގަ އެވެ.

އެލެގްރީ ބުނީ ޔުވެންޓަސް އިން އަންނަނީ އެކި މެޗުތަކުގައި ކުރިއެރުންތައް ހޯދަމުން ކަމަށާއި އަދި އެޓީމުގެ ވަކިވަކި ޑިޕާޓްމެންޓްތަކުން ވެސް ބޮޑު ބޮޑު ކުރި އެރުންތަކެއް ހޯދަމުން އަންނަކަން ގަބޫލުކުރެވޭ ކަމަށެވެ.

އެލެގްރީ ބުނީ މޮނާކޯ އިން ކުޅެފައިވާ މެޗުތަކުގެ ތަފާތު ހިސާބުތައް ދައްކާ ގޮތުން އެޓީމުން ހަމަލާ އުފެއްދުމުގަ އާއި ޑިފެންސްގައި ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަ ކުރެވޭ ކަމަށާއި އަދި އެ ޓީމުން ގޯލް ޖެހުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށެވެ.

މިރޭގެ މެޗުގައި ޔުވެންޓަސް އަށް ކުރިމަތިވާނެ އެއް މައްސަލައަކީ، ދެ ކާޑު ހަމަވުމުގެ ސަބަބުން ސާމީ ކެދީރާއަށް ސަސްޕެންޝަނެއް އައިސްފައިވުމެވެ. އެހެން ކަމުން އޭނާގެ ބަދަލުގައި ސެންޓަރަލް މިޑްފީލްޑަރަކަށް ކުޅެނީ ކްލައުޑިއޯ މަރުކީސިއޯ އެވެ.

އަންނަ ސީޒަންގައި، ޔުވެންޓަސްގެ ކޯޗްގެ ގޮތުގައި ހުންނާނަންތޯ އެހުމުން، އެލެގްރީ ބުނީ ސީޒަންގެ ފަހުން އެކަމާ ވާހަކަ ދައްކަން ކުލަބުގެ މެނޭޖްމެންޓާ ވާހަކަ ދައްކާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017
ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު