Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެފްއޭއެމް

ބޭނުމީ ފުޓްބޯޅަ ކޮމިޓީގެ ބާރު، މި ނިޔަތް ރަނގަޅުތަ؟

މި ފަހަރު އެކުލަވާލާ ނޯމަލައިޒޭޝަން ކޮމިޓީ އަކީ ހަމައެކަނި އިންތިހާބު ކަރުދާސް ތައްޔާރުކުރާ ބަޔަކަށްނުވާނެ އެވެ.

ރާއްޖެ އެމްވީ | 6 އޯގަސްޓު 2024 | އަންގާރަ 04:05
ކުޅިވަރާބެހޭ ވަޒީރާއި އެފްއޭއެމާއި އޮލިމްޕިކް ކޮމިޓީގެ ބައެއް ވެރިން

ކުޅިވަރާބެހޭ ވަޒީރާއި އެފްއޭއެމާއި އޮލިމްޕިކް ކޮމިޓީގެ ބައެއް ވެރިން

ދެ ސަބަބަކާ ހެދި ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ އިދާރާ ނޯމަލައިޒް ކުރުމަށް ފީފާއިން ވަނީ ނިންމައިފަ އެވެ. މިއާއެކު މިހާރު އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައިވަނީ ނޯމަލައިޒޭޝަން ކޮމިޓީގެ ބާރު ހޯދުމަށެވެ. މިކަމަށް މަސައްކަތް ކުރަނީ އެފްއޭއެމުގެ ބާރު މިހާތަނަށް ލިބިފައިތިބި ފަރާތްތަކާއި އެމީހުންނާ އިދިކޮޅަށް ކުޅޭ ފަރާތްތަކުންނެވެ.

އިތުބާރު ހުރި ގޮތަކަށް ކަށަވަރުވެފައިވާ ގޮތުގައި ނޯމަލައިޒޭޝަން ކޮމިޓީ އަށް ނަންތައް ފޮނުވާފައިވަނީ ތިން ފަރާތަކުންނެވެ. އެއީ މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އާއި އެފްއޭއެމުގެ ރައީސް ކަމަށް ކުރިމަތިލެއްވި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ އަހުމަދު ތޯރިގް (ޓޮމް) އާއި ސަސްޕެންޑްކޮށްފައިވާ އެފްއޭއެމުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އޭނާ އަށް ތާއީދު ކުރާ ފަރާތްތަކުންނެވެ.

ފޮނުވާފައިވާ ނަންތަކުގެ ތެރޭގައި ހިމެނީ ފުޓްބޯޅައިގެ ލެޖެންޑުނާއި ކޯޗުންނާއި ފުޓްބޯޅަ ހިންގުމުގެ ތެރޭގައި ހަރަކާތްތެރިވެފައިވާ ތަޖުރިބާކާރުންނާއި ފުޓްބޯޅައިގެ ތެރޭގައި އަމަލީގޮތުން ނޫޅުއްވާ އެކި ދާއިރާތަކުގެ މީހުންގެ ނަމެވެ.

އެފްއޭއެމް ނޯމަލައިޒް ކުރަން ނިންމީ ދެ ސަބަބަކާހުރެ އެވެ. އެއީ އިދާރީ ހިންގުން ބޮއްސުންލައި، ތަން ހިންގާނެ ބަޔަކު ނެތުމުންނާއި ފައިސާ އަށް ހިޔާނާތްތެރިވިކަން ފީފާގެ އޮޑިޓްތަކުން ފަޅާ އެރުމުންނެވެ. އެންމެ ދިގުވެގެން އެއް އަހަރު ދުވަހަށް އެކުލަވާލާ އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީ އަށް މީހުން ނަގާނީ ފީފާއިންނެވެ. ކޮމިޓީގައި ތިބޭނީ ކިތައް މީހުންކަން ވެސް ނިންމާނީ އެ ޖަމާއަތުންނެވެ. ފީފާއިން މިހާރު ކުރަމުންދާ ކަމަކީ ރާއްޖެއިން ޖުލައި 31ގެ ނިޔަލަށް ފޮނުވާފައިވާ ނަންތައް ދިރާސާކޮށް، އެމީހުންނާ ވަކިވަކިން ވާހަކަ ދެއްކުމެވެ.

ކޮރަޕްޓް ވެފައިވާ ރާއްޖޭގެ ފުޓްބޯޅަ ހިންގަން ހަވާލުވާ ނޯމަލައިޒޭޝަން ކޮމިޓީ އަކީ ވަރަށް ގިނަ ބާރުތަކެއް ލިބިފައިވާ ކޮމިޓީއެކެވެ. މި ގޮތުން ފީފާއިން ވަނީ މި ކޮމިޓީގެ މެމްބަރުންނަށް މައިގަނޑު ގޮތެއްގައި ހަ ކަމެއް މަތިކުރަން ނިންމައިފަ އެވެ. އެއީ:

ރާއްޖޭގެ އެފްއޭއެމް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ ނޯމަލައިޒް ކޮށްފަ އެވެ. އެކަމަކު މީގެ ކުރީ ދެ ފަހަރު ވެސް ފައިސާއަށް މަކަރު ހެދުން ފަދަ ކަމެއް ދިމާވެފައިނުވެ އެވެ. ކުރި އާއި މިފަހަރުގެ އެންމެ ބޮޑު ތަފާތަކީ އެފްއޭއެމުގެ މުދަލާއި ގެއްލިފައިވާ ކަމަށް ބެލެވޭ ފައިސާ ހޯދުމުގެ މަސައްކަތް ކުރަން ޖެހިފައިވުމެވެ. އަދި އެކަމުގައި ކުށްވެރިޔާ ބަޔަކު ތިބިނަމަ އެބަޔަކު ހޯދައި ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމެވެ. އެފްއޭއެމުގެ ނިމިދިޔަ ދެ ދައުރުގެ ރައީސް  ބައްސާމް އަދީލް ޖަލީލް ފީފާއިން 9 މަސް ދުވަހަށް ސަސްޕެންޑްކުރީ މިފަދަ ހިޔާނާތުގެ މައްސަލައެއްގަ އެވެ. އޭނާގެ މައްޗަށް ރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލް ވެސް ވަނީ ދައުވާތަކެއް އުފުލައިފަ އެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ ހޯދުންތަކުން މިފަދަ އިތުރު ސަސްޕެންޝަންތަކާއި ދައުވާތައް އައުމަކީ ވަރަށް ގާތްކަމެކެވެ. ބައްސާމް އިތުރު މުއްދަތަކަށް ސަސްޕެންޑްވުމަކީ ވެސް ވަރަށް ގާތްކަމެކެވެ. އޭނާއާއެކު ރާއްޖޭގެ ފުޓްބޯޅަ އިދާރާ ހިންގަން ތިބި ނައިބުންނާއި އެޑްވައިޒަރުންނާއި ބައެއް ކުލަބުތަކުގެ އިސްމީހުންނާ މިހާރު ވެސް ދިވެހި ފުލުހުންނާއި ފީފާގެ އޮޑިޓަރުން އެދަނީ ސުވާލުކުރަމުންނެވެ.

މީގެ އިތުރުން އެފްއޭއެމުގެ މުދަލުން މާލީ މަންފާ ހޯދަމުންދާ އަދި ހޯދާފައިވާ ފަރާތްތައް ޝަރީއަތާ ކުރިމަތިލާން ވެސް ޖެހިދާނެ އެވެ. ނިމުނު މަދު ޕްރޮޖެކްޓްތަކާއި ހަވާލުކޮށްފައިވާ ގިނަ ޕްރޮޖެކްޓްތައް ވަނީ ކޮރަޕްޝަނުގެ ތެރޭގަ އެވެ. ފުޓްބޯޅަ ސްކޫލް އެޅުމަށް 2016 ވަނަ އަހަރު ހުޅުމާލެއިން ދީފައިވާ ބިން ފޮތިފޮތިކޮށް، ހަދާފައިވާ ގުދަންތަކުގެ މައްސަލައަކީ ބޮޑު ހިޔާނާތެކެވެ. އެފްއޭއެމުގެ 20 ބުރީގެ އިމާރާތް ނިމެންދެން، ކަޅުތުއްކަލާ ކޮށި ކުރިމަތީގައި ހަދާފައިވާ ވަގުތީ އިމާރާތް އެހުރީ ގުދަންތަކުގެ ގޮތުގައި ކުއްޔަށް ދޫކޮށްފަ އެވެ. ޓާފް ދެ ދަނޑުގެ މެދުގައި ހުރި ޗޭންޖިންރޫމްތަކާއި ފާހާނާތައް ވެސް ވަނީ ގުދަންތަކަށް ބަދަލުކޮށްފަ އެވެ. ކޮވިޑްތެރޭގައި ފީފާއިން ދީފައިވާ އެއް މިލިއަން ޑޮލަރުގެ ލޯނަށް ވީނުވީއެއް ނޭނގެ އެވެ. ޑޮލަރު މާރުކުރުމުގެ ނަމުގަ އާއި އެކިއެކި ހިދުމަތް ހޯދާފައި އެކި ފަރާތްތަކަށް ނުދައްކާހުރި ފައިސާގެ ގިނަ މައްސަލަތަކަށް ސިވިލް ކޯޓުން ނިންމައި އެފްއެއެމުގެ މައްޗަށް ވަނީ ދަރަނި ހަލާސްކުރަން އަމުރުކޮށްފަ އެވެ. މުވައްޒަފުން ތިބީ އެތައް މަހެއްގެ މުސާރަ ނުލިބި އެވެ. އެއާލައިންތަކާއި ހޮޓާތަކާއި، ފިހާރަތަކަށް އެފްއޭއެމް ވަނީ ދަރައިފަ އެވެ. އަންދާރާ ކުރެވޭ ގޮތުގައި އެފްއޭމުގެ ދަރަނި 90 މިލިއަން ރުފިޔާއާ ގާތްކޮށްފާނެ އެވެ.

މިކަންކަން ނުވާކަމަކަށް ހަދައި އޮއްބާލުމަކީ އެއްބަޔަކު ބޭނުންވާ ގޮތެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ ބާރު ހޯދުމަށް އަނެއް ބަޔަކު ބޭނުންވަނީ ފުޓްބޯޅަ މެދުވެރިއަކަށް ހަދާފައި ދުނިޔޭގެ ނުފޫޒުގަދަ ވިޔަފާރިވެރިންނާ ގުޅުން ބަދަހިކުރުމަށެވެ. ބާރުގަދަ މީހުންނާ އެއް މޭޒުވެ، ރަނގަޅު ޑީލްތަކެއް ހޯދުމަށެވެ.

މި ފަހަރު އެކުލަވާލާ ނޯމަލައިޒޭޝަން ކޮމިޓީ އަކީ ހަމައެކަނި އިންތިހާބު ކަރުދާސް ތައްޔާރުކުރާ ބަޔަކަށްނުވާނެ އެވެ. އެއީ ބޮޑު ޒިންމާތަކެއް އޮންނާނެ ބައެކެވެ. ޖަވާބުދާރީވާންޖެހޭނެ ބައެކެވެ. އެކަމަކު އެއްބަޔަކު މަސައްކަތް ކުރަމުން އެދަނީ ހިންގާފައިހުރި ޖަރީމާތައް ފޮރުވުމަށެވެ. އަނެއް ބަޔަކު މަސައްކަތް ކުރަމުން އެދަނީ މިކަންކަމަށް ނިމުން ގެނެވޭތޯ އެވެ. ނޯމަލައިޒޭޝަން ކޮމިޓީ މާ މުހިންމު ވެގެން އުޅޭ ނިޔަތް ރަނގަޅެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަންދުވަސް: ނުފޫޒުތައް ނައްތާލައި އިންސާފުގެ ދަރުބާރު މިނިވަންކުރަން ޖެހިފަ!

މިނިވަންދުވަސް: ނުފޫޒުތައް ނައްތާލައި އިންސާފުގެ ދަރުބާރު މިނިވަންކުރަން ޖެހިފަ!

26 ޖުލައި 2017
މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ޖަލްސާ ބޭއްވިޔަ ނުދޭނެ!؟

މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ޖަލްސާ ބޭއްވިޔަ ނުދޭނެ!؟

18 ޖުލައި 2017
ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!

ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!

23 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
ގަދަބާރުން ހޯދޭނެ އިތުބާރެއް ނޯންނާނެ!

ގަދަބާރުން ހޯދޭނެ އިތުބާރެއް ނޯންނާނެ!

17 އެޕްރީލު 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު