Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއުތަސިމް އަދުނާން

2008 ގެ ފަހުން އުޝާމް ނޫނީ ފަނޑިޔާރުންނަށް މި ވަރަށް ނުފޫޒު ފޯރުވި ބަންޑާރަނައިބެއް ނުދެކެން: މަހާޒު

21 ޖުލައި 2025 | ހޯމަ 17:53

މި ފަހުން ބަންޑާރަނައިބު އުޝާމް ނޫނީ ފަނޑިޔާރުންނަށް މި ވަރަށް ނުފޫޒު ފޯރުވި ބަންޑާރަނައިބެއް ނެތް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 21 ޖުލައި 2025 | ހޯމަ 17:53
ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަދި ބަންޑާރަނައިބު އުޝާމް: އުޝާމް ނޫނީ ފަނޑިޔާރުންނަށް މި ވަރަށް ނުފޫޒު ފޯރުވި ބަންޑާރަނައިބެއް ދެކެވަޑައިނުގަންނަވާ ކަމަށް މަހާޒު ވިދާޅުވި

ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަދި ބަންޑާރަނައިބު އުޝާމް: އުޝާމް ނޫނީ ފަނޑިޔާރުންނަށް މި ވަރަށް ނުފޫޒު ފޯރުވި ބަންޑާރަނައިބެއް ދެކެވަޑައިނުގަންނަވާ ކަމަށް މަހާޒު ވިދާޅުވި

2008 ވަނަ އަހަރަށް ފަހު މި ސަރުކާރުގެ ބަންޑާރަނައިބު އަހުމަދު އުޝާމް ނޫނީ ފަނޑިޔާރުންނަށް މި ވަރަށް ނުފޫޒު ފޯރުވި ބަންޑާރަނައިބެއް ދެކެވަޑައިނުގަންނަވާ ކަމަށް، ސުޕްރިމް ކޯޓު ފަނޑިޔާރުކަމުން ވަކިކުރި މަހާޒު އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔާކުރެއްވުމުން މަރުހަބާ ވިދާޅުވެ އުޝާމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓު ހިއްސާކުރައްވައި މަހާޒު ވަނީ ވަޓްސްއެޕް ސްކްރީންޝޮޓެއް ޝެއާކުރައްވައިފައެވެ. އެ ސްކްރީންޝޮޓަކީ، މަހާޒު ލިޔުއްވާފައިވާ ގޮތުގައި، ވަކީލަކާއި އޭނާއާ ދެމެދު ކުރި މުއާމަލާތެއްގެ ސްކްރީންޝޮޓެކެވެ.

Advertisement - newsAdvertisement

މަހާޒު ވިދާޅުވި ގޮތުގައި، އެ ސްކްރީންޝޮޓުން ފެންނަ 8 މިނެޓުގެ ފޯނު ކޯލަކީ، މިދިޔަ 10 ފެބްރުއަރީގައި ވަކީލެއް މެދުވެރިކޮށް އުޝާމް އޭނާއަށް މެސެޖެއް ދިނުމަށް ގުޅުއްވި ގުޅުއްވުމެކެވެ.

އޭނާ ވިދާޅުވެފައި ވަނީ ވަކީލަކު މެދުވެރިކޮށް ގުޅުއްވައި، ފެބްރުއަރީ 10، 2025ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ދައުލަތުގެ އިދާރާއަކުން ބަލަން ނޫޅޭ ކަމަށާއި އޮކްޓޯބަރު 25، 2022ގައި ހިނގާފައި އޮތް ހާދިސާއެއްގެ މައްސަލަ ވެސް ޖޭއެސްސީން ނުބަލާނެ ކަމުގައި އެ ވަކީލު ވިދާޅުވި ކަމަށެވެ.

އެ ވަކީލު އަރިހުގައި އޭޖީގެ މެސެޖު ސާފުވިކަމަށާއި، 2022 ގެ ވާހަކަ މިހާރު ދައްކާނީ ކީއްވެގެންކަން އެނގޭ ކަމަށް މަހާޒް ވިދާޅުވި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި 2008ގެ ފަހުން ފަނޑިޔާރުންނަށް އެވަރަށް ނުފޫޒު ފޯރުވި ބަންޑާރަނައިބެއް ފެނިވަޑައިނުގަންނަވާ ކަމަށް މަހާޒް އެ ޕޯސްޓުގައި ލިޔުއްވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ދައުލަތުގެ އިދާރާއަކުން ބަލަން ނޫޅޭ ކަމަށާއި 25 އޮކްޓޯބަރު 2022ގައި ހިނގާފައި އޮތް ހާދިސާއެއްގެ މައްސަލަ ވެސް ޖޭއެސްސީން ނުބަލާނެ ކަމަށް ވަކީލެއް މެދުވެރިކޮށް އޭޖީ [އުޝާމް] ގުޅުއްވި ގުޅުއްވުމެއް،
ސުޕްރިމް ކޯޓު ފަނޑިޔާރުކަމުން ވަކިކުރި މަހާޒު އަލީ ޒާހިރު

ސުޕްރިމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާދެއްވައި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރީ، މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި، ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، އިދިކޮޅުން ސުޕްރިމް ކޯޓަށް ވެއްދުމާ އެކު، ސުޕްރިމް ކޯޓުން އެ މައްސަލަ ބަލަނިކޮށެވެ.

އެ ގޮތުން، މިދިޔަ ފެބްރުވަރީ މަހު ޖޭއެސްސީން އަޒްމިރަލްދާއާއި މަހާޒާއެކު ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑުކުރިއެވެ. އެއަށް ފަހު ސުއޫދު މަގާމުން އިސްތިއުފާ ދެއްވީއެވެ. އަދި މެއި 14 ވަނަ ދުވަހު މަޖިލީހުން ވަނީ މަހާޒާއި އަޒްމިރަލްދާ ފަނޑިޔާރުކަމުން ވަކިކޮށްފައެވެ.

ސުއޫދާއި އަޒްމިރަލްދާ ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ އެއީ ސަރުކާރުން ދުސްތޫރީ މައްސަލަ ބެލުން ހުއްޓުވުމަށް، ފަނޑިޔާރުންނަށް ބިރު ދައްކައި، ކޯޓަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.

އަދި ސުއޫދާއި އަޒްމިރަލްދާ ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ އެއީ ސަރުކާރުން ދުސްތޫރީ މައްސަލަ ބެލުން ހުއްޓުވުމަށް، ފަނޑިޔާރުންނަށް ބިރު ދައްކައި، ކޯޓަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.

އެ މައްސަލައިގައި އެތެރެއާއި ބޭރުގެ އެކިއެކި އިދާރާތަކުންނާއި ގާނޫނީ ބޭފުޅުން ކަންބޮޑުވުން ފާޅުކުރަމުން ދިޔައިރު އެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދެ ފަނޑިޔާރުން ވަކިކުރަން ނިންމިއެވެ.

ދެ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީ އިން ނިންމާފައި ވަނީ މައްސަލައަކާ ގުޅިގެންކަމަށް ބުނެ އަޒްމިރަލްދާ ގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ހައްޔަރުކޮށް، ބަންދުކުރަން ހާޒިރުކުރުމުގެ ކުރިއަށް އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުއްވި ކަމަށް ބުނާ މައްސަލައިގަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް