Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދިވެހި ފޫޅުމައިން

ފޫޅުމައިންނަށް ތައުރީފު ހައްގު!

ދުޅަހެޔޮ ޖީލެއް ބިނާ ކުރުމަށްޓަކައި ޒަމާނީ ފޫޅުމައިންގެ ރޯލު އިންތިހާއަށް ބޮޑު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 4 މެއި 2021 | އަންގާރަ 18:08
ވިހެއުމުގެ ތެރޭގައި ދިމާވާ ކުއްލި ނުރައްކާތެރި ހާލަތުތައް ދެނެގަނެ އެކަންކަން ހައްލު ކުރުމުގެ ފެންވަރު ފޫޅުމައިންގެ ކިބައިގައި ހުންނާނެ

ވިހެއުމުގެ ތެރޭގައި ދިމާވާ ކުއްލި ނުރައްކާތެރި ހާލަތުތައް ދެނެގަނެ އެކަންކަން ހައްލު ކުރުމުގެ ފެންވަރު ފޫޅުމައިންގެ ކިބައިގައި ހުންނާނެ

އިންސާނިއްޔަތަށްޓަކައި ކުރެވޭ އެންމެ މާތް އަދި އެންމެ އަގުހުރި މަސައްކަތަކީ ނަރުސްކަމޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. ދިވެހިރާއްޖޭގައި އާދަކާދަ އޮންނަ ގޮތުން ގޭގައި ތިބޭ އަންހެނުންނަކީ، އާއިލާގެ ކުޑަ ކުދިންނާއި، ފިރިހެނުން އަދި ދުވަސްވީ މީހުންނާއި އެހެނިހެންވެސް މީހުންނަށް އަޅާލައި ބަލިވެއްޖެނަމަ ޚިދުމަތުގައި ދެމިތިބުމުގެ ޒިންމާ މަތިކުރެވިފައިވާ ފަރާތެވެ. އެޔާއެކު މާބަނޑު އަންހެނުން ވިއްސުމަށްޓަކައި ފޫޅުމައިން އުފެދި އެމީހުންގެ ބެލުމުގެ ދަށުން މާބަނޑުމީހުން ވިއްސުމުގެ ކަންކަން އެޒަމާނުގައިވެސް އައީ ކުރެވެމުންނެވެ.

މިމަސައްކަތުގެ ތެރެއިން ފޫޅުމައިކަން ވުޖޫދަށް އައީ ދިވެހިރާއްޖޭގައި މީހުން އާބާދުވެ ދިރިއުޅެން ފެށީއްސުރެއޭ ބުނެވިދާނެއެވެ. އެހެންނަމަވެސް ޒަމާނީ ނަރުސްކަން އޭގެ ގޮތުގައި އެންމެ ފުރަތަމަ ކުރަން ފެށުނީ 1960 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އެޔާއެކު ނަރުސްކަން ކިޔެވުމަށް  އެޒަމާނުގައި ޝައުޤުވެރިކަން ފާޅުކުރި ބައެއް ދަރިވަރުންނަށް އެފުރުސަތު ދެވި ޚާއްސަ އިސްކަމެއް ދެއްވައިން ރާއްޖޭގައި ނަރުހުން އުފެއްދުމުގެ މަސައްކަތް އޭރުގެ ސަރުކާރުން ފަށައިގަތެވެ.

ކުރީޒަމާނުގައި ފޫޅުމައިން ކުރަމުން އައި މަސައްކަތަކީ އެޒަމާނަށް ބަލާއިރު އެންމެ އެކަށޭނެ މަސައްކަތެވެ. މާބޮޑު ތައުލީމެއް، ތަމްރީނެއް ނެތި ހަމައެކަނި ތަޖުރިބާގެ އެހީގައި ފޫޅުމައިކަން ކުރަމުން ދިޔައިރު ތަފާތު އެކިކަހަލަ ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އެގޮތުން މީގެ 40 ހަކަށް އަހަރު ކުރިން ދިވެހިރާއްޖޭގައި ވިހާ ކޮންމެ 1000 ކުއްޖެއްގެ ތެރެއިން 130 ކުދިން ވިހެއުމުގެ ތެރޭގައި މަރުވާކަމަށާއި އަދި އުމުރުން އަހަރެއް ނުވަނީސް މަރުވާ ކުދިންގެ ނިސްބަތް 42 އިންސައްތަ އާއި ގާތް ކުރާ ކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާގެ ސްޓެޓިސްޓިކަލް އެނަލަސިސް އިން ދައްކައެވެ.

އެހެންނަމަވެސް 2016 ވަނަ އަހަރާއި ހަމަޔަށް އައި އިރު އުމުރުން އަހަރެއް ނުވަނީސް މަރުވާ ކުދިންގެ ނިސްބަތް އުޅެނީ ކޮންމެ 1000 އަކުން 5 އިންސައްތަ ކުދިންނެވެ. މި ފަރަގު މިހާ ބޮޑުތަނުން ކުޑަ ކުރެވިފައި ވަނީ ޝައްކެއްވެސް ނެތް ގޮތުގައި މިޑްވައިފުންގެ ހިއްސާ ވަރަށް ފުރިހަމަޔަށް ހިމެނިގެންނެވެ. ޒަމާނީ ތަޢުލީމާއެކު ފޫޅުމައިން ތަމްރީނުވެ އެންމެ ފަހުގެ ތަޖުރިބާއާއި ހުނަރު ބޭނުންކޮށް މާބަނޑު އަންހެނުން ވިއްސުމަށްޓަކައި އަދުގެ ފޫޅުމައިން ނުވަތަ މިޑްވައިފުން އަދާ ކުރަމުންދާ ދައުރަކީ ފާހަގަ ނުކޮށް ދޫކޮށްލެވޭނެ ކަމެއް ނޫނެވެ.

މާބަނޑުއިރު ދިމާވާ އެކި ކަހަލަ މައްސަލަތައް ދެނެގަނެވޭނެ އިންތިޒާމެއް އެ ޒަމާނުގައި ހަމަޖެހިފައި ނެތަސް ޒަމާނީ ވަސީލަތްތަކުގެ އެހީގައި އެތައް ކަމެއް މިހާރު ދެނެގަނެވެއެވެ. އެޔާއެކު ބަލިވެ އިނީއްސުރެ މާބަނޑުމީހާގެ ހާލަތު ދެނެގަނެ، ވިހެއުމަށް ތައްޔާރުވާނެ ގޮތުގެ މައުލުމާތު ފޯރުކޮށްދިނުމުން ފެށިގެން ކުރަންޖެހޭ ކަސްރަތުތަކާއި ހެލިފެލިވެ އުޅެވޭނެ މިންވަރު، އަދި މާބަނޑު އިރު ދިމާވާ އެކިކަހަލަ އުނދަގޫތަކުން ސަލާމަތް ވާނެ ގޮތްތަކަށް އަހުލުވެރިކޮށްދީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކުރެވޭ މިފަދަ އެންމެހާ މަސައްކަތްތަކުން ދުޅަހެޔޮ ޖީލެއް ބިނާ ކުރުމުގައި މިޑްވައިފުންގެ ރޯލު އިންތިހާއަށް ބޮޑެވެ،

ނަތީޖާއެއްގެ ގޮތުން އަލަށް ބަލިވެ އިންނަ މާބަނޑު މީހާއަށްވެސް އެ މުއްދަތުގައި އަމަލުތައް ބައްޓަން ކުރަންވީ ގޮތާއި، ކެއިންބުއިމުގައި ގެންގުޅެންޖެހޭ ގޮތްތައް އޮންނަނީ ސާފުވެފައެވެ. ހަމައެޔާއެކު މާބަނޑުމީހާއަށް ނުވަތަ ބަނޑުގައިވާ ދަރިފުޅަށް ނުރައްކާވާ ހާލަތްތަކާއި މާބަނޑުއިރު ދިމާވާ ނަފްސާނީ ބަލިކަށިކަމަށްވެސް ހައްލު ހޯދައިދިނުމަށްޓަކައި އަދުގެ މިޑްވައިފުން އަންނަނީ ބޮޑު ރޯލެއް އަދާކުރަމުންނެވެ.

ދުވަސްފުރިފައިވަނިކޮށް ކުއްލިއަކަށް ދަރިފުޅު ބަނޑަށް މަރުވުމަކީ އިހުޒަމާނުގައި ގޮތްނޭނގޭ މަރެއްގެ ގޮތުގައި ސިފަކުރިޔަސް، ނުވަތަ ފަންޑިތަވެރިކަމެއް ކަމުގައި ގަބޫލުކޮށް އެވާހަކަ ނިންމާލިޔަސް މިއަދު އެޒަމާން ވަނީ ފާއިތުވެ ގޮސްފައެވެ. މިގޮތުން ކުއްޖާ ބަނޑަށް މަރުވެދާނެ ސަބަބުތައް ޒަމާނީ ތައުލީމާއެކު އަދުގެ ފޫޅުމާކަން ކިޔަވާ ދަރިވަރުންނަށް އަންނަނީ ކިޔަވައިދެމުންނެވެ. އަދި އެކަމުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދުރާލާ އަޅަމުން އައުމުގެ ނަތީޖާއެއްގެ ގޮތުން ވިހެއުމުގެ ތެރޭގައި ފުރާނަޔަށް ނުރައްކާވެދާނެ ހާލަތުތައް މަދުކުރެވި ރައްކާތެރިކަމާއެކު ވިހެއުމަށް އެހީތެރިވެދެއެވެ.

ސްކޫލް އޮފް ނާރސިންގ ގެ ލެކްޗަރަ ސަލްމާ ހަސަން ވިދާޅުވީ މިޑްވައިފަރީ ކިޔަވައިދިނުމުގައި އެންމެ ބޮޑަށް ބައްލަވަނީ ފިލާވަޅުތައް ފޮތުގައި ލިޔެވިފައި ހުންނަ ގޮތުގެ އިތުރުން އެންމެ ފަހުގެ އެވިޑެންސާއެކު ކިޔަވައިދިނުމަށެވެ. އަދި "ކިޔަވައިގެން ނިކުންނަ ކުދިންގެ ކިބައިން އެންމެ ބޮޑަށް ދެކެން ބޭނުންވަނީ މާބަނޑު މީހުން އަދި މަންމައިންނަށް ފަރުވާ ދިނުމުގައި އެމީހުންގެ ފިޒިކަލް ހެލްތަށް އިސްކަންދޭ ފަދައިން ސައިކޮލޮޖިކަލީ ވެސް ބަލިކަށިވާނެ މިންވަރު ދެނެގަނެގެން އެމީހުންނަށް ފަރުވާދިނުން" ކަމުގައި ސަލްމާ ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ގައިގައި އަޅާ ވޭން ތަހައްމަލު ކުރާ ގޮތްތަކާއި، ކުރެވޭ އިހުސާސް ހާމަކުރާ ގޮތްވެސް ތަފާތުވާނެއެވެ. މާބަނޑުވެ، ވިހެއުމާއި، އަދި ވިހައިގެން ހޭދަވާ ދުވަސްތަކަކީ އަންހެނަކު ކުރާނެ އުނދަގޫ ތަޖުރިބާއެކެވެ. ވަކިން ޚާއްސަކޮށް ވިހެއުމުގެ ވޭނުގައި އެންމެ ކައިރިން އަޅާލައި އޯގާތެރިކަމާއެކު ފިރުމާ ފިރުމުން ހަނދާންތަކެއްގެ ސިފައިގައި ބިންވަޅު ނެގެއެވެ.

އައި.ޖީ.އެމް.އެޗުގައި 23 އަހަރަށް ވުރެއް ގިނަ ދުވަހު މީހުން ވިއްސުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުން އަންނަ އަދި މިއަދު ރެޖިސްޓާރޑް ނާރސް މިޑްވައިފެއްގެ މަގާމް ފުރަމުން އަންނަ ޝަޒްމީނާ ޖައުފަރު ވިދާޅުވީ ރައްކާތެރިކަމާއެކު މައިމީހާ ވިއްސުމާއި، މައިމީހާ އާއި ދަރިފުޅުގެ ސިއްޙަތު ބެލެހެއްޓުމާ ހަމައިން އަދުގެ މިޑްވައިފުންގެ ރޯލު ނުނިމޭ ކަމަށެވެ. އެޔާއެކު ގާތުން ކިރުދިނުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ އަދި އެހެނިހެންވެސް ނުރައްކަލަކުން ރައްކާތެރި ކުރުމަށްޓަަކައި ފަހުގެ ހޯދުން ތަކާއި، ލިބިފައިހުރި މެޝިނަރީސް އަދި ތަޖުރިބާގެ ބޭނުން ވަރަށް ބޮޑަށް ހިފަންޖެހެއެވެ. މިޔާއެކު އާއިލާ ރޭވުމާއި، ނަފުސާނީ ބަލިކަށިކަމަށް ކައުންސިލިން ދިނުމަކީވެސް މިޑްވައިފުންގެ މަސައްކަތުގެ ބައެއް ކަމުގައި ޝަޒްމީނާ ވަނީ ފާހަގަ ކުރައްވާފައެވެ.

އޭނާ ވިދާޅުވީ ވިހެއުމުގެ ތެރޭގައި ދިމާވާ ކުއްލި ނުރައްކާތެރި ހާލަތުތައް ދެނެގަނެ އެކަންކަން ހައްލު ކުރުމުގެ ފެންވަރު މިޑްވައިފުންގެ ކިބައިގައި ހުންނާނެ ކަމަށާއި، މިނިވަން ކަމާއެކު މާބަނޑު މީހުންނަށް ފަރުވާދެވޭނެ ތައުލީމާއި، ތަމްރީނު މިއަދު ކިޔަވައިގެން ނިކުންނަ މިޑްވައިފުންގެ ކިބައިގައި ހުންނަން ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެޔަށްފަހު ކާމިޔާބު މިޑްވައިފަކަށް ވުމަށްޓަކައި ދެން ބޭނުންވަނީ ޝައުގުވެރިކަމާއެކު ކުރިމަތިލައިގެން ހޯދާ އެކަށީގެންވާ ތަޖުރިބާ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

ކޮންމެއަކަސް ޒަމާނަށް އައި ހެޔޮ ބަދަލާއެކު ރާއްޖޭގައި ފޫޅުމައިން އަންނަނީ ތަފާތު ދައްކަމުންނެވެ. ދުޅަހެޔޮ ޖީލެއް ބިނާ ކުރުމަށްޓަކައި މިޑްވައިފުންގެ ރޯލު އިންތިހާއަށް ބޮޑެވެ. އަދި މި ދާއިރާއަށް އިތުރު ނަރުހުން ނިކުމެ އަތޮޅުތެރޭގައިވެސް މިޑްވައިފުންގެ ޚިދުމަތް މިއަދަށްވުރެއް ފުޅާ ދާއިރާއެއްގައި ދެވިގެންދިޔުމަކީ ސިއްހީ ދާއިރާއަށްވެސް އަންނާނެ ބޮޑު ކުރިއެރުމަކަށް ވެގެންދާނެކަމީ ޝައްކެއްހުރިކަމެއް ނޫނެވެ. ފަހުގެ ހޯދުންތަކާއި، ތައުލީމާއި ތަމްރީނުގެ އެހީގައި މާބަނޑު މީހުންނަށް ބޭނުންވާނެ ފަރުވާ އަދި މަންމައިންނާއި ކުޑަ ދަރިފުޅުގެ ރައްކާތެރިކަމަށްޓަކައި މިޑްވައިފުން އަދާ ކުރަމުންދާ ދައުރަށް ހަގީގަތުގައިވެސް ތައުރީފު ހައްގެވެ.

ނޯޓް: މި ރިޕޯޓަކީ އައިޖީއެމްއެޗްގެ ރެޖިސްޓާޑް ނާސް، މިޑްވައިފް އަމްރާ އަހްމަދުގެ އެހީތެރިކަމާއެކު ލިޔެފައިވާ ރިޕޯޓެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދާއިރު ދައުލަތުގެ މުއައްސަސާތައް ހިމޭނުން

ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދާއިރު ދައުލަތުގެ މުއައްސަސާތައް ހިމޭނުން

18 ޑިސެމްބަރު 2017
އެޗްއާރްސީއެމް އަށް ހެޔޮ ދުއާ ސަލާމް، ހައްގުތައް ނިގުޅައިގަންނައިރު ކުޅި ބަލަން ތިޔަ ތިބެނީ ގާނޫނެއް ނެތީމައިތޯ އެވެ؟

އެޗްއާރްސީއެމް އަށް ހެޔޮ ދުއާ ސަލާމް، ހައްގުތައް ނިގުޅައިގަންނައިރު ކުޅި ބަލަން ތިޔަ ތިބެނީ ގާނޫނެއް ނެތީމައިތޯ އެވެ؟

10 ޑިސެމްބަރު 2017
ބަޖެޓާއިމެދު ބަސްބުނުމުގެ ހައްގު 60،000 އެއްހާ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައި!

ބަޖެޓާއިމެދު ބަސްބުނުމުގެ ހައްގު 60،000 އެއްހާ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައި!

19 ނޮވެމްބަރު 2017
ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު: ލިބުނު ހައްގެއް ނެތް، ހުސް ގެއްލުނު ހައްގުތައް

ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު: ލިބުނު ހައްގެއް ނެތް، ހުސް ގެއްލުނު ހައްގުތައް

17 ނޮވެމްބަރު 2017
 ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

04 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު