Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2032

އިޓަލީ އާއި ތުރުކީން 2032 ގެ ޔޫރޯ ބާއްވަން ބިޑް ކުރަނީ

28 ޖުލައި 2023 | ހުކުރު 14:54

2032 ވަނަ އަހަރުގެ މުބާރާތް ބޭއްވުމަށް ބިޑް ކޮށްފައިވަނީވެސް ހަމައެކަނި މި ދެ ގައުމުން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 28 ޖުލައި 2023 | ހުކުރު 14:54
ޔޫރޯ މުބާރާތުގެ ތަށި

ޔޫރޯ މުބާރާތުގެ ތަށި

2032 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް (ޔޫރޯ) މުބާރާތް އިޓަލީ އާއި ތުރުކީން ގުޅިގެން ބޭއްވުމަށް އެދުނު ކަމަށް ފީފާ އިން ބުނެފިއެވެ.

ހުކުރު ދުވަހު ފީފާއިން ބުނީ، 2032 ވަނަ އަހަރުގެ މުބާރާތް ބޭއްވުމަށް ބީލަން ހުށަހަޅާފައިވަނީވެސް ހަމައެކަނި އެ ދެ ގައުމުން ކަމަށެވެ. މިކަމާ ގުޅެގޮތުން ޔުއެފާ ހިންގާ ކޮމިޓީގެ ވޯޓުލުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ދެ ގައުމު ގުޅިގެން މުބާރާތް ބާއްވަން ނިންމާފައިވަނީ ދެކޮޅަށްވެސް އޭގެ ފަސޭހަތަކެއް ވާނެތީއެވެ. އެގޮތުން ސްޓޭޑިއަމްތައް ހެދުމާއި، ގިނަ ދުވަސްވެފައިވާ ސްޓޭޑިއަމްތައް ވަރަށް ބޮޑަށް މަރާމާތުކުރަން އިޓަލީއަށް ޖެހެއެވެ. މިލާންގެ އައިކޮނިކް ސަން ސީރޯ ސްޓޭޑިއަމް ބަދަލުކުރުން ފަދަ އިޓަލީގެ ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތަކަކީ ވަރަށް ގިނަ ދުވަހުގެ ޕްރޮޖެކްޓްތަކަކަށް ވެދާނެ އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ސިޔާސީ ލީޑަރޝިޕްގެ ތެރޭގައި ގައުމީ އިމާރާތް ކުރުމުގެ ބޮޑު މަޝްރޫއަކަށް ފަހު، ތުރުކީގެ ސްޓޭޑިއަމްތަކާއި އިންފްރާސްޓްރަކްޗާ އޮތީ ގާތްގަނޑަކަށް މުޅިން ތައްޔާރުވެފަ އެވެ. ތުރުކީން ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ގިނަ ބިޑްތަކެއް ކުރިނަމަވެސް، ކާމިޔާބު ވާގޮތެއް ނުވެއެވެ. އަދި އިސްތަންބޫލްގައި އޮތް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މެންޗެސްޓާ ސިޓީގެ ސަޕޯޓަރުންނަށް ލޮޖިސްޓިކް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުމުން މުބާރާތް ބޭއްވުމުގެ ގާބިލްކަމާ މެދު ސުވާލުތަކެއް އުފެދިފައިވެއެވެ. އެހެންކަމުން، ވާދަވެރި ވޯޓަކާ ނުލައި ކޯ-ހޯސްޓް ކުރުމަކީ ތުރުކީއަށް ވަރަށް ބޮޑު ހައްލަކަށް ވާނެ ކަމަށް ބެލެވެއެވެ.

ޔުއެފާއިން ބުނީ 24 ޓީމު ހިމެނޭ މި މުބާރާތަށް ބޭނުންވާ ހުރިހާ ޝަރުތުތަކެއް އެ ދެ ފެޑެރޭޝަނުން ޖޮއިންޓް ބިޑަށް ފެތޭތޯ ބެލުމަށް މިހާރު މަސައްކަތް ކުރާ ކަމަށެވެ.

ތުރުކީން 2028 ވަނަ އަހަރުގެ މުބާރާތްވެސް ބޭއްވުމަށް ބިޑް ކުރަމުން އަންނަ އިރު، މިއީ އިނގިރޭސިވިލާތުގެ ހަތަރު ފެޑެރޭޝަނާއި އަޔަލޭންޑް ގުޅިގެން ކުރާ ބިޑަށް ދާނެ ކަމަށް ގިނަ ދުވަސްތަކެއް ވަންދެން ބެލެވިފައި އޮތް ކަމެކެވެ.

2024 ވަނަ އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖަރުމަނުގައެވެ. ތުރުކީ އާ ވާދަކޮށް ޖަރުމަނު ކާމިޔާބުކުރީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރުގައެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް