Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޯލްޑިވްސް ސްޕެކްސް 2030

"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި

މިއީ ދުނިޔޭގެ ސިއްހަތު ޖައްމުޔާއިން އިސްނަގައިގެން ކުރިއަށް ގެންދާ އިނީޝިއޭޓިވް އެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 18 ޖުލައި 2025 | ހުކުރު 06:03
މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކުރުން

މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކުރުން

ދިވެހިރާއްޖޭގެ ލޮލުގެ ސިއްޙަތުގެ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި ލަނޑުދަނޑިތަށް ހާސިލްކުރުމުގެ މަގުޗާޓު ކަމަށްވާ މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފިއެވެ.

މިކަމަށްޓަކައި ބުރާސްފަތި ދުވަހު ހުޅުމާލެ ވޯޓާ އެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އިނީޝިއޭޓިވް އިފްތިތާޙް ކޮށްދެއްވީ ޞިއްޙީ ވުޒާރާގެ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

Advertisement - newsAdvertisement

އަދި މި ރަސްމިއްޔާތުގައި ދުނިޔޭގެ ސިއްޙަތު ޖައްމިޔާއިން ރާއްޖޭއަށް ކަނޑައަޅުވައިފައިވާ މަންދޫބް މިސް ޕޭޑެންއާ، ޞިއްޙީ ވުޒާރާގެ އިސްވެރިން އަދި މާލެ ސަރައްހަދުގައި މަސައްކަތްކުރާ ޞިއްޙީ ޚިދުމަތްތެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސްޕެކްސް 2030 އިނީޝިއޭޓިވްއަކީ 2030 ވަނަ އަހަރުގެ ނިޔަލަށް އެކަށީގެންވާ ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ ލިބޭނެ ގޮތް ހޯދާދިނުމަށް ދުނިޔޭގެ ސިއްހަތު ޖައްމުޔާއިން އިސްނަގައިގެން ކުރިއަށް ގެންދާ އިނީޝިއޭޓިވްއެކެވެ.

މިއީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (އެސްޑީޖީސް)އަށް ވާސިލްވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މުހިއްމު ކަމެކެވެ. މި އިނީޝިއޭޓިވްގެ މަޤްސަދަކީ ގައުމީ ފެންވަރުގައި ލޮލުގެ ފަރުވާއާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންތައްތައް ހަރުދަނާކޮށް، ލޮލުގެ ފެނުމުގެ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމެވެ.

މޯލްޑިވްސް ސްޕެކްސް 2030ގެ ސަބަބުން ރާއްޖޭގައި ލޮލުގެ ސިއްޙަތު ރައްކާތެރިކުރުމަށް ބޭނުންވާ ކަންކަން މަގުފަހިވެ، އެންމެންނަށް ފަސޭހައިން ލޮލުގެ ޚިދުމަތްތައް ލިބޭނެ ގޮތް ފަހިވެގެންދާނެއެވެ.

އަދި މި އިނީޝިއޭޓިވްގެ ތެރެއިން ރާއްޖޭގައި ލޮލުގެ ސިއްޙަތާއި ގުޅޭ ސްޓެރެޓެޖީއެއް މިނިސްޓްރީ އޮފް ހެލްތާ ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއާ ގުޅިގެން އެކުލަވާލެވިގެން ދާނެއެވެ. އަދި މި ސްޓްރެޓެޖީ އެކުލަވާލެވިގެންދާނީ ލޮލުގެ ސިއްޙަތާއި ބެހޭ މަޢުލޫމާތާއި، ސްޓްރެޓެޖިކް ޕްލޭނިންގ ޓޫލްސް، އަދި ކަމާ ގުޅޭ ފަރާތްތަކެއްގެ ބައިވެރިވުމާއެކުގައެވެ. ލޮލުގެ ސިއްޙަތާ ގުޅޭ އައި ކެއަރ ސިޗުއޭޝަން އެނަލިސިސް ޓޫލް (އީސީއެސްއޭޓީ) ބޭނުންކޮށްގެން، ދިވެހިރާއްޖޭގައި މިހާރު ލޮލުގެ ސިއްޙަތާ ގުޅޭ ޚިދުމަތްތައް ދެވޭ ގޮތް ވަޒަންކޮށް، ލޮލުގެ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ފަރުވާ ހޯދުމަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެވިގެންދާނެއެވެ.

މި ރަސްމިއްޔާތުގެ ފަހުން، ގްރޭޓަރ މާލެ ސަރަޙައްދުގެ ޞިއްޙީ ދާއިރާގެ ފަންނީ މާހިރުންނާއި ލޮލުގެ ޑޮކްޓަރުންނާއެކު ތިން ދުވަހުގެ ޓެކްނިކަލް ވަރކްޝޮޕެއް ބޭއްވޭނެއެވެ. މި ވަރކްޝޮޕްގައި ސްޓްރެޓެޖީ އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

މޯލްޑިވްސް ސްޕެކްސް ٢٠٣٠ލޮލުގެ ސިއްޙަތުހެލްތު މިނިސްޓްރީދުނިޔޭގެ ސިއްހަތު ޖަމިއްޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

އައިކެއަރގެ ސްޓޫޑެންޓް އާޓް ކޮމްޕެޓިޝަނަށް ކުރެހުން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

އައިކެއަރގެ ސްޓޫޑެންޓް އާޓް ކޮމްޕެޓިޝަނަށް ކުރެހުން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

08 އޮކްޓޯބަރު 2025
ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!

ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!

24 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ

ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ

05 އޯގަސްޓު 2025
މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން

މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން

09 ޖުލައި 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު