Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަދަނީ އިޖުރާއަތުގެ ބިލް ލަސްވުން

ބިލް ލަސްވަމުންދާ ސަބަބު ރައީސްގެ ލީގަލް ކައުންސިލަށް ނޭގުމަކީ ލަދުވެތިކަމެއް - އުޝާމް

2 މެއި 2021 | އާދީއްތަ 23:10

ބިލް ގާނޫނަކަށްވެފައިނުވުމަކީ ބަދަލުދިނުމުގެ މައްސަަލަތަކުގައި އިންސާފު ލިބުމަށް އޮތް ހުރަހެއް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 2 މެއި 2021 | އާދީއްތަ 23:10
ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް

ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް

މަދަނީ އިޖުރާއަތުގެ ބިލް ލަސްވަމުންދާ ސަބަބު ރައީސްގެ ލީގަލް ކައުންސިލަށް ނޭގުމަކީ ލަދުވެތިކަމެއް ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މަދަނީ އިޖުރާއަތުގެ ބިލް ގާނޫނަކަށްވެފައިނުވުމަކީ ބަދަލުދިނުމުގެ މައްސަަލަތަކުގައި އިންސާފު ލިބުމަށް އޮތް ހުރަހެއް ކަމަށް މޭރުންވާގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ލީގަލް އެޑްވައިސަރު އަހުމަދު އަބްދުﷲ އަފީފް ވާހަކަދެއްކެވުމާއި ގުޅިގެން މެމްބަރު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސަރުކާރުން ހުށައަޅާފައި އޮތް މަދަނީ އިޖުރާއަތުގެ ބިލް ކުޑަކޮށް ކިޔާލާފަ ހުރި ނަމަވެސް އެފަދަ ވާހަކައެއް ނުދައްކާނެ ކަމަށް ވިދާޅުވެފައެވެ. އަދި ބިލް ލަސްވަމުންދާ ސަބަބު ރައީސްގެ ލީގަލް ކައުންސިލަށް ނޭނގުމަކީ ލަދުވެތިކަމެއް ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ރައީސް އޮފީހުން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ރައީސްގެ ލީގަލް އެޑްވައިސަރު އަފީފް ވަނީ ސަރުކާރުން ބަދަލުދޭން ޖެހޭ މައްސަލަތަކުގައި ބަދަލު ހޯދުމަށް ހުށަހަޅާ ފަރާތްތަކާއި ކޯޓުން ބޭރުގައި މައްސަލަތައް ހައްލުކުރުމަށް ކޮމިޓީއެއް އެކުލަވާލައި ކޯޓަށް ނުގޮސް ދެފަރާތުން ވާހަކަދައްކައިގެން އެއްބަސްވުމަކަށް އާދެވޭ ގޮތަކަށް މައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އެކަމަކު އޭގެ ސަބަބުން ސަރުކާރުން މިކަން ކުރަމުން މިދަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށް ބުނެ ތުހުމަތުތަކެއް އަމާޒުވެ، މަޖިލީހުގެ ވަކިވަކި މެންބަރުންނާއި މުޅި މަޖިލީހުގައި މި ވާހަކަ ދައްކަން ފަށައި އެއީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް މަޖިލީހުގެ ކޮމިޓީން ނިންމާފައިވާ ކަމަށް އަފީފް ވިދާޅުވިއެވެ.

އަފީފް ވަނީ މިހެން މިކަން ކުރިމަތިވުމުގެ ސަބަބުން އެއީ ސަރުކާރަށް ކުރިމަތިވި ވަރަށްބޮޑު ގޮންޖެހުމެއް ކަމަށާއި، މީހުންނަށް އަދި ދައުލަތަށް ވެސް ބުރަ ނުވާނެ ގޮތަކަށް މިބާވަތުގެ މައްސަކަތައް ނިންމުމަށް ބުރަވެގެންދިޔަ ކަމަށް ވިދާޅުވެފައެވެ.

މަދަނީ އިޖުރާއަތުގެ ބިލަކީ މަދަނީ ދަޢުވާތަކާބެހޭ އުޞޫލުތަކާއި، ޝަރީޢަތަށް މައްސަލަ ފޮނުވުމުގެ ކުރިން މައްސަލަ ޙައްލުކުރުމުގައި ޢަމަލުކުރާނެ އުޞޫލުތަކާއި، ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގެ އުޞޫލުތަކާއި، ހެއްކާބެހޭ ބައެއް އުޞޫލުތައް ބަޔާން ކުރާ ބިލެކެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގެ ކޯޓުތަކުގައި ކޮށްފައިވާ ޙުކުމްތައް ދިވެހިރާއްޖޭގައި ތަންފީޒުކުރުމާގުޅޭ އުޞޫލުތަކާއި، ޙުކުމް ތަންފީޒުކުރުމާގުޅޭ އުޞޫލުތަކާއި، އިސްތިޢުނާފުކުރުމާގުޅޭ އުޞޫލުތަކާއި، އެނޫންވެސް މަދަނީ އިޖުރާޢަތާގުޅޭ ޢާންމު އުޞޫލުތައް ބިލުގައި ވެއެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް