Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބެލްޖިއަމް- ފްރާންސް ބޯޑަރު

އޮޅިގެން ބޯޑަރު ބަދަލު ކުރެވުމުން، މައްސަލަ ހައްލުކުރީ ހިނިތުންވުމަކާއެކު

ގާގަނޑުތައް ބަދަލުކުރީ ޓްރެކްޓަރުގައި އެ ސަރަޙައްދުން ދުއްވުމަށް ދަތިވުމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 މެއި 2021 | ބުދަ 02:53
ބެލްޖިއަމް- ފްރާންސް ބޯޑަރު ވަކި ކުރުމަށް ބަހައްޓާފައިވާ ގާގަނޑެއް

ބެލްޖިއަމް- ފްރާންސް ބޯޑަރު ވަކި ކުރުމަށް ބަހައްޓާފައިވާ ގާގަނޑެއް

ފްރާންސްއާއި ބެލްޖިއަމް ވަކި ކުރުމަށް ކަނޑައަޅާފައިވާ ބޯޑަރު މާރކުތައް ބެލްޖިއަމްގެ ދަނޑުވެރިއަކަށް އޮޅުމަކުން ބަދަލު ކުރެވިއްޖެއެވެ.

ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން އެކަން ފުރަތަމަ ފާހަގަ ކުރެވިފައިވަނީ ތާރީޚު ދިރާސާ ކުރާ މީހަކަށެވެ. އެގޮތުން ދެ ޤައުމުގެ ބޯޑަރު ވަކި ކުރަން ބަހައްޓާފައި ހުރި ގާގަނޑުތައް 7.5 ފޫޓަށް ދުރުކޮށްފައިވާކަން ފާހަގަ ކުރެވުނުކަމަށް އެމީހާއާ ޙަވާލާދީ ބީބީސީގައި ރިޕޯޓު ކޮށްފައިވެއެވެ. ރިޕޯޓުތައް ބުނާގޮތުން ބޯޑަރު ވަކި ކުރުމަށް ބަހައްޓާފައި ހުރި ގާގަނޑުތައް ދުރުކޮށްފައިވަނީ ބެލްޖިއަމްގެ ދަނޑުވެރިއެކެވެ. އޭނާ ގާގަނޑުތައް ބަދަލުކުރީ ޓްރެކްޓަރުގައި އެ ސަރަޙައްދުން ދުއްވުމަށް ދަތިތަކާއި ކުރިމަތިވުމުގެ ސަބަބުން އެކަމާއި ހިތްހަމަނުޖެހި، އޮޅުމަކުންނެވެ.

އާންމުކޮށް ބޯޑަރުތަކުގެ މައްސަލައިގައި އެއް ޤައުމު އަނެއް ޤައުމާ ތަޅާފޮޅައި އުޅުނު ނަމަވެސް، މި ޙާލަތުގައި ފްރާންސާއި ބެލްޖިއަމްއިންވެސް ވަނީ ހިނިތުންވުމަކާއެކު މި މައްސަލަ ޙައްލު ކޮށްފައެވެ. ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން ދެ ޤައުމުގެ އޮފިޝަލުން ވެސް ވަނީ ސަމާސާ ރާގެއްގައި އެކަމާ ގުޅިގެން ވާހަކަ ދައްކަވައި، އެ މައްސަލަ މިހާރު ހައްލުކޮށްފައެވެ. އެގޮތުން އެ ގާގަނޑު އަނބުރާ ހުރި ތަނަށް ގެންދިއުމަށް ދަނޑުވެރިޔާއަށް އެންގުމަށް މިހާރު ވަނީ ނިންމާފައެވެ. ނަމަވެސް އެކަން ނުކޮށްފިނަމަ އޭނާގެ މައްޗަށް އަދަބުތަކެއް އައުން އެކަށީގެންވާކަމަށް ބީބީސީގައި ރިޕޯޓު ކޮށްފައިވެއެވެ.

ފްރާންސާއި ބެލްޖިއަމްގެ ބޯޑަރު 390 މޭލު ދުރަށް ދެމިގެން ގޮސްފައިވާއިރު، ބޯޑަރު ވަކި ކުރުމަށް ގާތަކެއް ބަހައްޓާފައިވަނީ 1819 ވަނަ އަހަރު ކަމަށް ބީބީސީގައި ރިޕޯޓު ކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
16 ފެބުރުއަރީ 2017

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

16 ފެބުރުއަރީ 2017
ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ
16 ފެބުރުއަރީ 2017

ފްލިންގެ މައްސަލަ ބެލުމަށް ރިޕަބްލިކަން ޕާޓީގެ އިސްބޭފުޅުން ވެސް ތާއީދު

16 ފެބުރުއަރީ 2017
ފްލިންގެ މައްސަލަ ބެލުމަށް ރިޕަބްލިކަން ޕާޓީގެ އިސްބޭފުޅުން ވެސް ތާއީދު
02 ފެބުރުއަރީ 2017

ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް

02 ފެބުރުއަރީ 2017
ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
27 ޖެނުއަރީ 2017

އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް

27 ޖެނުއަރީ 2017
އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު