Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ޔޫރޯ ސްކޮޑުގައި 26 ކުޅުންތެރިން ހިމެނޭނެ

4 މެއި 2021 | އަންގާރަ 12:36

ޔޫރޯ އޮންނާނީ ޖޫން 11 އިން ޖުލައި 11 ގެ ނިޔަލަށް

އަތޫފް އާތިފް
އަތޫފް އާތިފް | 4 މެއި 2021 | އަންގާރަ 12:36
ޔޫރޯގައި ވާދަކުރާ ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން

ޔޫރޯގައި ވާދަކުރާ ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން

ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ސްކޮޑުގައި އިތުރު ތިން ކުޅުންތެރިންނަށް ޖާގަ ދޭން ޔުއެފާއިން ނިންމައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ގެންނަ ވަގުތީ ބަދަލެއްގެ ގޮތުގައި މި ބަދަލު ގެންނަން މީގެ ކުރިން ޔުއެފާ ނެޝަނަލް ޓީމު ކޮމެޓީން ހުށަހަޅާފައެވެ. އެއާއެކު އަންގާރަ ދުވަހު ޔުއެފާއިން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އާއެކުވެސް މި އަހަރު ބޭއްވުމަށް ނިންމާފައިވާ ޔޫރޯ މުބާރާތް މައްސަލަތަކެއް ނައިސް ނިންމާލަން ބޭނުންވާ ކަމަށެވެ. އެގޮތުން މި މުބާރާތުގައި ކޮންމެ ޓީމަކަށްވެސް 26 ކުޅުންތެރިން ސްކޮޑުގައި ޖެހުމުގެ ހުއްދަ ދީފައިވާ ކަމަށް ވަނީ ބުނެފައެވެ. މީގެ ކުރިން ޔޫރޯ މުބާރާތްތަކުގެ ސްކޮޑުގައި ހިމެނޭނީ 23 ކުޅިންތެރިންނެވެ.

ޔޫރޯ ސްކޮޑުގައި 26 ކުޅުންތެރިންނަށް ޖާގަ ދޭން ނިންމިއިރު، މީގެ ކުރިން ޔުއެފާއިން ވަނީ ޔޫރޯގައި ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް އަމަލުކުރަންވެސް ނިންމާފައެވެ.

ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ ޔޫރޯ މި އަހަރަށް ފަސްކުރިއިރު، ކުރިން މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައި އޮތީ މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު ޔުއެފާއިން މިހާރު ވަނީ މި މުބާރާތް މި އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ތާވަލުކޮށްފައެވެ. އަދި މިދިޔަ އަހަރުގެ މުބާރާތް މި އަހަރު ބޭއްވުމަށް ނިންމި ނަމަވެސް، މި މުބާރާތް މި އަހަރުވެސް ކުރިއަށްދާނީ "ޔޫރޯ 2020" ގެ ނަމުގައެވެ.

މީގެ ކުރިން ޔުއެފާއިން ނިންމާފައިވާ ގޮތުން މި މުބާރާތް ކުރިއަށްދާނީ ޔޫރަޕުގެ ތަފާތު 12 ގައުމެއްގެ 12 ސިޓީއެއްގައެވެ. އެގޮތުން މުބާރާތް ހުޅުވާ މެޗު އިޓަލީގެ ރޯމުގެ ސްޓާޑިއޯ އޮލިމްޕިކޯ ސްޓޭޑިއަމުގައި ކުޅޭއިރު، ސެމީ ފައިނަލް މެޗުތަކާއި، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ. މި ގޮތަށް ކުރިއަށްގެންދަން ޔުއެފާއިން ނިންމީ، ޔޫރޯ މުބާރާތް ބާއްވާތާ 60 އަހަރު އަހަރު ފުރޭ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުންނެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
04 ފެބުރުއަރީ 2017

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް