Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޝީލްޑް ވެކްސިން ޖެހުން މެދުކަނޑާލުން

ކޮވިޝީލްޑްގެ އިތުރު ޝިޕްމެންޓެއް ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުން- އެޗްޕީއޭ

ރާއްޖެއަށް ވެސް ވެކްސިން ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އެޗްޕީއޭއިން ބުނޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 4 މެއި 2021 | އަންގާރަ 10:10
ކޮވިޝީލްޑް ވެކްސިން

ކޮވިޝީލްޑް ވެކްސިން

ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކޮވިޝީލްޑް ވެކްސިންގެ އިތުރު ޝިޕްމަންޓެއް ހޯދުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

ކޮވިޝީލްޑް ވެކްސިން ޖެހުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާއިރު އެކަމާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި އެ އޭޖެންސީން ބުނީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ހާލަތު އިތުރަށް ގޯސްވުމާ ގުޅިގެން ވެކްސިން އުފެއްދުމާއި، ފޯރުކޮށްދިނުމަށް ހުރިހާ ގައުމަކަށް ވެސް ހުރަސްތަކަކާއި ލަސްތަކެއް ކުރިމަތިވަމުން ދާ ކަމަށެވެ.

Advertisement - newsAdvertisement

ޚާއްސަކޮށް އެންމެ ގިނަ އަދަދަކަށް ވެކްސިން އުފައްދާ އިންޑިއާގެ އެކި ސަރަހައްދުތަކުގައި ކޮވިޑްގެ ކޭސްތައް ހަލުވިކަމާއެކު ފެތުރެމުންދާއިރު އެހެން ގައުމުތަކެކޭ އެއް ފަދައިން، ރާއްޖެއަށް ވެސް ވެކްސިން ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މި ކަންކަން ހައްލުކުރެވި، ވެކްސިންގެ އިތުރު ޑޯޒްތައް ރާއްޖެއަށް ލިބެންދެން، އާންމުކޮށް ހުޅުވައިލައިގެން ކޮވިޝީލްޑް ވެކްސިން ޖެހުން މެދު ކަނޑާލީ ކަމަށް ވެސް ބުނެއެވެ.

އެޗްޕީއޭއިން ބުނީ އާންމުކޮށް ހުޅުވައިލައިގެން ކޮވިޝީލްޑް އަލުން ޖަހައިދޭން ފަށާނެ ތާރީޚެއް ފަހުން އިއުލާނު ކުރާނެ ކަމަށާއި އިމަރޖެންސީ ހާލަތްތަކުގައްޔާއި، ބަލި ހާލަތު ހުރިގޮތުން ވެކްސިން ޖަހައިދޭން ޖެހޭ ފަރާތްތަކަށް ވެކްސިން ޖަހައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ ބަލިމަޑުކަން ފެށި، މި ބައްޔަށް ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފެށުނު ހިސާބުން، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ވެކްސިން ހޯދުމަށް ގިނަ ގޮތްގޮތުން ސަރުކާރުން މަސައްކަތް ކުރަމުން ދާ ކަމަށް ބަޔާން ކުރެއެވެ. އެގޮތުން، އެސްޓްރާޒެނެކާ ކުންފުންޏާއެކު 2020 ވަނަ އަހަރުގެ ޑިސެންބަރު މަހު ހަދާފައިވާ އެއްބަސްވުމުގެ ދަށުން "އެސްޓްރާޒެނެކާ" ވެކްސިންގެ 700,000 ޑޯޒްއަށް ފައިސާ ދެއްކި، ކުރިއަށް އޮތް ޖޫން މަހުން ފެށިގެން ވެކްސިންލިބޭނެ ކަމަށް އަންގާފައިވާ ކަމަށް ހާމަކުރެއެވެ.

އަދި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ކޮވިޝީލްޑް ވެކްސިނުގެ 300,000 ޑޯޒް ހޯދުމަށް ފައިސާ ދައްކައި، މިހާތަނަށް 100,000 ޑޯޒް ލިބިފައިވާއިރު، މި ދިޔަ މަހުގެ ތެރޭގައި އިތުރު ޝިޕްމަންޓްތައް ލިބުމަށް ތާވަލު ކުރެވިފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

2021 ފެބުރުއަރީ 1 ވަނަ ދުވަހު ފެށި "ކޮވިޑް-19 ދިފާއު" ވެކްސިން ދިނުމުގެ ކެމްޕޭންގެ ދަށުން މިހާތަނަށް ޖުމުލަ 297,639 މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދީފައެވެ. އަދި، ވެކްސިންގެ ދެވަނަ ޑޯޒް ޖަހާދީފައިވާ މީހުންގެ އަދަދު 108,494 އަށް އަރައެވެ. ރާއްޖޭގެ ވެކްސިން ޖަހަން ޖެހޭ އާބާދީގެ 67.69 އިންސައްތައަށް އަށްފުރަތަމަ ޑޯޒް ޖަހައިދީފައިވާއިރު، ދެވަނަ ޑޯޒް ޖަހާފައިވަނީ 24.67 އިންސައްތަ މީހުންނެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު