Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެންޓިލޭޓަރު މައްސަލަ

ވެންޓިލޭޓަރުގެ އެއްބަސްވުން ބާތިލުކުރުމުގެ ނޯޓިސް ފޮނުވައިފި

އާބިޓްރޭޝަން ހިންގާނީ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައި

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 4 މެއި 2021 | އަންގާރަ 08:26
ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން

ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން

ކޮވިޑް 19 އާ ގުޅިގެން ދިވެހިރާއްޖެއަށް ބޭނުންވާ ވެންޓިލޭތަރުތައް ހޯދުމަށް ހެލްތު މިނިސްޓްރީއާއި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލުކުރުމުގެ ނޯޓިސް، އެކުންފުންޏަށް ފޮނުވައިފިއެވެ.

އެއްބަސްވުން ބާތިލުކުރުމާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެގްޒެކިއުޓާސް ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމުގައި، އެޑްވާންސް ފައިސާ ދައްކާތާ  29 މަސައްކަތު ދުވަހުގެ ތެރޭގައި މުދާ ފޯރުކޮށްދޭނެ ކަމަށް ބުނެފައި ވާކަމަށެވެ. އެހެންނަމަވެސް މި މުއްދަތުގެ ތެރޭގައި މުދާ ފޯރު ކޮށްދީފައިނުވާތީ، މިމަހުގެ ދެވަނަ ދުވަހު ހެލްތު މިނިސްޓްރީން އެކުންފުންޏަށް ޓާމިނޭޝަން ނޯޓިސް ފޮނުވާފައިވާކަމަށް އޭޖީ އޮފީހުގެ ބަޔާނުގައި ވެއެވެ.

Advertisement - newsAdvertisement

އެއްބަސްވުން ބާތިލުކުރާ ދުވަހާ ހަމައަށް މުދާ ފޯރުކޮށްދީފައި ނުވާނަމަ، އެހާތަނަށް ކުންފުންޏަށް ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކޮށްދޭން ވާނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން، އެ ކުންފުނިން ފޯރުކޮށްދީފައިނުވާ މުދަލަށް އެޑްވާންސްކޮށް ދައްކާފައިވާ ފައިސާއާއި، އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށް ނުދިނުމުގެ ސަބަބުން ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލު އެ ކުންފުނިން ނުދައްކައިފިނަމަ، އެ ފައިސާ ހޯދުމަށް އާބިޓްރޭޝަނަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާކަމަށް މީގެ ކުރިން ވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މި އާބިޓްރޭޝަނާ ބެހޭގޮތުން އޭޖީ އޮފީހުން ބުނީ، އެއްބަސްވުމުގެ ދަށުން އުފެދޭ މައްސަލަތައް ހައްލުކުރާނީ އާބިޓްރޭޝަން މެދުވެރިކޮށް ކަމަށެވެ. އަދި އާބިޓްރޭޝަން ހިންގާނީ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައި ކަމަށާއި، އަމަލުކުރެވޭނީ ދިވެހިރާއްޖޭގެ ގާނޫނަށް ކަމަށް އޭޖީ އޮފީހުން ބުނެއެވެ. ހަމައެހެންމެ، މައްސަލަ ބަލާނީ އެއް އާބިޓްރޭޓާއެއް ކަމަށާއި، ރާއްޖޭގައި ގާއިމްކޮށްފައިވާ އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައި ރަޖިސްޓްރީ ކޮށްފައިވަނީ ރާއްޖޭގެ ބޭރުގެ ތަޖުރިބާކާރުން ކަން އޭޖީއޮފީހުން ފާހަގަކުރެއެވެ.

އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަކީ ޔުނައިޓެޑް އަރަބި އެމިރޭޓްސް(ޔޫއޭއީ)ގައި ރަޖިސްޓްރީވެފައިވާ ކުންފުންޏެއްކަމުން ބޭރު ގައުމެއްގެ ކުންފުންޏަކާއެކު ހިންގޭނީ އިންޓްނޭޝަނަލް އާބިޓްރޭޝަންގެ މައްސަލައެކެވެ. ރާއްޖެއާއި ޔޫއޭއީއަކީ "ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އެންޑް އެންފޯސްމަންޓް އޮފް ފޮރިން އާބިޓްރަލް އެވޯޑްސް" (ނިއުޔޯކް ކޮންވެންޝަން) ގެ ބައިވެރިންނެވެ. އެ މުއާހަދާގައި 168 ގައުމަކުން ބައިވެރިވެފައިވެއެވެ. އެއިން ކޮންމެ ގައުމެއްގައި ހިންގާ އާބިޓްރޭޝަނަކުން ނިންމާ ނިންމުމެއް އެ މުއާހަދާގެ އެހެން ގައުމުތަކުގައި ތަންފީޒު ކުރެވެއެވެ.

އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ އެކު 75 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް އެއްބަސްވެފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ދެވަނަ ދުވަހުއެވެ. އެކަމަކު މިހާތަނަށް ލިބިފައިވަނީ އެންމެ 15 ވެންޓިލޭޓަރެވެ. އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފަ އެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

ރާއްޖެ ޓީވީގެ ދެ ނޫސްވެރިއަކު ފުލުހަށް ހާޒިރު ވުމަށް ޗިޓް ފޮނުވައިފި

06 މާރިޗު 2017
ރާއްޖެ ޓީވީގެ ދެ ނޫސްވެރިއަކު ފުލުހަށް ހާޒިރު ވުމަށް ޗިޓް ފޮނުވައިފި
19 ފެބުރުއަރީ 2017

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު