Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުވައިލްޑް ލައިފް ދުވަސް

ވައިލްޑް ލައިފް ދުވަސް - ދިރުންތައް ހިމާޔަތްކުރުމަށް ފުރަތަމަ ފިޔަވަޅަކީ މައުލޫމާތު އެނގުން

ކޮޕް 19 ސަމިޓަށް ފަހު ވެސް ސައިޓީސް އެޕެންޑިސެސް އަށް ރާއްޖޭގެ ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވަނީ އަޕްޑޭޓްތައް ގެނެސްފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 3 މާރިޗު 2024 | އާދީއްތަ 00:49
ވައިލްޑް ލައިފް ދުވަސް ރަމްޒުކޮށްދޭ ކުރެހުމެއް

ވައިލްޑް ލައިފް ދުވަސް ރަމްޒުކޮށްދޭ ކުރެހުމެއް

2013 ވަނަ އަހަރާއި ހަމައަށް ދުނިޔޭގެ ވައިލްޑް ލައިފް ދުވަހުގެ ތާރީހު ދިގު ދެމިގެންދާއިރު މި ދުވަސް ފާހަގަކުރަން ފެށީ ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސަމްބްލީ އަށް ތައިލޭންޑުން ހުށަހެޅި ހުށަހެޅުމަކާއި އެކުގައެވެ. އެންމެ ފުރަތަމަ ވައިލްޑް ލައިފް ދުވަހުގެ ގޮތުގައި ދުވަހެއް ކަނޑައަޅާ އެ ދުވަސް ފާހަގަކުރީ 2014 ވަނަ އަހަރެވެ. އެއީ ޑިސެމްބަރު 2013އިގައި ޔޫއެންގެ ޖެނެރަލް އެސަމްބްލީގައި ފާސްކުރި ރިޒޮލިއުޝަން އާއި އެއްގޮތަށް ފާސްކުރަން ފެށި ދުވަހެކެވެ.

މި އަހަރުގެ ވައިލްޑް ލައިފް ޑޭގެ ޝިޔާރަކީ "ކަނެކްޓިން ޕީޕަލް އެންޑް ޕްލެނެޓް : އެކްސްޕްލޯރިން ޑިޖިޓަލް އިނޮވޭޝަން އިން ވައިލްޑް ލައިފް ކޮންޒަވޭޝަން"އެވެ. މާނަ އަކީ ދުނިޔެ އާއި މީހުން ގުޅުވާދިނުން - ޑިޖިޓަލް އީޖާދުތަކުގެ އަލީގައި ދިރުންތައް ދެމެހެއްޓުން މިއެވެ. ސުވާލަކީ ވައިލްޑް ލައިފް ދުވަހެއް މުހިންމު ވަނީ ކީއްވެތޯއެވެ؟ ޚާއްސަކޮށް މި ދުވަހާއި އަހަރުމެން ދިވެހިންނާއި ގުޅުވާދެނީ ކިހިނެތްތޯއެވެ؟

ދުނިޔޭގެ ހުރިހާ ތާކުވެސް އިންސާނުންގެ ބޭނުންތަކާއި ޒަރޫރަތުތައް ފުދުން ބިނާވެގެން ވަނީ ގުދުރަތީ ވަސީލަތްތަކުގެ މައްޗަށެވެ. ކާބޯތަކެއްކާއި، ތެލާއި، ބޭސް އަދި އަންނައުނަށް ބެލިއަސް އެ ޒަރޫރަތުތައް ފެށިގެން އަންނަނީ ގުދުރަތްތެރިކަމާއި ހިސާބުންނެވެ. ގުދުރަތުން ލިއްބައިދޭ ފައިދާތައް އޭގެ އެންމެ ފުޅާ މިނުގައި ލިބިދިނުމަށްޓަކާ ދިރުންތަކަށް ހައްކާތެރިވުން މުހިންމެވެ. ޚާއްސަކޮށް ރާއްޖެ ފަދަ ޤައުމެއްގައި ކަނޑުއަޑީގެ ދިރުންތަކާއި ގަސްގަހާއި ގެހީގެ ތެރެއިން ނެތި ދިއުމުގެ ތުންފަތްމަތީގައިވާ ބާވަތްތައް އާލާކުރުމަށް ސަމާލުކަން ދޭންޖެހެއެވެ.

ވައިލްޑް ލައިފް ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ގުދުރަތީ ވެށި އޭގެ ޒާތުގައި ހިނގަ ހިނގާ އޮތުމަށްޓަކާ ގުދުރަތުގެ ވަސީލަތްތައް ރައްކާތެރިކުރުމުގެ މުހިންމުކަން ހަނދާންކޮށްދިނުވެ. އަދި އެކަމާއި ގުޅޭ ހޭލުންތެރިކަން އާއްމުންގެ ކިބައިގައި އަށަގެންނެވުމެވެ. ދެން މިއޮތީ މި ދުވަސް ދިވެހިންނާއި ގުޅުވާލަދޭ މައިގަނޑު ސަބަބެވެ. އެއީ ގުދުރަތުގެ މި ވަސީލަތްތަކަށް ދިމާވެފައިވާ ހިރާސް ނުވަތަ ގޮންޖެހުންތައް ދެނެގަނެ އެކަންކަމުން ރެކިގަތުމަށްޓަކާ ކުރެވެން ހުރި މަސައްކަތްތައް ކުރުމުގައި ފަރުދީ ގޮތުންނާއި، ގައުމީ ފެންވަރުގައި ކުރެވެން ހުރި ކަންކަން ކުރުމުގެ މުހިންމުކަމަށް ބާރުއެޅުމެވެ. ގުދުރަތުގެ ވަސީލަތްތައް ނެތިދާން ދިމާވާ ސަބަބުތަކުގެ ތެރޭގައި ވެށްޓަށް ގެއްލުން ދެނެވިގޮތަށް ހިންގާ މަސައްކަތްތަކާއި، މޫސުމީ ބަދަލުތަކާއި، ގަވާއިދާއި ޚިލާފަށް ގުދުރަތުގެ ވަސީލަތްތަކުގެ ވިޔަފާރިކުރުމާއި، ވެށި ތަޢައްޔަރުވުން ހިމެނެއެވެ. މިއީ ރާއްޖެ ފަދަ ކުޑަ ޤައުމެއްގައި ދިރުންތަކަށް ދޭ ސަމާލުކަން އިތުރުކޮށް އެ ދިރުންތައް ރައްކާތެރިކުރުމަށް ލޯބި އަށަގެންނެވުމަށް ފުރުސަތު ހޯދާދޭ ދުވަހެކެވެ.

މި ދުވަހު ޚާއްސަކޮށް ޒުވާނުންނަށް ދޭ މެސެޖަކީ ވައިލްޑް ލައިފް ހިމާޔަތްކުރުމުގައި އިސްކޮށް ހަރަކާތްތެރިވުމެވެ. ހިމާޔަތްކޮށްފައިވާ ދިރުންތައް އެކުލަވާލާފައި ވަނީ ސައިޓީސް މުއާހަދާގެ ދަށުނެވެ. 180 އަށް ވުރެ ގިނަ ޤައުމުން ބައިވެރިވާ އެ މުއާހަދާގައި 35000 އަށް ވުރެ ގިނަ ދިރުން ހިމެނޭ އިރު އެ ދިރުންތައް 3 އެޕެންޑިކްސް އަކަށް ވަނީ ބަހާލާފައެވެ. އޭގެތެރޭގައި ހިމެނެނީ ނެތި ދިއުމުގެ ބިރު އޮތް ދިރުންތަކާއި، ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރުންތަކާއި ވަކި ޤައުމަކުން ހިމާޔަތްކުރަން ބޭނުންވެގެން ލިސްޓްކުރާ ދިރުންތަކެވެ. ރާއްޖެއިން ވަނީ މީގެ ކުރިން މި ލިސްޓުގައި އައިންމަތީ މިޔަރު ހިމެނުމަށް ހުށަހަޅާ އެ ހުށަހެޅުން ކާމިޔާބުކޮށްފައެވެ. އަދި ރާއްޖެއިން ތާއީދުކޮށްގެން ލިސްޓުގައި ހިމެނި ދިރުންތަކުގެ ތެރޭގައި ކަނޑި މިޔަރު އަދި މާކަނޑުގަ އުޅޭ މަޑީގެ ބާވަތެއްކަމަށްވާ މޮބިއުލާ ރޭސް ހިމެނެއެވެ. އަދި މި ނޫނަސް ރާއްޖެ އަށް އެތެރެކުރުމުގައ ފުރުސަތު ބޮޑު ދިރުންތައް ހިމެނޭހެން ނިމިދިޔަ އަހަރުގެކޮޕް 19 ސަމިޓަށް ފަހު ވެސް ސައިޓީސް އެޕެންޑިސެސް އަށް ރާއްޖޭގެ ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވަނީ އަޕްޑޭޓްތައް ގެނެސްފައެވެ.މި ބައިގައި ވިޔަފާރީގެ ސަބަބުން ނެތިދާނެ ކަމުގެ ބިރު ހީވެފައިވާ ނަސްލުތައް ވަނީ ހިމަނާފައެވެ. އެ ތަކެއްޗަކީ ޚާއްސަ އިސްތިސްނާ ހާލަތުގައި ނޫނީ ވިޔަފާރިކުރުން މަނާ ތަކެއްޗަށް ވުމާއި އެކު އެކަމަށް ސަމާލުވުން މުހިންމެވެ.

ދިރުންތައް ހިމާޔަތްކުރުމަށް ފުރަތަމަ ފިޔަވަޅަކީ މައުލޫމާތު އެނގުމެވެ. ރާއްޖެއަކީ ޒުވާން އާބާދީ ބޮޑު ޤައުމަކަށް ވާއިރު ދިރުންތައް ހިމާޔަތްކުރަން ކުރާ މަސައްކަތް ކާމިޔާބުވާނީ އަހަރުމެންގެ ހިތުގައި އެކަމަށް ލޯބި އަށަގަނެގެނެވެ.

އިތުރަށް ކިޔާލަން

26 ޖުލައި 2017

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

26 ޖުލައި 2017
މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!
17 ޖުލައި 2017

ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

17 ޖުލައި 2017
ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!
30 ޖޫން 2017

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް
11 ޖޫން 2017

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017
ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ
24 މެއި 2017

ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

24 މެއި 2017
ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟
04 މެއި 2017

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!
27 އެޕްރީލު 2017

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން
29 މާރިޗު 2017

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް
31 ޖެނުއަރީ 2017

ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!

31 ޖެނުއަރީ 2017
ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!
18 ޖެނުއަރީ 2017

ރިލްވާނުގެ 31 ވަނަ އުފަން ދުވަސް: މާޔޫސްކަމާއި ހިތްދަތި ދުނިޔެއެއްގައި މަޔެއް!

18 ޖެނުއަރީ 2017
ރިލްވާނުގެ 31 ވަނަ އުފަން ދުވަސް: މާޔޫސްކަމާއި ހިތްދަތި ދުނިޔެއެއްގައި މަޔެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު