Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީޗަރ

ދައްތަގެ އެއަރ ފްރަޔަރ ހިފައިގެން ދައްތަ ހޯދަން ދުއްވާތާ 17 ދުވަސް

26 މާރިޗު 2024 | އަންގާރަ 05:45

އެއަރ ފްރަޔަރގެ ވެރިފަރާތުން 9968418ށް ގުޅުމަކީ އޭނާގެ ނުހަނު ބޮޑު އެދުމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 މާރިޗު 2024 | އަންގާރަ 05:45
ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓުގައިވާ އެއަރ ފްރަޔަރ

ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓުގައިވާ އެއަރ ފްރަޔަރ

ދިވެއްސަކު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެކެވެ. އޭނާއާ ދިމާވި "ދައްތައެއްގެ" އެއަރ ފްރަޔަރއެއް ހިފައިގެން ދައްތަ ފެނޭތޯ ދުއްވާތާ 17 ދުވަސް ވެފައިވާކަމަށް ބުނެ އޭނާ ވަނީ އެކަން ހިނގާ ދިޔަ ގޮތް ހިއްސާ ކޮށްފައެވެ.

އޭނާ ބުނާ ގޮތުގައި އެ އަންހެން މީހާއަކީ އޭނާއާ ދިމާވި ދެކެފަރިތަ، ނަމަވެސް ނަމެއް އަދި އުޅޭތަނެއް ނޭނގޭ ދައްތައެކެވެ. އޭނާ ޤަބޫލު ކުރާ ގޮތުގައި އެ ދައްތައަށް އޭނާ ވަޒީފާ އަދާ ކުރާ ތަން އިނގޭނެއެވެ.

އެ ދައްތަ ވަނީ ބިންމާ ހުންނަ މަގުން ޖަނަވަރީ މަގު ކުރިމަތީގައި ހުންނަ މަގަށް ގެންގޮސް ދިނުމަށް އެދި އޭނާއާ އެއަރ ފްރަޔަރެއް ހަވާލުކޮށްފައެވެ.

އެމީހާ ކިޔާދިން ގޮތުގައި އޭނާއާ އެކު މަޖީދީ މަގުން އޭޑީކޭ އާއި ހަމައިން ވެސް އެ ދައްތަ ދުއްވާ ސައިކަލުން އޭނާއާ އެއްވަރަށް ދިޔަ އެވެ. އެހެންނަމަވެސް ޖަނަވަރީ މަގު ކުރިމަތީ ހުންނަ މަގުގެ ކަންމަތީ މަޑުކޮށްގެން 45 މިނެޓު ވީ އިރުވެސް އެ ދައްތަ އޭގެ ފަހުން ނުފެނުނުކަމަށް އެމީހާ ބުނެއެވެ.

އެހިސާބުން އެ ދައްތަ ހޯދުމުގެ މަސައްކަތް އޭނާ ކޮންމެ ދުވަހަކުވެސް ދަނީ ކުރަމުންނެވެ. އޭނާ ބުނާ ގޮތުގައި ކޮންމެ ދުވަހަކު އޭނާ މުޅި އެ ހިސާބުގައި ދުއްވައެވެ.

އަދިވެސް އެ ދައްތަ ނުފެނެއެވެ.

އޭނާ ކިޔާދީފައިވާ ގޮތުގައި މިއީ ރޯދަ އަށް 2 ދުވަހަށް ވެފައި އޮއްވައި ނޭނގި ނަމަވެސް އޭނާގެ ބޮލުގައި އެޅުވުނު ޒިންމާއެކެވެ. މީހެއްގެ އަގުބޮޑު މުދަލެކެވެ. އަމާނާތެކެވެ.

މިހާރު ދައްތަގެ އެއަރ ފްރަޔަރ ހިފައިގެން ދައްތަ ހޯދަން ދުއްވާތާ 17 ދުވަސްވެފައިވާއިރު، އޭނާގެ އުއްމީދަކީ އަދިވެސް ދައްތައަށް އެ މުދާ ވީހާވެސް އަވަހަށް ހަވާލުކުރުންކަމަށް އޭނާ ރާއްޖެއެމްވީއަށް ކިޔާދިނެވެ.

އޭނާ އެކަން މީސްމީޑިޔާގައި ހިއްސާ ކޮއްލީ ވެސް އޭގެ ވެރި ފަރާތާއި ހަވާލު ކުރެވޭނެ ކަމުގެ އުއްމީދުގައެވެ. އެއަރ ފްރަޔަރގެ ވެރިފަރާތުން 9968418ށް ގުޅުމަކީ އޭނާގެ ނުހަނު ބޮޑު އެދުމެކެވެ.

އަނެއްކޮޅުން ދައްތައަށް މި ތަޖުރިބާ ސިފަކުރެވުނު ގޮތެއްވެސް އަދި ނޭނގޭތާއެވެ.

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

4

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

5

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2019

މާފަރު އެއަރޕޯޓް: ރައްޔިތުން ސިފަ ކުރަނީ "ރަން ބިސް އަޅާ" ކުކުޅެއްގެ ގޮތުގައި!

02 ޑިސެމްބަރު 2019
މާފަރު އެއަރޕޯޓް: ރައްޔިތުން ސިފަ ކުރަނީ "ރަން ބިސް އަޅާ" ކުކުޅެއްގެ ގޮތުގައި!
17 ޖޫން 2019

ދިވެހިންގެ އެއަރޕޯޓް ދިވެހިންނަށް އަދިވެސް ނުލިބޭ!

17 ޖޫން 2019
ދިވެހިންގެ އެއަރޕޯޓް ދިވެހިންނަށް އަދިވެސް ނުލިބޭ!
01 މެއި 2019

ޒަހްރާން ހާޝިމް: ކަނޑި ހިފައިގެން ފެށި ހަނގުރާމަ ނިންމާލީ ހަށި ގޮއްވާލައިގެން!

01 މެއި 2019
ޒަހްރާން ހާޝިމް: ކަނޑި ހިފައިގެން ފެށި ހަނގުރާމަ ނިންމާލީ ހަށި ގޮއްވާލައިގެން!
11 އެޕްރީލު 2019

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!

11 އެޕްރީލު 2019
މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!
22 ސެޕްޓެމްބަރު 2018

ކުޅުދުއްފުށީގައި އެއޮތީ އެއަރޕޯޓް އަޅާފައި. ލަގެޖް ބޭނުމިއްޔާ ހަނިމާދޫއަށްދޭ

22 ސެޕްޓެމްބަރު 2018
ކުޅުދުއްފުށީގައި އެއޮތީ އެއަރޕޯޓް އަޅާފައި. ލަގެޖް ބޭނުމިއްޔާ ހަނިމާދޫއަށްދޭ
04 އޯގަސްޓު 2018

ޔާމީން ގެނައީ އަނިޔާވެރިވާނެ ކަމަކަށް ނޫން، އެކަމަކު ޖަލަށްލީ ދައްތަމެންގެ ލޮލުގެ ކޮއި

04 އޯގަސްޓު 2018
ޔާމީން ގެނައީ އަނިޔާވެރިވާނެ ކަމަކަށް ނޫން، އެކަމަކު ޖަލަށްލީ ދައްތަމެންގެ ލޮލުގެ ކޮއި
21 ޖުލައި 2018

ސިކުނޑި ހިފައިގެން ވޯޓުލާން ދިޔުމުން ރައީސް ޔާމިނަށް ވާނީ ކޮން ފައިދާއެއް؟

21 ޖުލައި 2018
ސިކުނޑި ހިފައިގެން ވޯޓުލާން ދިޔުމުން ރައީސް ޔާމިނަށް ވާނީ ކޮން ފައިދާއެއް؟
28 އޮކްޓޯބަރު 2017

ކުޅުދުއްފުށި އެއަރޕޯޓް – ރާއްޖޭގެ ހަންބަންތޯޓާ؟

28 އޮކްޓޯބަރު 2017
ކުޅުދުއްފުށި އެއަރޕޯޓް – ރާއްޖޭގެ ހަންބަންތޯޓާ؟
26 އޮކްޓޯބަރު 2017

ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ފެށުމަށް ހުއްދަ ދިނުމުގައި ސުވާލު އުފެދޭ ކަންތަކެއް!

26 އޮކްޓޯބަރު 2017
ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ފެށުމަށް ހުއްދަ ދިނުމުގައި ސުވާލު އުފެދޭ ކަންތަކެއް!
18 ސެޕްޓެމްބަރު 2017

ހަންބަންތޯޓާ އެއަރޕޯރޓް: ޗައިނާގެ ނުފޫޒާއި، ބެލްޓް އެންޑް ރޯޑްގެ ހީލަތްތެރި ކަމުގެ އަލިގަދަ ހެއްކެއް

18 ސެޕްޓެމްބަރު 2017
ހަންބަންތޯޓާ އެއަރޕޯރޓް: ޗައިނާގެ ނުފޫޒާއި، ބެލްޓް އެންޑް ރޯޑްގެ ހީލަތްތެރި ކަމުގެ އަލިގަދަ ހެއްކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް