Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޖައްސާފައި ފިލުމުގެ ނުރައްކާތެރި ކޭސް އެއް

ޖައްސާފައި ފިލުމުގެ ނުރައްކާތެރި ކޭސް އެއް - " ހަށިގަނޑުގެ 5 ތަން ބިންދައިގެން ގޮސް، ފައިބުރި ކޮށްލަން ޖެހިދާނެ ކަމުގެ ބިރު ހީވެފައި"

އެކްސިޑެންޓުވީ އުމުރުން 69 އަހަރުގެ މީހެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 4 މާރިޗު 2024 | ހޯމަ 13:46
އެކްސިޑެންޓުގައި އުމުރުން ދުވަސްވީ މީހަކަށް ބޮޑެތި އަނިޔާތަކެއް

އެކްސިޑެންޓުގައި އުމުރުން ދުވަސްވީ މީހަކަށް ބޮޑެތި އަނިޔާތަކެއް

ނޯޓް: މި ރިޕޯޓްގައި ބޭނުންކޮށްފައިވާ ނަންތަކަކީ އަސްލު ނަމެއް ނޫނެވެ. އެ ނަންތައް ބަދަލުކޮށްފައި ވަނީ ހާދިސާގައި އަނިޔާވި މީހާ އާއި އޭނާގެ އާއިލާގެ ޝަހްސު ހިމާޔަތްކުރުމުގެ ގޮތުންނެވެ.

އުމުރުން 69 އަހަރުގެ އަލީ އަމްޖަދު އަކީ ދުޅަހެޔޮ ދިރިއުޅުމެއް އުޅެމުން އައި އިސް ރަށްވެއްސެކެވެ. 8 ކުދިންގެ ބައްޕަ އަލީ އަމްޖަދު އަށް މިދިޔަ ހޮނިހިރު ދުވަހަކީ ވެސް އާދައިގެ ދުވަހެކެވެ. އޭނާގެ އެހެން ދުވަސްތަކުގެ ތާވަލާއި އެ ދުވަހުގެ ތާވަލާއި މާ ބޮޑު ތަފާތެއް ނެތެވެ. އާއިލާގެ ކަންކަމުގައި އާއްމުކޮށްވެސް ޝާމިލްވެ އުޅޭ އަލީ ހުޅުމާލެ ފޭސް 2 އިން ފޭސް 1 އަށް ސައިކަލުގައި ދަތުރުކުރަމުން ދިޔައީ ކާފަ ދަރިފުޅު އާއިލާގެ ގެއަކަށް ލުމަށް ފަހު، ސަހަރާ އަށް ދިއުމަށް މިސްރާބު ހިފައިގެންނެވެ. ގެއިން ނުކުންނަމުން އަލީ އޭނާގެ އާއިލާ ކައިރީގައި އެންމެ ފަހުން ބުނި ވާހަކަ އަކީ " ކަށު ނަމާދަކަށް ސަހަރާ އަށް ދިއުމުގެ ކުރިން ދާނީ ޟުހާ ނަމާދު ކޮށްގެން" ކަމަށް ބުނި ވާހަކައެވެ. ކުރިއަށް އޮތް ބިރުވެރިކަމުގެ ތަސައްވުރެއް، ޚިޔާލެއް ކުރަން އިނގޭނީ ކިހިނެތް ހެއްުޔެވެ؟ އެހެންނަމަވެސް އޭނާގެ ދަތުރުގެ ހުރަހަކަށް ވެސް ހީވެސް ނުކުރާ ފަދަ ނުރައްކާތެރި އެކްސިޑެންޓެކެވެ.

ހެނދުނު 08:45 އެހާއިރު ހިނގި އެ އެކްސިޑެންޓް ހިނގަން މެދުވެރިވެފައިވާ ސަބަބު އަދި ކަމާއި ގުޅުން ހުރި އިދާރާ އަކުން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް މަންޒަރު ދުށް ފަރާތްތަކުން ހާމަކުރާ ގޮތުން އަލީ ދުއްވާފައި އައި ސައިކަލު އެކްސިޑެންޓް ވާން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރަކުން އަލީގެ ސައިކަލުގައި ޖެހުމުގެ ސަބަބުންނެވެ. މި ހާދިސާގެ މައުލޫމާތު އޮޅުން ފިލުވަމުން ދިޔަ މިންވަރަކަށް އަޅުގަނޑަށް ހަޖަމްކުރަން އެންމެ އުނދަނގޫކަމަށްވީ ހާދިސާ ހިނގުމުން އެކްސިޑެންޓުގައި ހިމެނޭ މީހާ ކަންތައް ކުރިގޮތެވެ. ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރުން ޖެހި މީހަަކަށް ބޮޑެތި އަނިޔާތަކެއް ވާފަދަ ހާލަތެއް މެދުވެރިވެގެން ދިޔަ އިރު، އެ އެކްސިޑެންޓުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރު އެ ސަރަހައްދުގައި މަޑު ނުކޮށް ދިޔައީއެވެ. އެއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭ ކަމެއް ނޫނެވެ. އިންސާނިއްޔަތު ކަމުގެ ނަޒަރުން ބެއްޔަސް، އިޖުތިމާއީ އަދި މުޖުތަމައު އެއްގެ ގޮތުން ބެއްޔަސް ޤާނޫނީ ގޮތުން ބެއްޔަސް އެކަމަށް ދެއްކޭނެ ހުއްޖަތެއް ނެތެވެ.

އަލީގެ އާއިލާ އަށް އޭނާ އެކްސިޑެންޓުވި ކަމުގެ ޚަބަރު ލިބުންވީ ކުއްލި ސިހުމަކަށެވެ. އަލީ އަމްޖަދުގެ ދަރިފުޅު އިބްރާހިމް އަމްޖަދު ބުނާ ގޮތުން އޭނާގެ މުޅި އާއިލާ މި ހާދިސާ އާއި އެކު ވަނީ "ޝޮކެއް"ގައެވެ. "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެމުން އޭނާ ބުނީ އެކްސިޑެންޓް ވުމުން ވެސް ކާރު ދުއްވި މީހާ މަޑު ނުކޮށް ދިޔަ ދިޔުން އެއީ އާއިލާ އަށްވެސް ބަލައިގަންނަން ދަތި ކަމެއް ކަމަށެވެ. އަދި އެވަރުގެ ބޮޑު ހާދިސާ އެއް ހިނގުމުން، އެ ހާދިސާގެ ސަބަބުން ދެން ހުރި މީހާ އަށް ވީ ގެއްލުމެއް، އޭނާގެ ހާލެއް ބަލާލުމެއް ނެތި އެކްސިޑެންޓް ވި ސަރަހައްދުން ދިޔަ ސަބަބު އެއީ އާއިލާގެ ހިތުގައި ވެސް ތަކުރާރުކޮށް ދައުރުވަމުންދާ ސުވާލެވެ. ޚާއްސަކޮށް އެކްސިޑެންޓެއްގައި ވާ އަނިޔާ ކުޑަކުރުމަށް އަވަސް ފަރުވާ ދިނުމަކީ މުހިންމު ކަމެއް ކަމަށް ވާއިރު ހާދިސާ ހިނގި ސީން ދޫކޮށް ދިއުމުން އާއިލާގެ އިންތިހާ ކަންބޮޑުވުން އެބަ އޮތެވެ.

އިބްރާހިމް ބުނާގޮތުން އޭނާގެ ބައްޕަ އަކީ މަގުމަތީގެ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ، ޤާނޫނާއި ޤަވާއިދަށް އިންތިހާ އަށް އިސްކަންދޭ މީހެކެވެ. އަދި އެކަންކަމަށް ސަމާލުކަން ދިނުމަށް ބާރު އަޅާ މީހެކެވެ.

އެ އާއިލާގެ އިތުރު މެމްބަރެއް ކަމަށްވާ ފާތުމަތު އަމްޖަދު ކިޔާދިން ގޮތުން އޭނާގެ ގާތް އެކުވެރިއެއްކަމަށްވާ ހާރޫން އިމާދު މިހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ހުއްޓެވެ. އެ ހާދިސާ ހިނގުމަށް ފަހު ކަންވީ ގޮތް އަމްޖަދާއި ހަވާލާދީ ފާތުމަތު ވަނީ "ރާއްޖެ އެމްވީ" އާއި ހިއްސާކޮށްފައެވެ. ފާތުން ކިޔާދިން ގޮތުގައި ހާރޫން އަށް އެ މަންޒަރު ފެނުމުން އޭނާ ވެސް ހުރީ ހުއްޓުން އަރާފައެވެ. އަދި އެކްސިޑެންޓް ހިނގައިގެން އުޅެނީ އޭނާގެ ގާތް ރައްޓިއްސެއްގެ ބައްޕަކަން އެނގުމުން، ދެން ކަން ކުރަންވީ ގޮތެއް ނޭނގިފައި އިރުކޮޅަކު ހުރެވުނު ކަމަށް އަމްޖަދު އާއި ހަވާލާދީ ފާތުން ބުނެއެވެ. އަމްޖަދު އަށް އެކްސިޑެންޓް ހިނގި ދިމާލަށް ބަލާލެވުނީ އެކްސިޑެންޓުގެ ގަދަ އަޑުފަށް ގަނޑަށެވެ. އެ ސަރަހައްދުގައި ތިބި ކެފޭތަކުގައި ތިބި މީހުން ވެސް އެ އަޑުފަށް ގަނޑަށް ވެގެން އުޅޭ ގޮތެއް ބަލަން އައެވެ. އޭނާ ފާތުންއަށް ކިޔައިދިން ގޮތުން ބާރު ސްޕީޑުގައި އައި ކާރުގައި ޖެހުމުން އަލީ ވިއްސައިގެން އައިސް ޖެހުނީ އޭނާގެ ކުރިމައްޗަށެވެ. އެ މަންޒަރު ވެގެން ދިޔައީ އޭނާ އަށް ބަލަން އުނދަނގޫ މަންޒަރަކަށެވެ. ޖެހުނު ގޮތަށް އެނާގެ އެކުވެރިޔާގެ ބައްޕަގެ ހުރިހާ ހަރަކާތެއް ހުއްޓުނު މަންޒަރު ފެނުމުން އޭނާ ބެލީ ވީ އެންމެ އަވަހަކަށް އެހީ އެއް ލިބޭތޯއެވެ. އެހެންނަމަވެސް އޭނާ އަށް ލިބުނު މާޔޫސްކަމަކީ އެ ވަގުތު އޭނާ އަށް އެހީވާން އެ ސަރަަހައްދުގައި ތިބި އެއްވެސް މީހަކު ކުރިއަށް ޖެހި ނުލިކަމެވެ. އެންމެ ފުރަތަމަ ހާދިސާ ހިނގުމާއެކު މަގުމައްޗަށް ނުކުމެ، މަންޒަރު ބަލަން ނޫނީ ކުޅި ބަލަން ތިބި މީހުންގެ ތެރޭގައި އެހީގެ އަތެއް ދިއްކޮށްލާނެ މީހަކު ނުވިއެވެ.

އެހީ އަށް އެދެމުން ދިޔަ ހާރޫން އަށް އެހީވީ އެކްސިޑެންޓްވި ސަރަހައްދުން ދިޔަ އެމްޓީސީސީގެ މުވައްޒަފެކެވެ. ހާދިސާގެ މައުލޫމާތު ފުލުހުންނަށް ދީ، ފުލުހުން އަންނަން ދެން އަމްޖަދަށް މަދަދުވެރިކަން ފޯރުކޮށްދިނީ އެ އެމްޓީސީސީގެ މުވައްޒަފެވެ. ފުލުހުން ސީން އަށް އަންނަން ނެގީ 5 ވަރަކަށް މިނިޓެވެ. ނަމަވެސް އެބްލިއުލާންސް އައީ 15 ނުވަތަ 20 ވަރަކަށް މިނިޓް ފަހުންނެވެ. ހުޅުމާލެ ހޮސްޕިޓަލަށް އަލީ ގެންގޮސް އަލީ އަށް ކުއްލި ފަރުވާ ދޭންވީ ވަގުތު އާއިލާ އަށް ހުޅުމާލޭ ހޮސްޕިޓަލުގެ ފަރާތުން ލިބުނީ އެންމެ އެކަށީގެންވާ ފަދަ ޚިދުމަތެއް ނޫނެވެ. ފެނުނީ ފަރުވާ ކުޑަކަމާއި، މަރުހަލާތައް ދިގުލައިގެން ގޮސް، ނިންމުންތައް ނުނިމި ބަލި މީހާ ނުރައްކަލަށް ހުށަހެޅުނު މަންޒަރެވެ. އަލީގެ ހާލަތު ހުރި ގޮތުން އޭނާ އިތުރު ފަރުވާ އަށް މާލެ ބަދަލުކުރުމަށް ކުރި މަސައްކަތް ވެސް، ހުޅުމާލެ ހޮސްޕިޓަލަށް ޑިސިޝަން އެއް ނުނެގިގެން ވަރަށް ބޮޑަށް ދިގު ދެމުނުކަން ފާތުމަތުގެ ވާހަކައިން އެނގުނެވެ. އަލީ އަށް ފަރުވާދިނުމުގައި ދެން ދިމާވި ގޮންޖެހުމަކީ ސިއްހީ ނިޒާމްގައި ހުރި އުނި ކަންކަމެވެ. އެންމް ބޮޑު އެއް ހޮސްޕިޓަލް އައިޖީއެމްއެޗްގައި އޭނާ އަށް ފަރުވާ ހޯދަން ވީ ވަގުތު ނާރުގެ ޑޮކްޓަރެއް ވެސް ނެތެވެ.

ހިޓް އެންޑް ރަން ނުވަތަ ޖައްސާފައި ފިލުމުގެ މި ހާދިސާގެ ސަބަބުން އަލީ އަށް ބޮޑެތި އެތައް އަނިޔާތަކެއް ލިބިފައިވާއިރު އެކްސިޑެންޓުވި ކާރު ދުއްވަން އިން މީހާ ދެނެގަނެ ފުލުހުން އޭނާ އާއި ސުވާލުވެސް ކޮށްފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މި ތަހުގީގު އަދި ދަނީ ކުރިއަށެވެ.

މި ހާދިސާ ވެގެން ދިޔައީ އަލީގެ އިތުރުން އޭނާގެ އާއިލާގެ މުޅި ދިރިއުޅުން ބަދަލުކޮށްލާނެ ކަމަކަށެވެ. އަލީ އަކީ އުމުރުން 69 އަހަރުވިއަސް ވަރަށް ސިއްހަތު ރަނގަޅު މީހެކެވެ. އެހެން މީހުންނަށް ބަރޯސާ ނުވެ، އާއިލާ އަށް ވެސް އެހީތެރިވެދިނުމުގައި އަލީ އަދާކުރަމުން އައީ ނަމޫނާ ބައްޕަ އެއް ލާމަސީލު ކާފަ އެއްގެ ދައުރެވެ. އެކްސިޑެންޓުވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އަލީގެ ޚަބަރު ހުސްވެއްޖެއެވެ. އެ ހިސާބުން މިހިސާބަށް އަދި އަލީ ހޭ އަރާފައެއް ނުވެއެވެ. މި ހާދިސާގައި އަލީ އަށް ވަނީ އިއާދަ ނުކުރެވޭ ވަރުގެ އަނިޔާތަކެއް ވެފައެވެ. އޭނާގެ ވާއަތު ފައިގެ ތިން ތަނެއް ބިންދައިގެން ގޮސް، ކަނާތު ފައިގެ ދެ ތަނުން ބިންްދައިގެން ގޮސް، ޑިސްކުގައި ވަނީ ރެނދުލާފައެވެ. މިހާރަށް ކުރެވެން ހުރި ސަރޖަރީތައް ކޮށް އޭނާ އަށް ފަރުވާ ދިން ނަމަވެސް އޭނާގެ ވާތު ފައިގެ ހަރަކާތެއް ނުކުރެއެވެ. އޭނާގެ މޫނާއި ހަށިގަނޑުގެ އެހެންތަންތަނަށް ވެސް އެކި ވަރުގެ އަނިޔާތައް ވަނީ ވެފައެވެ.

މީގެ އިތުރުން ފާތުން ބުނީ އެންމެ ފަހުގެ ޓެސްޓްތަކަށް ބަލާފައި އޭނާގެ ބައްޕަގެ ފައި ބުރިކޮށްލަން ޖެހިދާނެ ކަަމަށް ބިރު ހީވެފައިވާ ކަމަށެވެ.

69 އަހަރު ވި އިރު އަލީ އަކީ ދުވަހަކުވެސް އެއްވެސް ވަރެއްގެ އެކްސިޑެންޓެއްވީ މީހެއް ނޫނެވެ. އޭނާގެ ކުދިން ކިޔާދިން ގޮތުން އަލީގެ މުޅި ދިރިއުޅުން ބައްޓަން ކުރީ ދުޅަހެޔޮ އާދަތަކާއި އެކުގައެވެ. އުމުރުން ދުވަސްވި ނަމަވެސް އޭނާ އަކީ ހަށިހެޔޮ ދުޅަހެޔޮ މީހެކެވެ. ޑައިބެޓިކް ވުން ފިޔަވާ އިތުރު އެއްވެސް ބައްޔެއް އޭނާގެ ކިބަޔަކު ނެތެވެ. ދުވަހަކު ބައްޔެއް ވެގެން އެޑްމިޓްކޮށްފައެއްވެސް ނެތެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ މުޅި ހަޔާތް މިވަނީ ބަދަލުކޮށްލާފައެވެ. އެކްސިޑެންޓުގައި ލިބުނު ގެއްލުންތަކުގެ ނުރައްކަލުގެ ރަނގަބީލު އަދިވެސް ނުކެނޑެއެވެ. މިފަދަ ހިތާމަވެރި ހާދިސާ އެއް ހިނގާ ދިޔަ އިރު ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދެވުނު ނަމަ އެކްސިޑެންޓުގެ ސަބަބުން އޭނާ އަށް ލިބުނު އަނިޔާތަކުގެ ގެއްލުން އިންތިހާ އަށް ކުޑަ ކުރުމުގެ ފުރުސަތު އޮތެވެ. އެކްސިޑެންޓްވުމުން އެ މީހާގެ ކާރުގައި ވީ އެންމެ އަވަހަކަށް އަލީ ހޮސްޕިޓަލަށް ގެންދިޔަ ނަމަ މިހާރުގެ މިހާލަތަށް ވާސިލް ނުވެ އަވަހަށް ފަރުވާ ދެވުނީސް ނޫންތޯއެވެ. އެންމެ ހާދިސާއަކުން މުޅި އާއިލާ އެއްގެ އުފާވެރިކަން ބަދަލުކޮށްލައިފިއެވެ. އަލީގެ އާއިލާ އިން ތަކުރާރުކޮށް ކުރާ ސުވާލަކީ " މަޑު ނުކޮށް ދިޔައީ ކީއްވެތޯ؟" ކުރާ ސުވާލެވެ. އަލީގެ އާއިލާ އޮތީމި އެކްސިޑެންޓް ހިނގުމާއި އެކު ވަގުތުން ހޮސްޕިޓަލަށް އިންސާނިޔަތަށްޓަކާ ނަމަވެސް ގެންގޮސް ނުދިނީ ކީއްވެތޯ އެ އާއިލާ އިން ކުރާ ސުވާލަށް ޖަވާބު ލިބޭނެ އިރެއްގެ އިންތިޒާރުގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެންމެ ގިނަ ކޭސް ފެނުނު ޤައުމަކަށް އެމެރިކާ ވެގެންދިއުމާއެކު، ވައިރަސްއާ ގުޅިގެން ޓްރަމްޕްގެ ރާގު ބަދަލުވަނީ؟!

އެންމެ ގިނަ ކޭސް ފެނުނު ޤައުމަކަށް އެމެރިކާ ވެގެންދިއުމާއެކު، ވައިރަސްއާ ގުޅިގެން ޓްރަމްޕްގެ ރާގު ބަދަލުވަނީ؟!

27 މާރިޗު 2020
ކޮވިޑް-19: ފާއިތުވި 2 ދުވަހުގެ ތެރޭގައި ޕޮޒިޓިވްވި ކޭސްގެ އަދަދު 41،000 އަށް، މަރުވި މީހުންގެ އަދަދު 10،000 އަށް

ކޮވިޑް-19: ފާއިތުވި 2 ދުވަހުގެ ތެރޭގައި ޕޮޒިޓިވްވި ކޭސްގެ އަދަދު 41،000 އަށް، މަރުވި މީހުންގެ އަދަދު 10،000 އަށް

22 މާރިޗު 2020
ކޮވިޑް-19: 9 މަހުގެ ދަރިފުޅު ޝައްކު ކުރެވޭ ކޭސްއަކަށް ވުމުން ހައިރާންވި ވަރުން މަންމަ ފެށީ ހޭން!

ކޮވިޑް-19: 9 މަހުގެ ދަރިފުޅު ޝައްކު ކުރެވޭ ކޭސްއަކަށް ވުމުން ހައިރާންވި ވަރުން މަންމަ ފެށީ ހޭން!

18 މާރިޗު 2020
ނުރައްކާތެރި ކުށްތަކުގެ ފަހަތުގައި ބިދޭސީ ގޭންގުތައް!؟

ނުރައްކާތެރި ކުށްތަކުގެ ފަހަތުގައި ބިދޭސީ ގޭންގުތައް!؟

15 ފެބުރުއަރީ 2020
މަޑުމައިތިރިޔަސް، ކިނބުލުގެ ނުރައްކާތެރިކަމާއި މެދު ޝައްކުނުކުރައްވާ!

މަޑުމައިތިރިޔަސް، ކިނބުލުގެ ނުރައްކާތެރިކަމާއި މެދު ޝައްކުނުކުރައްވާ!

10 ޑިސެމްބަރު 2019

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު